މިސްކިތުގައި ދެމީހަކު ސަލާމް ކުރަނީ
ދީން
21 Aug 2026 | 13:04
ރަސޫލާﷺ ދެކެ ލޯބިވުމަކީ އެކަލޭގެފާނު ދައްކަވައިދެއްވި އަޚުލާޤީ ރިވެތި މިންގަނޑުތަކަށް ތަބާވުން: ޚުތުބާ

މާތް ނަބިއްޔާ މުޙައްމަދު ﷺ ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެ އެކަލޭގެފާނުގެ މަތިވެރި ސުންނަތަށް ފުރިހަމައަށް ތަބާވުންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި މާތް الله ގެ ޙަޟުރަތުގައި ޤަބޫލުވެގެންވާ ހަމައެކަނި ދީނަކީ އިސްލާމްދީނެވެ. ނަބީކަމާއި ރަސޫލުކަމާއިގެން މުޙައްމަދު ﷺ ފޮނުއްވުމުގެ ކުރީގައި ދުނިޔެ އޮތީ ނުހަނު އަނދިރި ޒަމާނެއްގައި ކަމަށާއި މަދު ބައަކު ފިޔަވައި ބުދަށާއި ގަސްގަހާގެއްސަށާއި އަލިފާނަށާއި ހިލައަށް މީސްތަކުން އަޅުކަންކުރި ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ.

އެ ދުވަސްވަރު ވިޔަފާރި މުދަލެކޭ އެއްފަދައިން ބާޒާރުގައި އިންސާނުން ގަނެވިއްކުމާއި އަންހެން ދަރީން ދިރިތިއްބައި ވަޅުލުމާއި ރާބުއިމާއި ޖުވާކުޅުން ފަދަ މުންކަރާތްތައް ފެތުރިފައި އޮތް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. މި ފަދަ ދަށު ދަރަޖައަކަށް އިންސާނިއްޔަތު ވެއްޓިފައި ވަނިކޮށް މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވުމަށް ޓަކައި މާތް الله ފޮނުއްވި ރަސޫލުބޭކަލަކީ މުޙައްމަދު ﷺ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެކަލޭގެފާނަށް އީމާންވުމުގެ މާނަ ތަފްސީލުކޮށްދެމުން ޚުތުބާގައި ބުނެފައިވާ ގޮތުން އީމާންކަން ފުރިހަމަވާނީ އެ މީހެއްގެ އަމިއްލަ ނަފުސާއި މުދަލާއި އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ އެކަލޭގެފާނުގެ ސުންނަތަށް ނަޞްރު ދީގެންނެވެ. އެކަލޭގެފާނަށް ނަފުރަތުކުރުމާއި ކުޑައިމީސް ބަސް ބުނެ ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ ކަންކަން ކަމަށް ޚުތުބާގައި އިންޒާރު ދީފައިވެއެވެ.

ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ ކަމެއް ނޫން ކަމަށާއި ނަމަވެސް މާތް الله އެ ފަދަ ފުރައްސާރަވެރީން ނިކަމެތިކުރައްވައި އެކަލާނގެ ނަބިއްޔާއަށް ނަޞްރު ދެއްވި ކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ.

މާތް ނަބިއްޔާ ﷺ ދެކެ ލޯބިވާ މީހާ ޢިބާދާތާއި މުޢާމަލާތާއި އަޚުލާޤިއްޔާތުގައި ވެސް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލަންޖެހޭ ކަމަށް ޚުތުބާގައި ބާރު އަޅައިފައިވެއެވެ. ތެދުބަސް ބުނުމާއި ކެތްތެރިވުމާއި ޢަދުލުވެރިވުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިޙުތިރާމުކުރުމާއި މަޑުމޮޅިވުން ފަދަ ސިފަތަކުން ޒީނަތްތެރިވުމަށް ޚުތުބާގައި ގޮވައިލައިފައިވެއެވެ.

އެކަލޭގެފާނަށް ކިޔަމަންގަތުމާ ގުޅޭ ގޮތުން ޚުތުބާގައި ގެނެސްފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ: "ތިމަންކަލޭގެފާނުގެ އުންމަތުގެ އެންމެން ސުވަރުގެއަށް ވަންނާނެއެވެ. ދެކޮޅުހަދައިފި މީހާ މެނުވީއެވެ." އެ ހިނދު އަޞްޙާބުބޭކަލުން ދެކޮޅުހަދާނީ ކާކުތޯ ދެންނެވުމުން ޙަދީޘްކުރެއްވީ: "ތިމަންކަލޭގެފާނަށް ކިޔަމަންގެންފި މީހާ ސުވަރުގެއަށް ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ ދެކޮޅުހަދައިފިއެވެ."

ޚުތުބާ ނިންމައިލީ މާތް الله އަށް ތަޤުވާވެރިވެ ބިރުވެތިވުމަށާއި ކީރިތި ރަސޫލާ ﷺ އިސްލާމީ އުންމަތަށް ދޫކުރެއްވި ތަރިކަ ކަމުގައިވާ ކީރިތި ޤުރްއާނާއި ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށް ގޮވައިލަމުންނެވެ.

ކޮމެންޓް
kahzaaabu8
މީ އުޅެންވީ ގޮތަކީ
22 Aug 2026
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.