އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
ރައީސް އޮފީހުން ބުނީ އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ޙުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި ކުރައްވަންޖެހޭ ކަންކަން ކުރެއްވުމަށް އާދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
ވާނުވާ ބަންދުގައި އަހަރު ދުވަހަށްވުރެ އިތުރުވެފައިވާ އެންމެންގެ މައްސަލަ ކުރިއަށް އޮތް ތިން މަސްތެރޭ ކޮންމެވެސް އެއްގޮތަކަށް ނިމޭނެ ކަމުގެ މައުލޫމާތު ބަންޑާރަ ނާއިބު ދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޑިސެންބަރު 22، 2025 ގައި ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ވާނުވާ ބަންދުގެ މައްސަލަތަކުގައި ބަންޑާރަ ނާއިބުގެ އޮފީހުން ކޮށްދޭން ޖެހޭ ކޮންމެ ކަމެއް އެންމެ ރަނގަޅަކަށް ކޮށް ދެއްވާނެ އެވެ. އެކަމުގެ ޔަގީންކަން ދެއްވި އެވެ.
ވާނުވާ ބަންދުގައި ތިބި އެންމެންގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރަައީސް ތަކުރާރުކޮށް ވިދާޅުވެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists