ސިންޕޯސިޔަމްގެ ބައިވެރިން
ހަބަރު
17 Aug 2026 | 20:06
އެމްއެންޔޫގެ އަންޑަރގްރެޖުއޭޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމް ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ އަންޑަރގްރެޖުއޭޓް ދަރިވަރުންގެ ދިރާސީ މަސައްކަތްތައް ދައްކާލުމަށް ބާއްވާ "އަންޑަރގްރެޖުއޭޓް ސްޓޫޑެންޓް ރިސާޗް ސިމްޕޯޒިއަމް" (ޔޫއެސްއާރްއެސް) ގެ ދެވަނަ އެޑިޝަން މިއަދު ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

މި ސިމްޕޯޒިއަމަކީ އަންޑަރގްރެޖުއޭޓް ފެންވަރުގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ދިރާސާތައް އެކަޑަމިކް މާޙައުލެއްގައި ހުށަހަޅައި، ލެކްޗަރާއިންނާއި، އިވެލުއޭޓަރުން އަދި އެހެން ދަރިވަރުންނާ ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވި ޙަރަކާތެކެވެ.

އެމްއެންޔޫއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރުގެ ސިމްޕޯޒިއަމަށް 31 އެބްސްޓްރެކްޓް ބަލައިގެންފައިވާއިރު، އޭގެ ތެރެއިން 19 ދަރިވަރަކު ވަނީ މި އިވެންޓުގައި އެ ދަރިވަރުންގެ ދިރާސާތައް ހުށަހަޅާފައެވެ. މި ޕްރެޒެންޓޭޝަންތައް ތަފާތު އެކި ދާއިރާތަކަށް އަމާޒުކުރެވިފައިވާއިރު، މިއިން ދައްކުވައިދެނީ އެމްއެންޔޫގެ ދަރިވަރުންގެ މެދުގައި އޮތް ދިރާސީ ޝައުޤުވެރިކަމާއި އެކި ދާއިރާތަކުން ދިރާސާކުރުމުގެ ޤާބިލުކަން ކަމަށް އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

މި ސިމްޕޯޒިއަމްގެ ސަބަބުން ދަރިވަރުން ހޯދި ހޯދުންތައް ޢާންމުކުރުމުގެ އިތުރުން، ދާއިރާގެ ތަޖުރިބާކާރުންނާއި ޔުނިވަރސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ފަރާތުން އަގުހުރި ފީޑްބެކް ލިބިގެންދިޔައެވެ. އަދި އެކަޑަމިކް ޕްލެޓްފޯމެއްގައި އަމިއްލަ ޚިޔާލުތަކާއި ދިރާސާތައް ހުށަހެޅުމުގެ އަގުހުރި ތަޖުރިބާ ލިބި، ދަރިވަރުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، އިތުރު ދިރާސާތަކަށް ޝައުޤުވެރިކަން އުފެދިގެންދިޔައެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި ޔޫއެސްއާރްއެސް އަކީ ދަރިވަރުންގެ މެދުގައި ދިރާސާކުރުމުގެ ވަރުގަދަ ސަޤާފަތެއް ޤާއިމުކުރުމަށާއި، ތަޢުލީމީ ޙަޔާތުގެ ކުރީކޮޅުން ފެށިގެން ދިރާސީ މަސައްކަތްތަކުގައި ބައިވެރިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ އިތުރުން، މި ޙަރަކާތުގެ ސަބަބުން ދަރިވަރުންނަށް އެ ބޭފުޅުންގެ މުސްތަޤްބަލުގެ ކެރިއަރަށާއި މަތީ ތަޢުލީމަށް މަގުފަހިވާނެ ފަދަ ނެޓްވަރކިންގ ފުރުޞަތުތައްވެސް ވަނީ ފަހިވެފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދަރިވަރުންގެ މެދުގައި އުފެއްދުންތެރިކަމާއި އެކަޑަމިކް ފެންވަރު މަތިކޮށް، މުޖުތަމަޢަށް ފައިދާހުރި ދިރާސާތައް ކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުމަށެވެ. އެގޮތުން ޔޫއެސްއާރްއެސް ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް އިލްމު ކުރިއެރުވުމަށް އެމްއެންޔޫއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނެ ކަމަށް އެ ޔުނިވަރސިޓީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ