މަންފާ ޤުރުއާން ކޭމްޕް އޮންނާނީ މަހިބަދޫގައި -
ހަބަރު
12 Aug 2026 | 15:19
މަންފާގެ ފުރަތަމަ ޤުރުއާން ކޭމްޕް މަހިބަދޫގައި، ތަފާތު ގިނަ ހަރަކާތްތަކާއި މުބާރާތްތައް

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ "މަންފާ" އިން ބާއްވާ ފުރަތަމަ ޤުރުއާން ކޭމްޕް އދ. މަހިބަދޫގައި ބޭއްވުމަށް ނިންމައިފި އެވެ.

"މަންފާ ޤުރުއާން ކޭމްޕް" އަކީ ކޮންމެ އަހަރަކު ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޭމްޕެކެވެ. ފުރަތަމަ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހިބަދޫގައި އޮގަސްޓް 26 އިން 28 އަށެވެ.

މި ކޭމްޕާއި ގުޅޭގޮތުން ވޮއިސްއާ ވާހަކަ ދައްކަވަމުން ކޭމްޕް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުންނެވި މަންފާ އެކަޑަމީގެ ނާއިބު ރައީސް އަލްޤާރީ މުހައްމަދު ތައުފީޤް ވިދާޅުވީ މިއީ ވަރަށް ތަފާތު ކޭމްޕެއް ކަމަށާ ތަފާތު އެތައް ހަރަކާތެއް މި ކޭމްޕްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ކޭމްޕަށް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ޤާރީންނާއި ޤުރުއާން މުދައްރިސުން މަހިބަދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުރިއަށް ގެންދާ އެކި ހަރަކާތްތަކުގައި ޤާރީންގެ ކިޔެވުންތައް އަޑުއިވިގެންދާނެ އެވެ.

ޤުރުއާން ތިން މުބާރާތް

ޤާރީ ތައުފީޤު ވިދާޅުވީ "މަންފާ ޤުރުއާން ކޭމްޕް" ގައި ޤުރުއާން މުބާރާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިން މުބާރާތެއް ކުރިއަށް ގެންދާނެ އެވެ.

އެއް މުބާރާތަކީ މުޅި އދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދާނީ ފަސް އުމުރުފުރައަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފަ އެވެ. އެކަމަށް ޚާއްސަ އެޕްލިކޭޝަން މެދުވެރިކޮށް މުބާރާތަށް ކިޔެވުން ފޮނުވޭނެ އެވެ.

މުބާރާތަށް ފޮނުވާ ކިޔެވުންތަކަށް ފަނޑިޔާރުން އިންސާފު ކުރުމަށް ފަހު ފައިނަލް ރައުންޑަށް 30 ބައިވެރީން ހޮވާނެ އެވެ. ފައިނަލް ބުރުގެ ކިޔެވުންތައް އޮންނާނީ މަހިބަދޫގަ އެވެ.

މަންފާ އެކަޑަމީގެ ނާއިބު ރައީސް އަލްޤާރީ މުހައްމަދު ތައުފީޤް

މީގެ އިތުރުން އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން ވެސް ޤުރުއާން މުބާރާތެއް އޮންނާނެ އެވެ. މިއީ މަހިބަދޫގެ ރައްޔިތުންނަށް ޚާއްސަ މުބާރާތެކެވެ. އަދި އުމުރުން ހަ އަހަރުން ދަށުގެ ކުދީންނަށް ޚާއްސަ މުބާރާތެއް ވެސް ބާއްވަން ވަނީ ނިންމާފަ އެވެ.

ތަޢުފީޤު ވިދާޅުވި ގޮތުގައި މި މުބާރާތުގައި ބަލާނީ އެންމެ ރަނގަޅަށް އަކުރުކިޔޭ ކުދީންނާއި ކަނޑައެޅިފައިވާ ވަގުތުގައި އެންމެ ގިނަ ކަލިމަ ކިޔާ ދަރިވަރުންނެވެ.

ތިން މުބާރާތަށްވެސް އިނާމް ހުށައަޅާފައިވާކަން ތަޢުފީޤު ފާހަގަ ކުރެއްވި އެވެ.

ޤުރުއާނާއި ގުޅޭ ތަފާތު ވޯކްޝޮޕްތަކާއި ބަންގި ވޯކްޝޮޕް

"މަންފާ ޤުރުއާން ކޭމްޕް" ގައި ހިމެނިގެން ޤުރުއާނާއި ގުޅޭ ވޯކްޝޮޕްތައްވެސް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

އެގޮތުން ޤުރުއާން ޓީޗަރުންނަށް ޚާއްސަ ވޯކްޝޮޕެއް އޮންނާނެ އެވެ. އަދި އާންމުންނަށް ބައިވެރިވެވޭނެ ގޮތަށްވެސް ޤުރުއާނާ ގުޅޭ ޚާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކީވެސް މުސްލިމަކަށްވާތީ ތަޖުވީދު މަގަށް ޤުރުއާން ކިޔަވަން އެނގެން ޖެހޭ. އެހެންވީމަ މި ވޯކްޝޮޕްގެ ފައިދާ ހުރިހާ ބޭފުޅުންނަށް ކުރިއަށް ގެންދާނެ,"

ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

މި ވޯކްޝޮޕްތަކުގައި ތަޖުވީދުގެ ހަމަތަކާއި ޤުރުއާން ކިޔެވުމުގައި ވިސްނަން ޖެހޭ ކަންކަމާއި ޤުރުއާންގެ ޢިލްމާ ގުޅޭ މުހިންމު އެތައް މައުލޫމާތުތަކެއް ހިއްސާ ކުރެވޭނެ އެވެ. އަދި ތަފާތު އެކި ގިރާއަތްތަކަށް ކިޔަވާނެ ގޮތާއި އެކަމާއި ގުޅޭ މައުލޫމާތުވެސް ހިއްސާކުރާނެ އެވެ.

މީގެ އިތުރުން ޒުވާން ޚަތީބުންްނާއި އިމާމުންނަށް ޚާއްސަކޮށްގެން ބަންގި ވޯކްޝޮޕެއް ވެސް ކުރިއަށް ގެންދާނެ އެވެ.

އަދި ޒުވާން ޚަތީބުންނާއި އިމާމުންނަށް ޚާއްސަ ކުލާސްތަކެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

އާންމުންނަށް ލެކްޗަރތަކެއް، ކުޑަކުދީންނަށް ޚާއްސަ ހަވީރެއް

މަހިބަދޫގައި އޮންނަ "މަންފާ ޤުރުއާން ކޭމްޕް" ގައި އާންމު ރައްޔިތުންނަށް ޚާއްސަކޮށްގެން ލެކްޗަރުތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

"މިއީ ހުރިހާ ރައްޔިތުންނަށް ޚާއްސަ ލެކްޗަރުތަކެއް. ހަތަރު, ފަސް ލެކްޗަރެއް ކުރިއަށް ގެންދަން ވަނީ ނިންމާފައި. މި ލެކްޗަރުތަކުގައި ވެސް ޤުރުއާނާއި ގުޅޭ ތަފާތު މައުލޫމާތުތައް ހިއްސާކުުރުން އޮންނާނެ. ވަރަށް ޢިލްމީ ލެކްޗަރ ތަކަކަށްވާނީ," ތައުފީޤު ވިދާޅުވި އެވެ.

މީގެ އިތުރުން މި ކޭމްޕްގައި ކުޑަކުދީންގެ ހަވީރެއް ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. ކުޑަކުދީންގެ ހަވީރުގައި ކުޅިވަރުތަކާއި އެކި ހަރަކާތްތައް އޮންނާނީވެސް ޤުރުއާނާ ގުޅޭ އެކި ކަންކަމާއި ގުޅުވައިގެން ކަމަށް ވެސް ތައުފީޤު ވިދާޅުވި އެވެ.

އަދި މި ހަވީރުގައި ޤާރީންނާއި ޝެއިޚުންނާއި ސުވާލުކުރުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

ހުރިހާ ބައިވެރީންގެ މެދުގައި ގުރުއަތެއް، އިނާމަކަށް ޢުމްރާ ދަތުރެއް

މަންފާ އިން ވަނީ "މަންފާ ޤުރުއާން ކޭމްޕް" ގައި ބައިވެރިވުމުގެ ފުރުސަތު އދ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އޮތްކަން ފާހަގަކޮށް ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު ދީފަ އެވެ.

އެ ޖަމިއްޔާއިން ބުނީ "މަންފާ ޤުރުއާން ކޭމްޕް" ގެ ހަރަކާތްތަކުގައި ބައިވެރިވާ އެންމެންގެ މެދުގައި ހާއްސަ ގުރުއަތުލުމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ޤުރުއާނަށް ޚާއްސަކޮށް މިފަދަ ހަރަކާތެއް މިހާ ފުޅާކޮށް ބާއްވާ ފުރަތަމަ ފަހަރެވެ. 

"މަންފާ" އިން ބާއްވާ ފުރަތަމަ ޤުރުއާން ކޭމްޕް އދ. މަހިބަދޫގައި ބާއްވާއިރު އެ ޖަމިއްޔާގެ "ނަމާދު ވޯކްޝޮޕް" މި އަހަރު ވެސް މާލޭގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. ނަމާދު ވޯކްޝޮޕް އޮންނާނީ ސެޕްޓެންބަރު 14,15 އަދި 16 މި ތިން ދުވަހު އެވެ. މި ފަހަރުވެސް ވޯކްޝޮޕް ކުރިއަށް ގެންގޮސް ދެއްވާނީ ޑރ. އިމްރާން މުޙައްމަދު އަލީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ