މަންފާ ޤުރުއާން ކޭންޕްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖެއްސުން
ހަބަރު
23 Aug 2026 | 17:31
މަންފާ ޤުރުއާން ކޭންޕް؛ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ވޮއިސް

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ "މަންފާ" އިން ބާއްވާ ފުރަތަމަ ޤުރުއާން ކޭމްޕްގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ވޮއިސް އޮފީހުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފަ އެވެ. ވޮއިސްގެ ފަރާތުން ސޮއިކުރެއްވީ ވޮއިސްގެ ޗީފް އެޑިޓަރު ޝަފްރާޒް އަހްމަދު އެވެ. މަންފާގެ ފަރާތުން ސޮއިކުރެއްވީ މަންފާގެ ރައީސް އަލީ ރަމީޒެވެ.

"މަންފާ ޤުރުއާން ކޭމްޕް" އަކީ ކޮންމެ އަހަރަކު ރަށެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކޭމްޕެކެވެ. ފުރަތަމަ ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މަހިބަދޫގައި އޮގަސްޓް 26 އިން 28 އަށެވެ. އެހެން ކަމުން ކޭމްޕްގެ މުހިންމު ހަބަރުތަކާއި ހަރަކާތްތަކުގެ މައުލޫމާތާއި ފޮޓޯއާ ވީޑިއޯތައް ވޮއިސްއިން ގެނެސްދޭނެ އެވެ.

މި ފަހަރުގެ ކޭމްޕްގައި ރާއްޖޭގެ އެންމެ މަޝްހޫރު ޤާރީން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި;

* އަލްޤާރީ މުހައްމަދު ތައުފީޤް ޢަލީ

* އަލްޤާރީ އިބްރާހިމް ޝިފާއު

* އަލްޤާރީ އަހްމަދު ތައުފީޤް

* އަލްޤާރީ އަބްދުލް ވާހިދު

* އަލްޤާރީ އިބްރާހިމް ރަމްޒީ

* އަލްޤާރީ އަހްމަދު ލާޝީން

* އަލްޤާރީ މުހައްމަދު ޝިނާން މުނީރު

* އަލްޤާރީ މުޙައްމަދު ވަހީދު

* އަލްޤާރީ އަހްމަދު ރިޔާޒް 

* އަލްޤާރީ މުހައްމަދު ނަޢީމް އަހްމަދު ފިކުރީ

* އަލްޤާރީ އާދަމް ނަސީރު އަލީ

މަންފާ ޤުރުއާން ކޭމްޕްގައި ބައިވެރިވާ ޤާރީން --

މި ކޭމްޕާއި ގުޅޭގޮތުން ވޮއިސްއާ ވާހަކަ ދައްކަވަމުން ކޭމްޕް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހުންނެވި މަންފާ އެކަޑަމީގެ ނާއިބު ރައީސް އަލްޤާރީ މުހައްމަދު ތައުފީޤް ވިދާޅުވީ މިއީ ވަރަށް ތަފާތު ކޭމްޕެއް ކަމަށާ ތަފާތު އެތައް ހަރަކާތެއް މި ކޭމްޕްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޤުރުއާން ތިން މުބާރާތް

ޤާރީ ތައުފީޤު ވިދާޅުވީ "މަންފާ ޤުރުއާން ކޭމްޕް" ގައި ޤުރުއާން މުބާރާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިން މުބާރާތެއް ކުރިއަށް ގެންދާނެ އެވެ.

އެއް މުބާރާތަކީ މުޅި އދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މުބާރާތް ކުރިއަށް ގެންދާނީ ފަސް އުމުރުފުރައަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފަ އެވެ. އެކަމަށް ޚާއްސަ އެޕްލިކޭޝަން މެދުވެރިކޮށް މުބާރާތަށް ކިޔެވުން ފޮނުވޭނެ އެވެ.

މުބާރާތަށް ފޮނުވާ ކިޔެވުންތަކަށް ފަނޑިޔާރުން އިންސާފު ކުރުމަށް ފަހު ފައިނަލް ރައުންޑަށް 30 ބައިވެރީން ހޮވާނެ އެވެ. ފައިނަލް ބުރުގެ ކިޔެވުންތައް އޮންނާނީ މަހިބަދޫގަ އެވެ.

މީގެ އިތުރުން އުމުރުން 30 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން ވެސް ޤުރުއާން މުބާރާތެއް އޮންނާނެ އެވެ. މިއީ މަހިބަދޫގެ ރައްޔިތުންނަށް ޚާއްސަ މުބާރާތެކެވެ. އަދި އުމުރުން ހަ އަހަރުން ދަށުގެ ކުދީންނަށް ޚާއްސަ މުބާރާތެއް ވެސް ބާއްވަން ވަނީ ނިންމާފަ އެވެ.

ތަޢުފީޤު ވިދާޅުވި ގޮތުގައި މި މުބާރާތުގައި ބަލާނީ އެންމެ ރަނގަޅަށް އަކުރުކިޔޭ ކުދީންނާއި ކަނޑައެޅިފައިވާ ވަގުތުގައި އެންމެ ގިނަ ކަލިމަ ކިޔާ ދަރިވަރުންނެވެ. 

ތިން މުބާރާތަށްވެސް އިނާމް ހުށައަޅާފައިވާކަން ތަޢުފީޤު ފާހަގަ ކުރެއްވި އެވެ. އެގޮތުން:

* މުޅި މުބާރާތުން އެއްވަނަ - 25,000 ރުފިޔާ

* މުޅި މުބާރާތުން ދެވަނަ - 15,000 ރުފިޔާ

* މުޅި މުބާރާތުން ތިންވަނަ - 10,000 ރުފިޔާ

މަންފާ އިން ވަނީ "މަންފާ ޤުރުއާން ކޭމްޕް" ގައި ބައިވެރިވުމުގެ ފުރުސަތު އދ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް އޮތްކަން ފާހަގަކޮށް ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު ދީފަ އެވެ.

އެ ޖަމިއްޔާއިން ބުނީ "މަންފާ ޤުރުއާން ކޭމްޕް" ގެ ހަރަކާތްތަކުގައި ބައިވެރިވާ އެންމެންގެ މެދުގައި ހާއްސަ ގުރުއަތުލުމެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ޤުރުއާނަށް ޚާއްސަކޮށް މިފަދަ ހަރަކާތެއް މިހާ ފުޅާކޮށް ބާއްވާ ފުރަތަމަ ފަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ