ރޭސް ކިޓް
ވިޔަފާރި
18 Aug 2026 | 15:16
ދިރާގު މާލެ އޯޕަން 2026ގެ ރޭސް ކިޓް ދޫކުރަން ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް ކަމަށްވާ ދިރާގު މާލެ އޯޕަން 2026ގައި ބައިވެރިވާ ފެތުންތެރިންނަށް ރޭސް ކިޓް މިއަދުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.

ރޭސް ކިޓް ހަވާލުކުރުން ކުރިއަށް ގެންދަނީ 18 އިން 20 އޮގަސްޓާ ހަމައަށް ދިރާގު ހެޑް އޮފީހުގައި ބާއްވާ ޑީއެމްއޯ އެކްސްޕޯގައި ކަމަށް ދިރާގުން ބުނެއެވެ. ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 10:00 އާ ދެމެދު ކިޓް ނެގޭނެ ކަމަށާއި ކިޓުގައި މުބާރާތުގެ ރަސްމީ ޓީޝާޓާއި ސްވިމް ކެޕް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.

ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރާ މި މުބާރާތް އޮގަސްޓް 21 އަދި 22 ވަނަ ދުވަހު މާލޭ ރަސްފަންނު ސަރަޙައްދުގައި ބާއްވާ އިރު މި ފަހަރު އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ކެޓެގަރީތަކުގެ އިތުރުން 500 މީޓަރުގެ ޓީމް ރިލޭ ކެޓެގަރީއެއް ވެސް ވަނީ އަލަށް ތަޢާރަފުކޮށްފައެވެ. ދިރާގުން ބުނީ ޓީމް ރިލޭގެ ސަބަބުން ރައްޓެހިންނާއި އާއިލާ އަދި ފަތާ ކްލަބުތަކުގެ ފެތުންތެރިންނަށް އެކުގައި ޓީމެއްގެ ގޮތުގައި ވާދަކުރެވޭނެ ކަމަށެވެ.

އޯޕަން ވޯޓާ ފެތުން ރާއްޖޭގައި ކުރިއެރުވުމާއި މި ކުޅިވަރަށް ޝައުޤުވެރިކަން އިތުރުކުރުމުގެ އިތުރުން ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އުފެއްދުމަކީ މި މުބާރާތުގެ މައިގަނޑު މަޤުޞަދު ކަމަށް ދިރާގުން ބުނެއެވެ. ދިރާގަކީ ދުޅަހެޔޮ ދިރިއުޅުމާއި އިޖުތިމާޢީ ގުޅުން ބަދަހިކުރެވޭ ކުޅިވަރު ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ