ޢިމްރާން ޚާން
ދުނިޔެ
21 Aug 2026 | 09:45
މެޑިކަލް ޗެކަޕެއް ހެދުމަށްފަހު ޢިމްރާން ޚާން ޖަލަށް ބަދަލުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވެރިރަށް އިސްލާމްއާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލުގައި ބޭސްފަރުވާގެ ޗެކަޕެއް ހެދުމަށްފަހު މިއަދު އަނބުރައި ޖަލަށް ގެންގޮސްފިއެވެ.

ޢުމުރުން 73 އަހަރުގެ އިމްރާން ޚާން ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާވަލްޕިންޑީގެ އަޑިއާލާ ޖަލުން ވަރުގަދަ ސެކިއުރިޓީގައި ހޮސްޕިޓަލަށް ގެންދިޔައީ ސުޕްރީމް ކޯޓުން އަންގާރަ ދުވަހު ނެރުނު އަމުރެއްގެ ދަށުންނެވެ. އެ އަމުރުގައި ވަނީ، އިމްރާން ހޮސްޕިޓަލަށް ބަދަލުކޮށް މިނިވަން މެޑިކަލް ބޯޑަކުން ހާލު ބެލުމަށެވެ. އަދި އޭނާގެ އަމިއްލަ ޑޮކްޓަރު ހިމެނުމަށް އޮތީ އަންގައިފައެވެ. ހޮސްޕިޓަލުގައި މަދު ގަޑިއިރެއް ހޭދަކުރެއްވުމަށްފަހު އޭނާ ވަނީ ޖަލަށް ގެންގޮސްފައެވެ.

ހިތުގެ ޑޮކްޓަރަކާއި ލޮލުގެ ޑޮކްޓަރެއް އަދި އެހެން ބޭސްވެރިޔަކު ހިމެނޭ ޚާއްޞަ ޓީމަކުން ޗެކަޕް ހެދުމަށްފަހު "ޞިއްޙީ ގޮތުން ރަނގަޅު" ކަމަށް ނިންމާފައިވާ ކަމަށް ޕާކިސްތާނުގެ މަޢުލޫމާތާ ބެހޭ ވަޒީރު ތަރާރު ބުންޏެވެ. ޗެކަޕް ހެދި ވަގުތު އިމްރާން ޚާންގެ ދައްތާ ޢުޒުމާ ޚާން ހާޒިރުވެ ހުންނެވި ކަމަށް ވެސް ތަރާރު ބުންޏެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުން ނިންމީ ޖަލުގެ ސްޕްރިންޓެންޑެންޓް ހޯމަ ދުވަހު ކޯޓަށް ހުށަހެޅި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި އޮގަސްޓް 10 ގައި ކާޑިއެކް ބޯޑަކުން ހެދި ޗެކަޕެއްގައި ލޭގެ ޕްރެޝަރު މައްޗަށް ދިޔުމާއި ޢާއިލާއާ ބައްދަލު ކުރެވުން މަދުވުމާ ގުޅިގެން ހާސްކަން އިޙުސާސް ކުރެވޭ ކަމަށް ބަޔާންކޮށްފައިވެއެވެ. ފާއިތުވި އަހަރެއްހައި ދުވަހު ޚާންގެ ކަނާތު ލޮލުގެ ފެނުމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ސަރުކާރުން އެ އަމުރާ ދެކޮޅު ހެދި ނަމަވެސް ބުރާސްފަތި ދުވަހު ބަދަލުކުރުމުގެ ތައްޔާރީތައް ފުރިހަމަކުރެވުނެވެ. ހޮސްޕިޓަލް ސަރަޙައްދުގައި އެތައް ސަތޭކަ ފުލުހުންނާއި ޕެރެމިލިޓަރީ ސިފައިން ރުކުރުވާލީ ސެކިއުރިޓީ ވަރުގަދަކުރުމުގެ ގޮތުންނެވެ.

ފެބްރުއަރީ މަހުން ފެށިގެން ދެ ފަހަރެއްގެ މަތިން އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކޮށްދިނުމަށް ހުށަހެޅި ނަމަވެސް ކޯޓުތަކުން ވަނީ އެ އެދުން ބޭރުކޮށްލައިފައެވެ. އެއް ފަހަރެއްގައި އިސްލާމްއާބާދު ހައި ކޯޓުން ނިންމީ ހޮސްޕިޓަލަށް ބަދަލުކުރުމުގެ ބަދަލުގައި މެޑިކަލް ބޯޑަކުން ހާލު ދެނެގަތުމަށެވެ.

އިމްރާން ޚާން 2022 ވަނަ އަހަރުގެ އެޕްރީލް މަހު މަޖިލީހުން ވޯޓެއް ނަގައިގެން މަގާމުން ވަކިކުރެވުނެވެ. ބޮޑުވަޒީރުކަމުގައި ހުންނެވިއިރު ލިބިވަޑައިގެންނެވި ދައުލަތުގެ ހަދިޔާތައް ވިއްކެވި ކަމުގެ ކުށުގައި 2023 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖަލުގައި ހުންނެވި އިރު ކުރީގެ ކްރިކެޓް ތަރީގެ މައްޗަށާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް އިތުރު އެތައް މައްސަލައެއްގައި ކުށް ސާބިތުވެފައިވެއެވެ. ޚާންގެ ޕާކިސްތާން ތެހެރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ބުނެފައި ވަނީ މި ދައުވާތަކަކީ ސިޔާސީ ބޭނުމެއްގައި ކުރާ ދައުވާތަކެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ