ޔާމީންއާ ނަޝީދު ތިނަދޫއަށް ވަޑައިގަތުން --
ހަބަރު
22 Aug 2026 | 02:29
ޔާމީންއާ ނަޝީދު ތިނަދޫއަށް، ރައްޔިތުންގެ ހޫނު މަރުހަބާއެއް

ގދ. ތިނަދޫ ގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުﷲ ޔާމީން އާއި މުޙައްމަދު ނަޝީދު އެ ސިޓީއަށް ވަޑައިގެންފި އެވެ.

މިރޭ އެ ދެ ބޭފުޅުން އެ ސިޓީއަށް ވަޑައިގަތުމުން ރަށުގެ ގިނަ ބަޔަކު ޖަމާވެ ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ޔާމީންއާ ނަޝީދު ވަނީ އެ ބޭފުޅުންނަށް މަރުހަބާ ކިޔަން ޖަމާވި ރައްޔިތުންނާއި ސަލާމް ކުރައްވާފަ އެވެ. އަދި ފޮޓޯ ނަންގަވާ ބައެއް އާންމުންގެ ވާހަކަތައް އަޑުއެއްސެވި އެވެ.

އެ ދެ ބޭފުޅުން ވަނީ އެ ސިޓީގެ ކައުންސިލުން ތަރައްގީ ކުރި ޖެޓީ ވެސް ހުޅުވައި ދެއްވާފަ އެވެ.

ޔާމީންއާ ނަޝީދު ތިނަދޫއަށް ވަޑައިގަތުން --

ތިނަދޫ ގައި އަލުން މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ހާއްސަ ޖަލްސާ އޮތީ މާދަމާ ރެ އެވެ.

މިރޭ އޮތް ހާއްސަ ޝޯ އެއް ދެ ރައީސުން ވަނީ ބައްލަވާލައްވާފަ އެވެ. 

ޔާމީންއާ ނަޝީދު ތިނަދޫއަށް ވަޑައިގަތުން --

އާބާދީ 60 ނަމުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީނާއި ރައީސް ނަޝީދުވެސް ވާހަކަފުޅު ދައްކަވާނެ އެވެ.

ޔާމީންއާ ނަޝީދު ތިނަދޫއަށް ވަޑައިގަތުން --

ރައީސް ޔާމީންގެ ޕީއެންއެފުން ބުނީ ތިނަދޫ ސިޓީއަށް ފަހު ރައީސް ޔާމީން ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.

މިއީ ރައީސް ޔާމީނާއި ރައީސް ނަޝީދު މިފަދަ ގޮތަކަށް އެކުއެކީ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ