ހިންދު ރަޖަބް
ދުނިޔެ
20 Aug 2026 | 11:02
300 އަށްވުރެ ގިނަ ވަޒަން ޖަހައި، ހިންދު ރަޖަބު ޝަހީދު ކޮށްލި ކަމަށް އިސްރާއިލުން އެއްބަސްވެއްޖެ

ޣައްޒާ ޤަތުލްޢައްމުގައި ކުޑަކުދިންނަށް ލިބެމުންދާ އަނިޔާގެ ރަމްޒެއްގެ ގޮތުގައި ދުނިޔެ ދެކެމުން އައި ފަސް އަހަރުގެ ހިންދު ރަޖަބު ޝަހީދުކޮށްލި ހާދިސާއަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީފަހުން އިސްތިއުމާރީ އިސްރާއީލުގެ އަސްކަރިއްޔާއިން އެ ކުއްޖާ ޝަހީދު ކޮށްލި ކަމަށް އެއްބަސްވެއްޖެއެވެ. އަދި އެކަމާ ގުޅޭ ތަހުގީގެއް ކުރާ ކަމަށް ނިރުބަވެރިން ބުނެފައިވެއެވެ. 

އިސްރާއީލުގެ އަސްކަރިއްޔާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހޯދުންތައް މުރާޖަޢާ ކުރުމަށް ފަހު ފަލަސްޠީނު ރެޑް ކްރެސެންޓުގެ އެމްބިއުލެންސް ދަތުރުގެ ކޯޑިނޭޝަނުގައި ހެދިފައިވާ ކަމަށް ބެލެވޭ ގޯސްތަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ފެށުމަށް ނިންމީ ކަމަށެވެ. މީގެ ކުރިން އިސްރާއީލުން ހިންދު ޝަހީދުކޮށްލި ސަރަޙައްދުގައި އެ އެ ޖަމާއަތުގެ ސިފައިން ތިބި ކަމަށް ވެސް އިންކާރު ކުރިއެވެ.

ނޫސްވެރިންގެ ތަޙުޤީޤުތަކާ ގުޅިގެން ފަހުން އެމީހުންގެ އަސްކަރިއްޔާއިން ބުނީ އެ ދުވަހު ޣައްޒާ ސިޓީގައި "ޓެރަރ ޓާގެޓް" ތަކަށް ރެއިޑް ކުރި ކަމަށެވެ.

ހިންދުގެ ޢާއިލާ ގަދަކަމުން ޣައްޒާ ސިޓީން ބޭރުކުރުމަށް ފަހު 2024 ވަނަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުގެ ރޭގަނޑު 7:30 ހާއިރު ހިންދު ޢާއިލާ މެންބަރުން ޝަހީދު ކޮށްލީ ކާރެއްގައި ތިއްބައެވެ. އިސްރާއީލުގެ އެންގުމަށް ސަރަޙައްދު ދޫކޮށް ދިޔުމުގެ މަގުމަތީގައި ހިންދުގެ ބޮޑުބޭބެ ދުއްވި ކަޅު ކާރަށް 300 އަށް ވުރެ ގިނަ ވަޒަން ޖެހިއެވެ. ކާރުގައި އިން 15 އަހަރުގެ ލަޔާން ވެސް ފަލަސްޠީނު ރެޑް ކްރެސެންޓް ޖަމިއްޔާ (ޕީއާރުސީއެސް) ގެ މުވައްޒަފުންނާ ފޯނުން ވާހަކަ ދައްކަމުން ދަނިކޮށް ޝަހީދުކޮށްލެވުނެވެ.

ހިންދު ރަޖަބް އާއު އާއިލާ މީހުން ތިބި ކާރު

ޕީއާރުސީއެސް ގެ ޕެރެމެޑިކުން ހިންދު ސަލާމަތް ކުރުމަށް އެމްބިއުލެންސެއް ފޮނުވި ނަމަވެސް އިސްރާއީލުގެ ފައުޖުތަކުން އެ ޓީމަށް ހުރަސް އެޅިއެވެ. ބުދަ ދުވަހު އެ ޖަމާއަތުގެ އަސްކަރިއްޔާއިން ބުނީ ސިފައިންނާ ދިމާއަށް ދުއްވާފައި އައި އުޅަނދަކަށް ހަމަލާ ދިން ކަމަށެވެ. ކާރަށް ބަޑިޖެހި ކަމަށް އިސްރާއީލުން އެއްބަސްވި މިއީ ފުރަތަމަ ފަހަރެވެ.

ހިންދު ރަޖަބު ފައުންޑޭޝަނުގެ ރައީސް ދިޔާބް އަބޫ ޖަހްޖަހް އެ ތަޙުޤީޤުން ޢަދުލު އިންސާފު ލިބޭނެ ކަމަށް އިތުބާރު ނުކުރާ ކަމަށް ބުންޏެވެ.

"އިސްރާއީލުގެ ޢަދުލުގެ ނިޒާމަށް އަހަރެމެން އިތުބާރެއް ނުކުރަން. މި ވަކި މައްސަލައިގައި ވެސް އިސްރާއީލުގެ ޢަދުލުގެ ނިޒާމު މުޅިންހެން ވަނީ އިސްރާއީލުގެ ޖަރީމާތަކުގައި ބައިވެރިވެފައި" އޭނާ އަލް ޖަޒީރާއަށް ދިން އިންޓަވިޔުއެއްގައި ބުންޏެވެ.

ހިންދުގެ މާމަ ބުނީ މި ތަޙުޤީޤު އެކަށީގެންވާ ވަރާ ގާތަށް ވެސް ނުފޯރާނެ ކަމަށެވެ.

"ޙަޤީޤަތް ހާމަކޮށް ޒިންމާ ވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ ތަޙުޤީޤެއް ބޭނުންވޭ. އަހަރެމެން ޢަދުލު އިންސާފަށް ގޮވައިލަނީ ހަމައެކަނި ހިންދަކަށް ނޫން. ޣައްޒާގެ ހުރިހާ ކުޑަކުދިންނަށް" އޭނާ ބުންޏެވެ.

ޖިނާއީ ތަޙުޤީޤު ހިންގުމަށް ނިންމި އިޢުލާނުގައި 2025 ވަނަ އަހަރުގެ މާރިޗު މަހު 15 ފަލަސްޠީނު ޞިއްޙީ މަސައްކަތްތެރިއަކު ޝަހީދުކޮށްލި ހާދިސާ ވެސް ބަލާނެ ކަމަށް ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.