ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި
ހަބަރު
23 Aug 2026 | 12:08
ހަތަރު ރަށެއްގައި އަލަށް އާބާދުވި ސަރަހައްދުތަކަށް ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދީފި

ރާއްޖޭގެ ހަތަރު ރަށެއްގައި އަލަށް މީހުން ދިރިއުޅެން ފެށި ސަރަހައްދުތަކަށް ފެނަކައިން ކަރަންޓުގެ ޚިދުމަތް ގުޅައިދީފިއެވެ.

ކަރަންޓު ދިން ރަށްތަކުގެ ތެރޭގައި ހިމެނެނީ ލ. ފޮނަދޫ ހދ. ނޮޅިވަރަންފަރު ތ. ބުރުނި އަދި ތ. ތިމަރަފުށި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފޮނަދޫގެ އާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމައި 80 ގޭބިސީއަކަށް ޚިދުމަތް ލިބޭ ގޮތް ހަމަޖައްސާފައިވާ އިރު ބުރުނީގެ އާ ސަރަހައްދުގައި ހިމެނޭ 48 ގޭބިސީއަކަށް ވެސް މިހާރު ކަރަންޓު ލިބެއެވެ.

ނޮޅިވަރަންފަރާއި ތިމަރަފުށީގައި ހުރި 100 ހައުސިން ޔުނިޓަށް ބޭނުންވާ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ނިމިދިޔަ އަހަރުގެ ތެރޭގައި ވަނީ ނިމިފައެވެ. އެ ގޮތުން ނޮޅިވަރަންފަރުގައި 825 މީޓަރުގެ ލޯ ވޯލްޓޭޖް ކޭބަލް ވަޅުލައި 12 ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށްފައިވެއެވެ.

މީގެ އިތުރުން ރ. މާކުރަތާއި ރ. ވާދޫގެ އާ ސަރަހައްދުތަކަށް ކަރަންޓު ގެންދިއުމުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް ނިމިފައިވާ ކަމަށާއި ބާކީ ހުރި ކަންކަން ވީ އެންމެ އަވަހަކަށް ނިންމައި ދާއިމީ ޚިދުމަތް ދޭން ފެނަކައިން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ފެނަކައިން އަމާޒު ހިފާފައި ވަނީ އަލަށް އާބާދުވާ ރައްޔިތުންނަށް ދަތިކަމެއް ނެތި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.