އެމްޑީޕީ ރޭގެ މުޒާހަރާގައި އަބްދުﷲ ޝާހިދު..
ހަބަރު
14 Aug 2026 | 11:01
ސިގްނަލްތައް ރަތްވެއްޖެ. ރައްޔިތުން ދުށް ހުވަފެންތައް ބިލާހަކަށްވެ ނިމިއްޖެ: ޝާހިދު

މި ސަރުކާރާމެދު ރައްޔިތުން ދުށް ހުވަފެންތައް ބިލާހަކަށްވެ ނިމިއްޖެ ކަމަށާއި އުއްމީދުކުރި ފެހި ސިގްނަލްތައް ނިވި ރަތްވެފައިވާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ދަތިވެއްޖެ ނަމުގައި އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާ ފައްޓަވަމުން ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭންބުނި ހަމަ އެއްވެސް ކަމެއް ހާސިލްނުވި ނަމަށާއި ނަތީޖާއަކީ މިއަދު ރައްޔިތުންނަށް އެތައް ގޮތަކުން ދަތިވުންކަމަށެވެ.

ރާއްޖޭގެ އިގްތިސާދާއި އާންމުންގެ ދިރިއުޅުން ނިހާޔަތަށް ދަތިވެފައިވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، މިދިޔަ އަހަރުތަކުގައި ރާއްޖޭގެ އިންފްލެޝަން ނުވަތަ ބާޒާރުގައި މުދަލާއި ތަކެތީގެ ހިދުމަތް އެންމެ މައްޗަށް ގޮސްފައިވަނީ މިދިޔަ އަހަރު ކަމަށެވެ. އެގޮތުން ބާޒާރުގައި އާންމުން އެންމެބޮޑަށް ބޭނުންކުރާ ތަކެތީގެ ބާވަތްތަކުގެ އަގުތައް އިންތިހާއަށް މައްޗަށްގޮސްފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

 ކިރު ދަޅެއް ގަންނަންދާ މީހާ އަށް 100 ރުފިޔާ ލިބުނު ދަޅު މިހާރު ލިބެނީ 122 ރުފިޔާ އަށް. ތެޔޮ ލީޓަރެއް ގަންނަންދާ މީހާ އަށް 100 ރުފިޔާއަށް އަށް ކުރިން ލިބޭވަރު ލިބެނީ މިހާރު 122 ރުފިޔާ. މުސާރަތަކަށް ބަދަލެއް ނާދޭ. އެއްވެސް އިތުރު އާންދަނީއެއް ލިބޭނެ ގޮތެއް ނެތް

އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ ތަކެތީގެ އަގުތައް މައްޗަށް ދިޔައީމާ ރައްޔިތުން މިއަދު ގޮވަމުންދަނީ ދަތިވެއްޖެ ކަމަށާއި އެކަން އިސްލާހްކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ނިކަމެތި ރައްޔިތުންނަށް ނިކަމެތިގޮތް ހެދުން ނޫން ކަމެއް އަދި ނުފެންނަކަން ޝާހިދުގެ ވާހަކާގައި ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ވަޒީފާތަކުން ކަނޑަމުންދަނީ ނިކަމެތި ރައްޔިތުން ކަމަށާއި، ސިޔާސީ މަގާމްތަކަށް އަދިވެސް މީހުން އިތުރުކުރަމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތްކަމަށާއި، ސަރުކާރު މިއަދު ވަނީ ބޮޑުތަނުން ފެއިލްވެފައިކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ހައްޤުގައި މި ސަރުކާރު ބަދަލުކުރުން ނޫންގޮތެއް އެމްޑީޕީއަށް ނެތްކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
މޫސާރަޝީދު
ހެ ހެ ހެ ހެ ހެ
14 Aug 2026
ގުޅޭ ލިޔުންތައް
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.