ކުރީގެ ރައީސް މުހައްމަދު ނަޝީދު --
ހަބަރު
13 Aug 2026 | 21:46
މި ސަރުކާރުން ދަރަނި ދެއްކީ އެމްޑީޕީ ސަރުކާރުން އެއްކުރި ފައިސާއިން: ނަޝީދު

މި ސަރުކާރުން ދަރަނި ދެއްކީ އެމްޑީޕީ ސަރުކާރުން އެއްކުރި ފައިސާއިން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން "ދަތިވެއްޖެ" ނަމުގައި މިރޭ ބޭއްވި މުޒާހާރާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން ދަރަނި ދެއްކީ ރިޒާވްގައި ހުރި ފައިސާކޮޅު ހުސްކޮށްލައިގެން ކަމަށެވެ. އަދި އަތުގައި ހުރި މަދު ފައިސާކޮޅު ހުސްކޮށް ނުލާން އެމްޑީޕީން ތަކުރާރުކޮށް އެދިފައި ވަނިކޮށް ކަމަށެވެ.
ނަޝީދު ވިދާޅުވީ ދަރަނި ދައްކަން ރިޒާވްގައި ހުރި ފައިސާއަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެއްކޮށްފައި ހުރި ފައިސާ ކަމަށެވެ.

"މި ދަރަނި އަދާކުރުމަށް އެއްކޮށްފައި ހުރި ފައިސާއަކީ ކުރީގެ އެމްޑީޕީ ސަރުކާރުން އެއްކޮށްފައިވާ ރިޒާވް. އަދި އެހެންވެސް ސަރުކާރު އަތުގައި އޮތް ފައިސާއަކީ ކުރީގެ ސަރުކާރުން އެއްކޮށްފައި އޮތް އެ ސަރުކާރުގެ ރިޒާވް,"

ނަޝީދު ވަނީ ދަރަނި ދައްކަން ރިޒާވްގައި ހުރި ޑޮލަރު ހުސްކޮށްލުމުން ޑޮލަރުގެ އަގު ދުވަހެއް ދުވަހަކަށް އުފުލެމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޑޮލަރުގެ އަގު އުފުލެމުންދާ ވަރަކުން ތަކެތީގެ އަގު ދަނީ ބޮޑުވަމުން ކަމުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭައި ކަޅު ބާޒާރުގައި ޑޮލަރު ލިބޭ އަގު 19 ރުފިޔާއަށް ތިރިކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ އެވެ. އެކަން ކުރުމަށް އެމްއެމްއޭއިން ބެންކުތަކަށް އެ އަދަދަށް ޑޮލަރު ދޫކުރަން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

"އެވަރަށް ތިބޭފުޅުންގެ އަތުގައި ޑޮލަރު ނެތްނަމަ އެ ވާހަކަވެސް ވިދާޅުވާށޭ,"

ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ޑޮލަރުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތް އެނގޭ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އެ ކަމަށް ބޭނުންވާ ފައިސާ ރާއްޖެއަށް ގެންނަން އެމްޑީޕީން ފަރިތަ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ނަޝީދު ވަނީ ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 20 ޕަސެންޓް މާރުކުރަން މަޖުބޫރުކުރުވައިފިނަމަ އެއީ ވަރަށް ބޮޑު ގޮންޖެހުމަކަށްވާނެ ކަމަށާ އެކަމުގެ ސަބަބުން ރިސޯޓްތައް ހަދަން އެ ރިސޯޓްތަކުގެ ވެރީން ނަގާފައިވާ ދަރަނި ދައްކަން ދަތިވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ޑޮލަރުގެ މައްސަލަ ވާނީ އިތުރަށް ގޯސް ކަމުގައި ވިދާޅުވި އެވެ.

މި ސަރުކާރުން ވަނީ ދަރަނި ދެއްކުމަށް ބިލިއަނެއްހާ ޑޮލަރު ހޭދަކޮށްފަ އެވެ.

މި ސަރުކާރުން ދަރަނި ދެއްކީ އެމްޑީޕީ ސަރުކާރުން އެއްކުރި ފައިސާއިން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވިނަމަވެސް ރައީސް ސޯލިހްގެ ސަރުކާރާއި ދެކޮޅަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ 53 މިލިއަން ޑޮލަރު ކަމުގައި ވިދާޅުވެފަ އެވެ. އަދި ގައުމު ބަނގުރޫޓްވަމުންދާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވެސް ވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިޔަން ޑޮލަރުގައި ކަމަށް ވިދާޅުވެފަ އެވެ. އެމްޑީޕީ ސަރުކާރު ހަވާލުވިއިރު ރައީސް ޔާމީންގެ ސަރުކާރުން ވަނީ ސޮވްރިން ފަންޑުގެ އަދަދު 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް ގެންގޮސްފަ އެވެ.

ކޮމެންޓް
އަހުދުނާމާ
ދެން ކީއްވެތޯ މަސްވެރިންނައް ލާރި ނުދީ އަދި ލޯނުތައް ނުދައްކާ ދިޔައީ
13 Aug 2026
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ