އަލްމަރްހޫމް އިޙްސާން ޢަބްދުލްޣަނީ
ހަބަރު
15 Aug 2026 | 15:54
މަރުހޫމް އިޙްސާން ޢަބްދުލްޢަނީ (ސާންތީ) ކޯޗަށް ހިދުމަތުގެ ޤައުމީ އިނާމް

ދިވެހިރާއްޖޭގެ ކުޅިވަރަށް ކޮށްދެއްވި ހިދުމަތް ފާހަގަކުރުމުގެ ގޮތުން އަލްމަރްހޫމް އިޙްސާން ޢަބްދުލްޣަނީގެ ހަނދާނަށް ޤައުމީ އިނާމް މިއަދު އަރުވައިފިއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ސާންތީ ކޯޗްގެ އާއިލާގެ ފަރާތުން ޤައުމީ އިނާމާ ހަވާލުވީ ކޯޗްގެ ކޮއްކޮ އަހުސަން އަބްދުލްގަނީއެވެ. ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ކޯޗް ސާސްތީ ނިޔާވީ ކެންސަރުބައްޔަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށް މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. 

ޤައުމީ އިނާމް ލިބިލެއްވި ފަރާތްތައް. ކަނާއަތުން ތިން ވަނައަށް ސާންތީ ޯޗްގެ އާއިލާގެ ފަރާތުން އިނާމާ ހަވާލުވި ކޯޗްގެ ކޮއްކޮ އަހުސަން... ފޮޓޯ: ރައީސް އޮފީސް

ސާންތީއަކީ ފުޓްބޯޅައިގައި ކާމިޔާބު އަދި ކުޅުންތެރިން އުފެއްދުމުގައި ފާހަގަކޮށްލެވޭ ކޯޗެކެވެ. ފުރަތަމަ ފަހަރަށް ދިވެހި ޓީމު ރަން މެޑަލް ހާސިލުކުރީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗްގެ މަގާމުގައި ސާންތި ހުރި ދުވަސްވަރު އެވެ. ސާންތީ ވަނީ އެކި ފަހަރުމަތިން ޤައުމީޓީމްގެ އިތުރުން އެފްއޭއެމްގައިވެސް މަސައްކަތްކޮށްފައެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް އަދާކޮށްފައިވާ ސާންތި ވަނީ ދާއިރާއިން މަތީ ތައުލީމުވެސް ހާސިލްކޮށްފައެވެ.

ސާންތި ވަނީ ޔުނައިޑެޓް ވިކްރީ އާއި އީގަލްސްއަށް ކޯޗްކަން ކޮށްދީފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ވަރަށްގިނަ ޒުވާން ކުޅުންތެރިން ފުޓްބޯޅަ ދަނޑަށް ނެރުމަށް އަމަލީގޮތުންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.