ރައީސް ނަޝީދު އާއި އެމްޑީޕީގެ ރައީސް ޝާހިދު: ފޮޓޯ/ ވޮއިސް
ހަބަރު
11 Aug 2026 | 11:31
ޑޮލަރުގެ މައްސަލާގައި ސަރުކާރުން އެމްޑީޕީއާ ވާހަކަދެެއްކުން ބޭނުންތެރި: ރައީސް ނަޝީދު

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާ މައްސަލާގައި، ޙަޤީޤަތް އޮޅުވައިނުލައި އިދިކޮޅު އެމްޑީޕީއާއެކު މަޝްވަރާކުރުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

މި މައްސަލާގައި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ރޭ ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އުފުލެނީ ބައެއް ނޫސްތަކުގައި ޖަހާ ސުރުޚީތަކުގެ ސަބަބުން ކަމަށެވެ. ވަޒީރު ސިފަކުރެއްވި ގޮތުގައި މިއީ "ޕެނިކް އުފައްދައި"، "ފޭކް ނިއުސް" ފަތުރައިގެން ބާޒާރު "މެނިޕިއުލޭޓް" ކުރުމަށް ކުރާ ކަމެކެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދަނީ މީހުން އެ ވާހަކަ ދައްކާތީ ނުވަތަ 'ސްޕެކިއުލޭޝަން' ގެ ސަބަބުން ކަމަށް ބުނެ ސަރުކާރުން ޙަޤީޤަތް އޮޅުވާލުމަކީ މިވަގުތު ރާއްޖޭގެ އިޤްތިޞާދަށް ދެވޭނެ އެންމެ ބޮޑު ދެރަ ކަމަށެވެ. ޑޮލަރުގެ އަގު އުފުލެނީ ބާޒާރުގައި ޑޮލަރު ނެތުމުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ފައިނޭންސް މިނިސްޓްރީން ޤަވާއިދުން ޝާއިޢުކުރަންޖެހޭ ރިޕޯޓްތައް އާންމުނުކޮށް، ޙަޤީޤަތް އޮޅުވާލައިގެން ސަރުކާރަށް ކުރިއަށް ދެވޭނީ ވަކިވަރަކަށް ކަމަށެވެ. ރާއްޖޭގައި ޑޮލަރު ހުރި މިންވަރާއި، ޑޮލަރަށް އޮތް ޑިމާންޑާއި، ބާޒާރުގައި ރުފިޔާ ހުރި މިންވަރު އެމްއެމްއޭއަށް އެނގޭނެ ކަމަށާއި، އަސްލު އެކްސްޗޭންޖް ރޭޓަކީ ކޮބައިކަންވެސް އެ އިދާރާއަށް ސާފުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

”ޑޮލަރެއްގެ އަގު 23 ރުފިޔާއަށްވުރެ މައްޗަށް ގޮސް، ރާއްޖޭގައި 'ހައިޕަރ އިންފްލޭޝަން' އުފެދި ތަކެތީގެ އަގު އަތްނުފޯރާ ފަށަށް އުފުލިގެން ނުދަނީސް، ސަރުކާރުން އެމްޑީޕީއާ ވާހަކަދެއްކުން ބޭނުންތެރި. ސަރުކާރުން ކިބުރުވެރިކަން އިސްކޮށްފިނަމަ އޭގެ ގެއްލުން ލިބޭނީ ރާއްޖެއަށް. ދިވެހީންނަށް“. ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް
އަހުދުނާމާ
އެމްޑީޕީ ވެރިމުގަ ވެސް ޑޮލަރުގެ އަގު ކޮންމެ ފަހަރަކު ބޮޑުވެފަ ހުރީ އެކަމަކު އިދިކޮޅާ މަޝްވަރާ ކުރާކައް ނުޖެހޭ އެއީ ކިހިނެއް ވާކަމެއްތޯ
11 Aug 2026
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ