ފުލުހުން މީގެ ކުރިން އަތުލައިގަތް ޑްރަގް-
ހަބަރު
11 Aug 2026 | 12:56
މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި 121 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުލުހުން އަތުލައިގަތް

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި 121 މިލިއަން ރުފިޔާގެ އަގުހުރި މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ވެރިޔާ، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު މުސްލިމް ވިދާޅުވީ، މިދިޔަ ހަތް މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް މުޅި ރާއްޖޭގައި 1،140 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. މިއީ އެވްރެޖްކޮށް ދުވާލަކު 5 އޮޕަރޭޝަނެވެ.

އޮޕަރޭޝަންތަކުގެ ތަފާސްހިސާބު

މި މުއްދަތުގެ ތެރޭގައި މާލެ ސަރަހައްދުގައި 530 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާއިރު، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި 281 އޮޕަރޭޝަން އަދި އުތުރުގެ އަތޮޅުތަކުގައި 329 އޮޕަރޭޝަން ވަނީ ހިންގާފައެވެ. މީގެ ތެރެއިން 260 އޮޕަރޭޝަނަކީ 17 އަތޮޅެއްގައި ފުލުހުން ދުރާލާ ރާވައިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެކެވެ.

ހައްޔަރުކުރި މީހުންނާއި ބަލައިފާސްކުރުން

މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖުމްލަ 1,875 މީހުން ހައްޔަރުކޮށްފައިވެއެވެ. އެއީ ދުވާލަކު އެވްރެޖްކޮށް 8 މީހުންނެވެ. ހައްޔަރުކުރި މީހުންގެ ތަފްސީލަކީ:

މާލެ ސަރަހައްދުން: 760 އަށްވުރެ ގިނަ މީހުން

ދެކުނުގެ އަތޮޅުތަކުން: 530 އަށްވުރެ ގިނަ މީހުން

އުތުރުގެ އަތޮޅުތަކުން: 570 އަށްވުރެ ގިނަ މީހުން

މީގެ އިތުރުން، ތުހުމަތުކުރެވިގެން 23,249 މީހަކު މަގުމަތިން ހުއްޓުވައި ބަލައި ފާސްކޮށްފައިވާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުން 7,300 އަށްވުރެ ގިނަ ތަންތަން ވަނީ ބަލައި ފާސްކޮށްފައެވެ.

އަތުލައިގަތް ތަކެއްޗާއި އޭގެ އަގު

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އެކަނި ހިންގި އޮޕަރޭޝަންތަކުގައި 177 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. މުޅި ރާއްޖެއިން އަތުލައިގަނެވުނު ތަކެތީގެ ތަފްސީލަކީ:

މާލެ ސަރަހައްދުން: 137.8 ކިލޯގެ މަސްތުވާތަކެތި

ދެކުނުން: 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި

އުތުރުން: 3.4 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި

ބަނގުރާ: 180,056 ފުޅި (މީގެ ތެރެއިން 845 ފުޅިއަކީ ޑީ.އީ.ޑީ އިން އަތުލައިގަތް ތަކެތި)

އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 120 މިލިއަނަށް އަރާއިރު، ބަނގުރާ ފުޅިތަކުގެ އަގު 960,000 ރުފިޔާއަށް އަރައެވެ. ޖުމްލަ މި ތަކެތީގެ އަގަކީ 121 މިލިއަން ރުފިޔާއެވެ.

މި މުއްދަތުގައި ޖުމްލަ 1,533 މައްސަލައެއް ތަހުގީގުކޮށްފައިވެއެވެ. މީގެ ތެރެއިން 634 މައްސަލައެއްގައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވެއެވެ. މީގެ ތެރޭގައި ޑްރަގް ޓްރެފިކިންގެ 94 މައްސަލައެއް ހިމެނޭއިރު، އޭގެ ތެރެއިން 84 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރަން ވަނީ ފޮނުވާފައެވެ.

އިތުރު ފިޔަވަޅުތަކުގެ ގޮތުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ 116 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށް ރާއްޖެއިން ފޮނުވާލާފައިވެއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ 37 މީހަކު ފަރުވާއަށް ހަވާލުކޮށްފައިވާއިރު، މާލޭގައި ޑްރަގް އައްޑާގެ ގޮތުގައި ބޭނުންކުރި 6 ތަނެއް ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް
ޒިބްރާކްރޮސް
މިވަރުން ކިހިނެއް މީތި ވާނީ؟
11 Aug 2026
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.