މަދަނީ ޖަމިއްޔާތަކުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުއްސަލަފް
ހަބަރު
14 Aug 2026 | 10:46
ވަކިވަކިން ކުރާ މަސައްކަތަށްވުރެ ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ބޮޑުތަނުން ތަފާތުވާނެ: ޑރ. ޢަލީ ޒާހިރު

ވަކިވަކިން ކުރާ މަސައްކަތަށްވުރެ ގުޅިގެން އެންމެން އެކުގައި ކުރާ މަސައްކަތުން ނުކުންނަ ނަތީޖާ ބޮޑުތަނުން ރަނގަޅުވާނެ ކަމުގައި ކަމުގައި އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޢަލީ ޒަހީރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.

ޑރ. ޢަލީ ޒާހިރު މިފަދައިން ވިދާޅުވީ، ޖަމިއްޔަތުއް ސަލަފުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މަދަނީ ޖަމިއްޔާ ތަކުގެ މަހާސިންތާ ފެށުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ވާހަކަދައްކަވަމުންނެވެ. މިފަހަރުގެ މަހާސިންތާގެ ޝިޢާރަކީ “ގުޅިގެން އޯގާތެރި މުޖުތަމަޢަކަށް” އެވެ. 

ރޭ ދާރުލް އާސާރުގައި ބޭއްވި މި ޖަލްސާގައި ޖަމިއްޔަތުއްސަލަފްގެ އިސްވެރިންނާއި ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، ރާއްޖޭގެ އެކިކަންކޮޅުތަކުން މި މަހާސިންތާގައި ބައިވެރިވި 40 ޖަމިއްޔާގެ މެންބަރުން ބައިވެރިވިއެވެ. 

އަމިއްލައަށް ނުވަތަ ވަކިވަކިން ކުރެވޭ މަސައްކަތުގެ ނަތީޖާއަށްވުރެ ގިނަ ބަޔަކު އެއް މަގުސަދަކަށްޓަކައި ގުޅިގެން ކުރީމާ ނުކުންނަ ނަތީޖާ ވަރަށް ބޮޑުތަނުން ތަފާތުވެގެންދާނެ 

ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

އެ ސަބަބަށްޓަކައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މައްޗަށް އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާކަން ޑރ. ޢަލީ ޒާހިރު ފާހަގަކުރެއްވިއެވެ. އަދި އެއް އުއްމަތެއްގެ ގޮތުގައި އޮތުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. 

މިއާއެކު ޑރ. އަލީ ޒާހިރު ވަނީ ގުޅިގެން ސުންނަތުގެ އަލީގައި، ގުޅިގެން މަސައްކަތް ކުރުމުން ނުކުންނަ ނަތީޖާ ރަނގަޅުވާކަން ހާމަކުރެއްވުމަށް ހިޖުރައިގެ ދަތުރުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެ ދަތުރުގެ ކަންކަން އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދިޔުމަށް އެކި ބޭފުޅުންނާ އެކި މަސައްކަތް ހަވާލުކުރެއްވި ކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ހުރިހާ ޖަމިއްޔާތަކެއް އެކުގައި މަސައްކަތްކޮށް، އެއްބައެއްގެ ހުނަރު އަނެއް ބަޔަކަށް ދަސްކޮށްދީގެން ގުޅިގެން ކުރިއަށް ދިޔުމަށް ޑރ. ޢަލީ ޒާހިރު އެދިވަޑައިގެންނެވިއެވެ. 

ކޮންމެ ދެއަހަރަކުން އެއްއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަދަނީ ޖަމްޢިއްޔާތަކުގެ މަހާސިންތާ ބާއްވާ މިއީ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މަހާސިންތާ 20 ޖަމްޢިއްޔާއާއެކު ބާއްވާފައިވަނީ 3 ފެބްރުއަރީ 2024 ގައި އއ. މަތިވެރީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް