މަންފާ ޤުރުއާން ކޭމްޕްގައި ބައިވެރިވާ ޤާރީން --
ހަބަރު
20 Aug 2026 | 16:31
މަންފާ ޤުރުއާން ކޭމްޕް: މަޝްހޫރު އެތައް ޤާރީންނެއް, އަގުބޮޑު ފައިސާގެ އިނާމުތަކެއް

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ "މަންފާ" އިން ބާއްވާ ފުރަތަމަ ޤުރުއާން ކޭމްޕްގައި މަޝްހޫރު އެތައް ޤާރީންނެއް ބައިވެރިވާނެ ކަމަށް މަންފާ އިން ބުނެފި އެވެ.

"މަންފާ ޤުރުއާން ކޭމްޕް" އަކީ ކޮންމެ އަހަރަކު ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޭމްޕެކެވެ. ފުރަތަމަ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހިބަދޫގައި އޮގަސްޓް 26 އިން 28 އަށެވެ.

މި ފަހަރުގެ ކޭމްޕްގައި ރާއްޖޭގެ އެންމެ މަޝްހޫރު ޤާރީން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި;

* އަލްޤާރީ މުހައްމަދު ތައުފީޤް ޢަލީ

* އަލްޤާރީ އިބްރާހިމް ޝިފާއު

* އަލްޤާރީ އަހްމަދު ތައުފީޤް

* އަލްޤާރީ އަބްދުލް ވާހިދު

* އަލްޤާރީ އިބްރާހިމް ރަމްޒީ

* އަލްޤާރީ އަހްމަދު ލާޝީން

* އަލްޤާރީ މުހައްމަދު ޝިނާން މުނީރު

* އަލްޤާރީ މުޙައްމަދު ވަހީދު

* އަލްޤާރީ އަހްމަދު ރިޔާޒް 

* އަލްޤާރީ މުހައްމަދު ނަޢީމް އަހްމަދު ފިކުރީ

* އަލްޤާރީ އާދަމް ނަސީރު އަލީ

މި ކޭމްޕާއި ގުޅޭގޮތުން ވޮއިސްއާ ވާހަކަ ދައްކަވަމުން ކޭމްޕް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުންނެވި މަންފާ އެކަޑަމީގެ ނާއިބު ރައީސް އަލްޤާރީ މުހައްމަދު ތައުފީޤް ވިދާޅުވީ މިއީ ވަރަށް ތަފާތު ކޭމްޕެއް ކަމަށާ ތަފާތު އެތައް ހަރަކާތެއް މި ކޭމްޕްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޤުރުއާން ތިން މުބާރާތް

ޤާރީ ތައުފީޤު ވިދާޅުވީ "މަންފާ ޤުރުއާން ކޭމްޕް" ގައި ޤުރުއާން މުބާރާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިން މުބާރާތެއް ކުރިއަށް ގެންދާނެ އެވެ.

އެއް މުބާރާތަކީ މުޅި އދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދާނީ ފަސް އުމުރުފުރައަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފަ އެވެ. އެކަމަށް ޚާއްސަ އެޕްލިކޭޝަން މެދުވެރިކޮށް މުބާރާތަށް ކިޔެވުން ފޮނުވޭނެ އެވެ.

މުބާރާތަށް ފޮނުވާ ކިޔެވުންތަކަށް ފަނޑިޔާރުން އިންސާފު ކުރުމަށް ފަހު ފައިނަލް ރައުންޑަށް 30 ބައިވެރީން ހޮވާނެ އެވެ. ފައިނަލް ބުރުގެ ކިޔެވުންތައް އޮންނާނީ މަހިބަދޫގަ އެވެ.

މީގެ އިތުރުން އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން ވެސް ޤުރުއާން މުބާރާތެއް އޮންނާނެ އެވެ. މިއީ މަހިބަދޫގެ ރައްޔިތުންނަށް ޚާއްސަ މުބާރާތެކެވެ. އަދި އުމުރުން ހަ އަހަރުން ދަށުގެ ކުދީންނަށް ޚާއްސަ މުބާރާތެއް ވެސް ބާއްވަން ވަނީ ނިންމާފަ އެވެ.

ތަޢުފީޤު ވިދާޅުވި ގޮތުގައި މި މުބާރާތުގައި ބަލާނީ އެންމެ ރަނގަޅަށް އަކުރުކިޔޭ ކުދީންނާއި ކަނޑައެޅިފައިވާ ވަގުތުގައި އެންމެ ގިނަ ކަލިމަ ކިޔާ ދަރިވަރުންނެވެ. 

ތިން މުބާރާތަށްވެސް އިނާމް ހުށައަޅާފައިވާކަން ތަޢުފީޤު ފާހަގަ ކުރެއްވި އެވެ. އެގޮތުން:

* މުޅި މުބާރާތުން އެއްވަނަ - 25,000 ރުފިޔާ

* މުޅި މުބާރާތުން ދެވަނަ - 15,000 ރުފިޔާ

* މުޅި މުބާރާތުން ތިންވަނަ - 10,000 ރުފިޔާ

މަންފާ އިން ވަނީ "މަންފާ ޤުރުއާން ކޭމްޕް" ގައި ބައިވެރިވުމުގެ ފުރުސަތު އދ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އޮތްކަން ފާހަގަކޮށް ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު ދީފަ އެވެ.

އެ ޖަމިއްޔާއިން ބުނީ "މަންފާ ޤުރުއާން ކޭމްޕް" ގެ ހަރަކާތްތަކުގައި ބައިވެރިވާ އެންމެންގެ މެދުގައި ހާއްސަ ގުރުއަތުލުމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ޤުރުއާނަށް ޚާއްސަކޮށް މިފަދަ ހަރަކާތެއް މިހާ ފުޅާކޮށް ބާއްވާ ފުރަތަމަ ފަހަރެވެ. 

ކޮމެންޓް
ޢަހު
އަލްޙަމްދުލިﷲ
20 Aug 2026
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.