އެޗްޑީސީގެ ބްލަޑް ކޭމްޕް- ފޮޓޯ/ އެޗްޑީސީ
ހަބަރު
16 Aug 2026 | 15:30
އެޗްޑީސީ ސްޓާފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ބްލަޑް ކޭމްޕެއް

އެޗްޑީސީ ސްޓާފުންގެ ފަރާތުން 'ބްލަޑް ބޭންކް' އަށް ލޭ ހަދިޔާކުރުމަށް މިއަދު ބްލަޑް ކޭމްޕެއް ފަށައިފިއެވެ.

އެޗްޑީސީއާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން މިއަދު ކުރިއަށްގެންދާ މި ބްލަޑް ކޭމްޕުގެ މަގްސަދަކީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން ބަލްޑް ބޭންކަށް ވީހާވެސް ގިނަ ލޭ ހަދިޔާކުރުން ކަމަށް އެކުންފުނިން ބުނެއެވެ. އަދި ބްލަޑް ބޭންކަށް ބޭނުންވާ ލޭ ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުމެވެ.

އެގޮތުން މިއަދުގެ ހެނދުނުން ފެށިގެން ހަވީރަށް ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަކީ، މެޑިކަލް ޗެކަޕާއެކު އެޗްޑީސީގެ ހުރިހާ ސްޓާފުންނަށް ލޭ ހަދިޔާކުރެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

މިއަދުގެ ހަރަކާތާ ގުޅޭގޮތުން، އެޗްޑީސީ ސީއެސްއާރުގެ އެސިސްޓެންޑް ޑިރެކްޓަރު ހަސަން ޝަހީދު ވިދާޅުވީ، ބްލަޑް ބޭންކުގައި ލޭ މަދުވެފައި ހުރިކަމުގެ މައުލޫމާތު މާލެ ސިޓީގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ލިބުމާ ގުޅިގެން ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަށް އެޗްޑީސީގެ ވަރަށް ގިނަ ސްޓާފުންގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

އަދި ބްލަޑް ބޭންކަށް ދިމާވި ލޭގެ ދަތިކަން ހައްލުކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް އެޗްޑީސީން އިސްނަގައިގެން ބްލަޑް ކޭމްޕެއް ކުރިއަށްގެންގޮސްފައިވާއިރު، އަމާޒަކީ މިއަހަރުގެ ތެރޭގައި އަދިވެސް މިފަދަ އިތުރު ކޭމްޕެއް ކުރިއަށްގެންދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ. 

އެޗްޑީސީގެ އިޖްތިމާއީ ޒިންމާގެ ދަށުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް މިއަހަރުގެޖެނުއަރީ މަހުވެސް ވަނީ ސްޓާފުންގެ ބަލްޑް ކޭމްޕެއް ބާއްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް ސިލްސިލާކޮށް މިފަދަ ހަރަކާތްތައް ކުރިއަށްގެންދިއުމަކީ އެ ކޯޕަރޭޝަންގެ އަމާޒު ކަމަށް އެޗްޑީސީން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ