ހައި-ލެވެލް ޕޮލިސީ ޑައިލޮގްގެ ތެރެއިން- ފޮޓޯ/ އެމްއެންޔޫ
ހަބަރު
13 Aug 2026 | 13:33
ޒުވާނުންގެ ހުނަރުތަކާ ގުޅޭ ހައި-ލެވެލް ޕޮލިސީ ޑައިލޮގެއް އެމްއެންޔޫ އާއި ޔުނިސެފް ގުޅިގެން ކުރިއަށް ގެންގޮސްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޔުނިސެފް މޯލްޑިވްސް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ގުޅިގެން، ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޚާއްސަ "ޕޮލިސީ ޑައިލޮގް" އެއް ބާއްވައިފިއެވެ.

"ސްކިލްސް ފޯ އަ ޝެއަރޑް ފިއުޗަރ: ބިލްޑިންގ ފިއުޗަރ-ރެޑީ ކޮމްޕިޓެންސީސް އެންޑް ސްޓްރެންތެނިންގ ލާރނިންގ-ޓު-އާރނިންގ ޓްރާންސިޝަންސް" ގެ ނަމުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، ތައުލީމީ ދާއިރާއިން މަސައްކަތުގެ ބާޒާރަށް ޒުވާނުން ނުކުންނަ މަގު ފަހިކޮށްދިނުމާއި، މުސްތަގުބަލަށް ބޭނުންވާ މުހިންމު ހުނަރުތައް އުނގަންނައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ތައުލީމީ މުއައްސަސާތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ޒުވާނުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ތައުލީމީ ނިޒާމާއި މަސައްކަތުގެ ބާޒާރާ ދެމެދު ހުރި ހުސްކަން ފޫބެއްދުމަށާއި، ޑިޖިޓަލް ހުނަރާއި، ފާޑުކިޔުންތެރި ވިސްނުމާއި، ލީޑަރޝިޕް އަދި މަސައްކަތުގެ މާހައުލަށް ބޭނުންވާ ތަމްރީނުތައް އިތުރުކުރުމުގެ މައްޗަށެވެ.

ބައްދަލުވުން ފައްޓަވައިދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔެއަށް ޒުވާނުން ތައްޔާރުކުރުމުގައި މަތީ ތައުލީމުގެ ދައުރު ނުހަނު ބޮޑު ކަމަށެވެ. އަދި އެމްއެންޔޫގެ ނިންމުންތަކަކީ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ސެމިސްޓަރގައި "އެމްއެންޔޫ ފިއުޗަރ ރެޑީ ސީރީޒް" ގެ ނަމުގައި ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ފަށާނެކަން އިއުލާނު ކުރެއްވިއެވެ.

މި ބައްދަލުވުމުގެ ތެރެއިން "ލޮސްޓް އިން ޓްރާންސިޝަން" ގެ ނަމުގައި އެމްއެންޔޫއިން ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓެއްވެސް ވަނީ ނެރެފައެވެ. މީގެ އިތުރުން، އަތޮޅުތެރޭގެ ޒުވާނުންނަށް މަސައްކަތުގެ ފުރުސަތުތައް ހޯދައިދިނުމާއި، އަމިއްލަ މަސައްކަތްކުރުން ނުވަތަ އެންޓްރަޕްރިނިއަރޝިޕް ކުރިއެރުވުމާ ގުޅޭގޮތުން ޚާއްސަ ޕެނަލް ޑިސްކަޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މަޝްވަރާތަކުން ނުކުންނަ ނަތީޖާތަކުގެ އަލީގައި، ޔުނިސެފް މޯލްޑިވްސްގެ ކުރިއަށް އޮތް ފަސް އަހަރުގެ ޕްލޭން އެކުލަވާލުމަށާއި، ޒުވާނުންގެ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން އެކުލަވާލާ ސިޔާސަތުތަކަށް ބޮޑެތި އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.