ލަންކާގެ ސްކޫލެއް.. ފޮޓޯ: ނިއުސްވަޔަރ
ދުނިޔެ
11 Aug 2026 | 23:49
މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދަން ސްރީލަންކާއިން މަސައްކަތް ފަށައިފި

ސްރީލަންކާގެ ތަޢުލީމާ ބެހޭ ޕާލަމެންޓް ކޮމިޓީން އެ ޤައުމުގެ ސްކޫލްތަކަށް ދިމާވެފައިވާ މުދައްރިސުންގެ ދަތިކަން ޙައްލުކުރުމާއި ތަޢުލީމީ ދާއިރާ އިޞްލާޙުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުން ޕާލަމެންޓުގައި ބާއްވާފައިވަނީ ބޮޑުވަޒީރު އަދި ތަޢުލީމާއި މަތީ ތަޢުލީމާއި ފަންނީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާގެ ރިޔާސަތުގެ ދަށުންނެވެ. މިއަދު ބޭއްވި މި ބައްދަލުވުމުގައި ސްކޫލް ތަޢުލީމުގެ ފެންވަރު މަތިކުރުމާއި ހުސްވެފައިވާ މުދައްރިސުންގެ މަޤާމުތައް ފުރުމާއި މުދައްރިސުން ބަދަލުކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ކަންކަން ކުރުމަށް ވަނީ އެޖެންޑާކޮސްފައެވެ. އޭގެ އިތުރުން ހިންގުމުގައި ދަތި ސަރަޙައްދުތަކުގެ ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމާ ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

ސައެންސާއި ހިސާބު ފަދަ މާއްދާތަކަށް ބޭނުންވާ މުދައްރިސުންގެ ޢަދަދު މަދުވެފައިވާތީ އައު މުދައްރިސުން ނެގުމުގެ މަރުޙަލާ އަވަސް ކުރުމަށް ކޮމިޓީން ވަކިން ބޮޑު އިސްކަމެއް ދީފައިވެއެވެ. ހަމައެއާ އެކު މުދައްރިސުންގެ ޢަދަދު ފުރިހަމަ ނުވެ އޮތް ސަރަޙައްދުތައް ދެނެގަނެ ފިޔަވަޅު އެޅުމުގެ ބޭނުންތެރިކަން ފާހަގަކޮށްފައިވެއެވެ.

ސްރީލަންކާގެ އުތުރު އަދި އިރުމަތީ ޕްރޮވިންސްތައް ހިމެނޭ ގޮތުން މުދައްރިސުން މަދު ސްކޫލްތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށްވެސް ބައްދަލުވުމުގައި ބާރު އަޅާފައިވެއެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން ތަޢުލީމީ ދާއިރާގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބެލެވޭކަމަށް ސްރީލަންކާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.