ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް ފޯރަމުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 Aug 2026 | 18:05
ކުދި ޖަޒީރާ ޤައުމުތައް އީޖާދީ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ޑރ.މުއިއްޒު ގޮވާލައްވައިފި

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ އިޤުތިޞާދުތައް މޫސުމީ ނާޒުކުކަމުގެ ލޯގަނޑުން ބެލުމުގެ ބަދަލުގައި އީޖާދާއި ވިޔަފާރީގެ ފުރުޞަތުތަކެއްގެ ގޮތުގައި ދެކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މި ވާހަކަފުޅު ދެއްކެވީ އޮގަސްޓު 23 އިން 25 އަށް ރާއްޖޭގައި ކުރިއަށްގެންދާ ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވަރކް (ޖީބީއެން) ފޯރަމް ހުޅުއްވައިދެއްވަމުންނެވެ. އެ ރަސްމިއްޔާތުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި ވެށީގެ ނާޒުކުކަމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ވާހަކައިގެ އެންމެ ބާބެކެވެ. ބާކީ ބައިގައި އޮތީ ގޮންޖެހުންތައް އުފެއްދުންތެރިކަމަށް ބަދަލުކޮށް ހުރަސްތައް އީޖާދީ ޚިޔާލުތަކަށް ފުރޮޅައިލައި ޖަޒީރާތަކުގެ ދެމެދުގައިވާ ދުރުމިން ގާތްކަމަށް ބަދަލުކުރާ ހިންމަތްތެރިކަމުގެ ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕްރައިވެޓް ސެކްޓަރުގެ ދައުރަށް އަލިއަޅުއްވާ ލައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުދި ޖަޒީރާ ޤައުމުތަކުގެ ހިންމަތްތެރިކަން އެންމެ ބޮޑަށް ފެންނަނީ އެ ދާއިރާއިން ކަމަށެވެ. ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް (އެމްއެސްއެމްއީ) ވެފައިވަނީ ސަރުކާރުތަކުން ޙައްލު ހޯދަން ދަތިވާ ކަންކަމަށް ޢަމަލީ ޙައްލު ހޯދައިދޭ އިންޖީނުތަކަކަށް ކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ ކުދި ޖަޒީރާ ޤައުމުތަކުގެ ކުޑަކަމުންވެސް ފައިދާ ނެގިދާނެ ކަމަށާއި އެ ޤައުމުތައް ފަންނިއްޔާތާއި އީޖާދު ތަޙުލީލުކުރާ ލެބޯޓަރީތަކަކަށް ހެދިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސުމޭކު ގުޅުންތައް މިހާރު ހަމައެކަނި މުވާސަލާތުގެ ވަސީލަތެއް ނޫން ކަމަށާއި ވިޔަފާރިއާއި މާލީ ޚިދުމަތާއި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރަކަށް އެ ގުޅުންތައް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މޯލްޑިވްސް 2.0 ގެ އެޖެންޑާ މެދުވެރިކޮށް ޤައުމުގެ ޖޯގުރަފީ ގޮންޖެހުންތައް ނައްތައިލުމަށް ސުމޭކު ފަންނިއްޔާތު ރާއްޖޭގައި ބޭނުންކުރަމުންދާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޒުވާން ވިޔަފާރިވެރިންނާއި ސްޓާޓް-އަޕްތަކަށް ޚާއްޞަކޮށް އަންހެނުން އިސްވެ ކުރާ ވިޔަފާރިތަކަށް މާލީ އެހީ ފޯރުކޮށްދެމުންދާ ކަމަށާއި ޒަމާނާ އެއްގޮތަށް އިޞްލާޙުކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ޤާނޫނާއި 2027 ގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް އެކްސެލެރޭޝަން ޒޯނާ ބެހޭ ގޮތުންވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވައިލެއްވީ ކުދި ޖަޒީރާ ޤައުމުތަކުގެ އުންމީދީ ޚިޔާލުތައް ވިޔަފާރިއާއި މާލީ އެހީއާއި ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައެއްގެ ގޮތުގައި ޖީބީއެން ތަރައްޤީކުރުމަށް އދ. ގެ ޔޫއެން-އޯއެޗްއާރުއެލްއެލްއެސް އަށް ގޮވާލައްވަމުންނެވެ. މި ފޯރަމްގައި ސިޑްސް ތަމްސީލުކުރައްވާ ވަޒީރުންނާއި ސަރުކާރުތަކުގެ އިސް އޮފިޝަލުންނާއި ޑިޕްލޮމެޓުންގެ އިތުރުން ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ