ރޮޑްރީ ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލަނީ
ކުޅިވަރު
18 Aug 2026 | 23:46
ރޮޑްރީ އެންމެފަހުން 65 މިލިއަން ޕައުންޑުގެ އަގަކަށް ބާސެލޯނާއަށް

މެންޗެސްޓާ ސިޓީގައި ހަތް ސީޒަން ހޭދަކުރުމަށްފަހު ސްޕެއިނުގެ މިޑްފީލްޑަރު ރޮޑްރީ ގާތްގަނޑަކަށް 65 މިލިއަން ޕައުންޑުގެ އަގެއްގައި ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.

މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ރޮޑްރީ ބާސާއަށް  ބަދަލުވެފައިވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސިޓީގައި ފާއިތުވި ދެ ސީޒަނުގައި އަނިޔާގެ މައްސަލަތައް ކުރިމަތިވީ ނަމަވެސް ނިމިގެންދިޔަ ވަރލްޑް ކަޕުގައި ރޮޑްރީ ވަނީ އެންމެ މޮޅު ފޯމަށް ރުޖޫޢަވެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ހޯދައިފައެވެ. ސްޕެއިނުން ދެވަނަ ފަހަރަށް ވަރލްޑްކަޕް ކާމިޔާބުކުރި އެ މުބާރާތުގައި ރޮޑްރީ ވިދައިލީ ތަފާތު ކުޅުމެއް ދައްކައިގެންނެވެ.

2024 ވަނަ އަހަރުގެ ބެލޮންޑީ ހާސިލުކޮށްފައިވާ ރޮޑްރީ ސިޓީ ދޫކޮށް ދިޔައިރު އޭނާ ވަނީ އެ ކްލަބަށް 298 މެޗު ކުޅެ ހަތަރު ޕްރިމިއާ ލީގް ތަށްޓާއި ދެ އެފްއޭ ކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ރޮޑްރީ ވަނީ ސިޓީއާއެކު 2023 ގެ ޗެމްޕިއަންސް ލީގް ވެސް ހޯދާފައެވެ.

ބާސެލޯނާއާ ގުޅެވުމާ ބެހޭ ގޮތުން ރޮޑްރީ ބުނީ ބާސެލޯނާއަށް ބަދަލު ވެވުމުން އުފާކުރާ ކަމަށާއި މިއީ މުޅިން ތަފާތު މާހައުލެއްކަމަށެވެ. ސިޓީގެ ސަޕޯޓަރުންނަށް ދޫކޮށްލި ވަދާޢީ ބަޔާނުގައި ރޮޑްރީ ބުނީ ސިޓީން އޭނާ ހަދައިދިނީ ހަމައެކަނި ކުޅުންތެރިއަކަށް ނޫންކަމަށާއި، ލިބުނު ހުރިހާ ކުރިއެރުމެއް ލިބުނީ ސިޓީންކަމަށެވެ. މެންޗެސްޓާއިން މުޅި ދިރިއުޅުން ބައްޓަންކޮށްދިންކަމަށް ރޮޑްރީ ފާހަގަކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
19 Aug 2026
ކެބިނެޓުން މުހިންމު ނިންމެވުންތަކެއް ނިންމަވައިފި
ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅުންހުރި މުހިންމު ނިންމެވުންތަކަކާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް، ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
18 Aug 2026
ރޮޑްރީ އެންމެފަހުން ބާސެލޯނާއަށް
ބާސެލޯނާއާ ގުޅެވުމާ ބެހޭ ގޮތުން ރޮޑްރީ ބުނީ ބާސެލޯނާއަށް ބަދަލު ވެވުމުން އުފާކުރާ ކަމަށާއި މިއީ މުޅިން ތަފާތު މާހައުލެއްކަމަށެވެ.
18 Aug 2026
ގައުމީ ޓީމުތަކުގެ ހުރިހާ އެތުލީޓުންނަކީ ދުންފަތާ އެއްކޮށް ދުރުވެފައި ތިބި މީހުންނަށް ހަދަން އަމާޒެއް
އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށްކަމަށް ހެދުމުގެ ޓާގެޓު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާ ދުރުވެފައި ތިބި ބަޔަކަށް ހެދުމަށް ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
18 Aug 2026
ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އިމްރާން ޚާން އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރަން އަމުރުކޮށްފި
ޕާކިސްތާނުގެ ތާރީޚަށް ބަލާއިރު ޖަލުގައި ތިބި ސިޔާސީ ޝަޚްޞިއްޔަތުންނަށް ޞިއްޙީ ސަބަބުތަކަށްޓަކައި ދެވުނު ލުއިތަކަށް ފަހު ޤާނޫނީ ނުވަތަ ސިޔާސީ ބޮޑެތި ލުއިތައް ލިބިފައިވާ ޙާލަތްތައް ފެނިފައިވެއެވެ
18 Aug 2026
ފަތުރުވެރިން އަތުން ނަގާ ފެއާ މުރާޖަޢާކޮށް ކުޑަކުރަން ނިންމަވައިފި
އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ވަނީ މުހިންމު ގިނަ ނިންމުންތަކެއް ނިންމާފަ އެވެ.
18 Aug 2026
ސިމްކާޑް ދޫކުރާ އުސޫލް ހަރުދަނާކުރަނީ
ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާ ގޮތަ ހަމަޖެއްސުންވެސް މީގެ ތެރޭގައި ހިމެނެއެވެ
18 Aug 2026
ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ގައުމަކަށް ރާއްޖެ ހަދަނީ
ވާނުވާ ބަންދުގައި ތިބި އެންމެންގެ މައްސަލައަށް ހައްލު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ރަައީސް ތަކުރާރުކޮށް ވިދާޅުވެ އެވެ.
18 Aug 2026
އެލައިޑުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމުގައި ބައިވެރިވެ ޕެނެލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެއްޖެ