ކުރީގެ ރައީސް ޔާމީން-
ހަބަރު
23 Aug 2026 | 09:02
ކައުންސިލްތަކުގެ ބިން ސަރުކާރަށް ނުދޭތި؛ އެފަދަ ތަންތަން ދޭންވީ އިންވެސްޓަރުންނަށް: ރައީސް ޔާމީން

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިހުތިސޯސްގެ ދަށުގައި ހުރި ބިންތައް ސަރުކާރާ ހަވާލުކުރުމަށް އެއްބަސްނުވެ އެ ބިންތައް ދިގު މުއްދަތަކަށް އިންވެސްޓަރުންނަށް ދޫކޮށްލުމަށް ކުރީގެ ރައީސް އަބްދުالله ޔާމީން ގޮވައިލައްވައިފިއެވެ. 

ކައުންސިލް ތަކުގެ ބިންތަކާއި ފަޅުތައް، ސަރުކާރުގެ ބޭނުމަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން މަޖިލީހުގެ އަމިއްލަ މެންބަރަކު ވަނީ ބިލެއް ހުށަހަޅުއްވާފައެވެ. 

ތިނަދޫ ދެވަނަ ފަހަރަށް އާބާދުވީތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި އެ ޖަލްސާގައި އެކަމަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހު މެދުވެރިކޮށް ސަރުކާރުން ކުރަމުންދާ ކަމަކީ ރައްޔިތުންގެ ބިން ފޭރުމެއް ކަމަށެވެ. އެ ކަމާ ދެކޮޅަށް ކައުންސިލްތަކުން ބަޔާންތައް ނެރެ އިހުތިޖާޖު ކުރުމަށް ހިތްވަރު ދެއްވައި އެއީ ޤައުމީ ފެންވަރުގެ ޖިހާދެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

"މި ރަށްރަށުން ތިބޭފުޅުންގެ އިހުތިސޯސްގެ ތެރެއިން ތިބޭފުޅުންގެ ބިން އަތުލާފައި ސަރުކާރުން ބޭނުން ކަމަކަށް ބިން އަތުލަން މި އުޅެނީ ކޮން ކަމެއްގައިކަން ވެސް ނޭނގެ. ނަގަނީ ކޮން ބޭނުމެއްގައިކަން ނޭނގެ. ބިން ނަގަންޏާ އެއީ މައްސަލައެއް" އެ މަނިކުފާނު ވިދާޅުވިއެވެ.

ބިން ސަރުކާރަށް ނެގުމާ ދެކޮޅު ހެއްދެވުމުގެ އިތުރުން ރަށްރަށުގައި ނުލިބި ހުރި ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި ބޭރުގެ ފަރާތްތައް ވެސް ހިމެނޭހެން އިންވެސްޓަރުންނަށް ބިން ހުޅުވައިލުމަށް ޔާމީން ބާރުއެޅުއްވިއެވެ. 

"އެ މީހުން މި ރަށުގައި ކުއަލިޓީ އެޑިއުކޭޝަން ދޭ ކޮލެޖެއް އެޅުމަށް ފަހު ރާއްޖެ ދޫކޮށް ދާއިރު ލަޖެގަށް އެ ތަން ލައިގެނެއް ނުދެވޭނެ. އެ ތަން ހުންނާނެ ދިގު މުއްދަތަކަށް ފަހު މި ރަށުގެ ރައްޔިތުންނަށް މި ރަށުގެ ތަރިކައެއްގެ ގޮތުގައި. އެމީހުން ގެނެސްގެން، އެމީހުންގެ ފައިސާ ބެނުންކޮށްގެމް އަދި އެމީހުންގެ ރިސޯސް ބޭނުންކޮށްގެން މި ތަނުގައި އިންވެސްޓްމަންޓް ހަދާ ނަމަ ދީލަތި ވާށޭ. ބިން ދިނުމުގައި، ބިމުގެ މުއްދަތުގައި، ބިމުގެ ޓެނެންސީ ރައިޓް ދިނުމުގައި ދީލަތިވާށޭ. އެމީހުން މަސައްކަތް ފެށުމަށްފަހު އިތުރު ހުރަސް ކުރިމަތި ނުކުރުވާށޭ" އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.