މާލެސިޓީ ކައުންސިލް މެމްބަރުންގެ ބައްދަލުވުމެއް... ފޮޓޯ: މާލެސިޓީ ކައުންސިލް އިދާރާ
ހަބަރު
10 Aug 2026 | 14:13
މަސްމާރުކޭޓް ތަރައްޤީކުރުން މަސްވެރިކަމާ ބެހޭ ވުޒާރާއާ ހަވާލުކުރަން މާލެސިޓީ ކައުންސިލުން ފާސްކޮށްފި


މާލޭ މަސްމާރުކޭޓު ސަރަޙައްދުގައި ޒަމާނީ ވެޓް މާކެޓެއް ބިނާކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ޤަރާރެއް ފާސްކޮށްފިއެވެ.

އެ ކައުންސިލްގެ ފަސް ވަނަ ދައުރުގެ ފުރަތަމަ ކުއްލި ޖަލްސާގައި މި ޤަރާރު ފާސްވީ، ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރެއްގެ ވޯޓާ އެކުގައެވެ. ޤަރާރާ ދެކޮޅަށް ވޯޓު ދެއްވީ ފަސް ކައުންސިލަރެކެވެ. ހުޅުމާލެ ތަމްސީލުކުރައްވާ ދެ ކައުންސިލަރުން ކަމަށްވާ ފާތިމަތު ޒަހިއްޔާ އާއި އަޙުމަދު ޣާލިބު ޖަލްސާގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ޖަލްސާގައި ގަރާރު އިއްވެވީ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުޙައިމިން ނަސީރެވެ.

ފާސްކުރި ޤަރާރުގެ ދަށުން ލޯކަލް މާރުކޭޓު ހުރި 17,558.54 އަކަ ފޫޓުގެ ބިމުގައި ވެޓް މާކެޓް ބިނާކޮށް 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ކައުންސިލާ އަނބުރާ ހަވާލުކުރަން ޖެހެއެވެ. ބިމުން އެއްވެސް ބައެއް ތިންވަނަ ފަރާތަކަށް ދިނުން މަނާކޮށް ކުރެހުންތައް ކައުންސިލާ ހިއްސާކުރަން ވެސް ޝަރުތުކޮށްފައިވެއެވެ. އޭގެ އިތުރުން މިހާރު އެ ސަރަޙައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވަގުތީ ގޮޅިތައް ހަމަޖެހެންދެން ޢަމަލީ މަސައްކަތް ނުފެށުމަށް ވެސް ޤަރާރުގައި ކަނޑައަޅާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލެސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ މިހާރު ހުރި މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި ރައްކާތެރިކަމާ މެދު ވެސް ކަންބޮޑުވުން އެބައޮތް ކަމަށެވެ. "އެތަން ވީހާ ވެސް އަވަހަށް ނިންމުމަކީ މާލޭގެ ރައްޔިތުން އެދޭ ކަމެއް" މޭޔަރު ވިދާޅުވިއެވެ. ވެޓް މާކެޓް ޕްރޮޖެކްޓާ ގުޅޭ ވަކި އޮޑިޓެއް ހެދުމަށް ފަހު ފާހަގަވި ކަންކަމާ ގުޅިގެން ޑިސެމްބަރު 2025 ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

ސަރުކާރަށް ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ދެކެވޭ ވާހަކައާ ގުޅޭ ގޮތުން މޭޔަރު ވިދާޅުވީ މި މައްސަލައިގައި ކައުންސިލުން ދޭން ޖެހޭ ކޮންމެ އެއްބާރުލުމެއް ދީފައިވާނެ ކަމަށެވެ.

މި ޤަރާރުގެ ދަށުން މަޝްރޫޢު ކުރިއަށް ގެންދަންވާނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކަމަށް ކައުންސިލުން ކަނޑައަޅާފައިވެއެވެ.

މަސްމާރުކޭޓް އެޅުމަށް މާލެސިޓީ ކައުންސިލުން މަސްވެރިކަމާ ބެހޭ ވުޒާރާއަށް ބިން ހަވާލުކޮށްފައިވާއިރު، މި މައްސަލާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ، މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް މަޝްރޫއުއަށް މާލެ ސިޓީ ކައުންސިލުން ހުރަސް އެޅިނަމަވެސް އެ މަޝްރޫޢު ކުރިއަށް ގެންދަވާނޭކަމަށެވެ. 

ރައީސް ވިދާޅުވެފައިވަނީ އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ މެދުވެރިކޮށް އެ އިމާރާތް އަޅާނެ ބަޔަކު ހޯދާފައިވާ ކަމަށެވެ.

މަޝްރޫއު ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމުނުތާ ހަތަރު މަސްދުވަސްވީއިރުވެސް އެކަމަށް އޮތް ހުރަހަކީ ކައުންސިލުން ބިން ހަވާލުނުކޮށް ހިފެހެއްޓުން ރައީސް ވަނީ މިއަހަރުގެ ޖޫންމަހު ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.