ރައީސް މައުމޫން އިނގިރޭސި ދިވެހި ބަސްފޮތް ނެރެދެއްވަނީ...
ރިޕޯޓް
23 Aug 2026 | 20:43
ޑރ.ހަސަން ހަމީދުގެ އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް

ދިވެހި އިނގިރޭސި ބަސްފޮތް ލިޔުއްވައި އެކުލަވާލަމުން ގެންދިޔައިރު ފޮތާ ގުޅޭގޮތުން ޑރ.ހަސަން ހަމީދާ ވާހަކަދައްކާލުމުގެ ފުރުސަތު 2023 ވަނަ އަހަރު އަޅުގަނޑަށް ލިބުނެވެ. މިހާބޮޑު އަދި ކަވި މަސައްކަތެއް ކުރަން ހިތުލި ސަބަބާއި އަދި އޭރު މި މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުންނެވެ. އޭރު ބަސްފޮތް ތައްޔާރުކުރުމުގެ މަސައްކަތް އޮތީ މެދަކާ ހަމައަށްގޮސް، މުޅި މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމިފައެވެ.

މިފަދަ މުހިންމުކަންބޮޑު މަސައްކަތެއް ކުރައްވަން ނިންމެވި މައިގަނޑު ސަބަބު އެދުވަހު ޑރ. ހަސަން ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުންނާއި ދައުލަތުގެ މުއައްސަސާތަކުން ދިވެހިބަހަށްދޭ ބޭއަހްމިއްޔަތުކަމުން، ދިވެހިބަސް ކުރިއެރުވުމަށް ބަޔަކު ހިތްވަރާއެކު ނުނިކުމެއްޖެނަމަ، ދިވެހިބަސް، އަދި ދިވެހި ޤައުމިއްޔަތު ނެތިގެން ހިނގައިދާނެތީއެވެ.

މަސައްކަތުގެ ބާވަތުގެ ގޮތުން މިއީ ވަރަށް ކަވި އަދި ގިނަވަގުތުތަކެއް އެކަމަށް ދޭންޖެހޭ ކަމެކެވެ. ފޮތުގެ މުސައްނިފުގެ ވާހަކައިން އިނގުނީ އެކަނި މީހަކު މިކަމަށް ހުސްވެގެން ދުވާލަކު 8 ގަޑިއިރު މަސައްކަތް ކޮށްފިނަމަ، މައިގަނޑު އަކުރެއް ނިންމާލުމަށް ދެމަހެއްހާ ދުވަސް ނަގާނޭކަމެވެ. އެހެންކަމުން ހަމައެކަނި މިކަމަށް އެކަނި ބަލާލިނަމަވެސް މިކަމުގެ ބުރަކަން ވަޒަން ކުރެވެއެވެ. އެހެނީ ޑރ.ހަސަން ފާހަގަކުރެއްވި ބީދައިން ދުވާލަކު 8 ގަޑި އިރު ވަންދެން ޓައިޕްކުރާނަމަ، އިނގިލިތަކަށް ގެއްލުން ލިބޭނެއެވެ. އެހެންކަމުން އެއީވެސް ސަމާލުކަންދޭންޖެހޭ ވަރަށް މުހިންމު ކަމެކެވެ.

މީގެ އިތުރުން މިފަދަ މަސައްކަތެއް ކުރާ މީހަކީ އިލްމީ އަދި ފަންނީ ގޮތުންވެސް ނުހަނު ގާބިލް މީހަކަށް ވާން ޖެހެއެވެ. ޓައިޕްކުރުމުގެ އިތުރުން މިކަން ކުރާމީހަކު އެތައް އެތައް ކަމަކަށް ވިސްނަންޖެހެއެވެ. އެގޮތުން ދިވެހިބަސް ރަނގަޅަށް އެނގުމާއި އިނގިރޭސިބަހަށް ފާގަތިވާން ޖެހެއެވެ. ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި މިފަދަ މަސައްކަތެއް އެންމެ ރަނގަޅަށް ތަރުތީބުން ކުރެވޭނެ އެއް ބޭފުޅަކީވެސް ޑރ.ހަސަން ހަމީދެވެ. 

ދިވެހި ބަސްފޮތް ވުޖޫދަށް ގެނައުމަށް ޑރ.ހަސަން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުަރައްވާފައެވެ. މިކަން މުޅިން ނިންމާލުމަށް ޑރ.ހަސަން ވަނީ އެތައް އަހަރެއް ހޭދަކުރައްވާފައެވެ. އެހެންކަމުން މިކަމުންވެސް މި މަސައްކަތުގެ ކަވިކަމާއި ބުރަކަން ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. ވަޒަން ކުރެވެއެވެ.

ޑރ.ހަސަން ހަމީދުގެ އިނގިރޭސި ދިވެހި ބަސްފޮތުގައި ހިމެނޭ "އެލް" އަކުރުގެ ބައެއް...

އިނގިރޭސި ދިވެހި ބަސްފޮތް އެކުލަވާލާފައިވަނީ، ދިވެހި ބަސްފޮތުގައިވާ ހުރިހާ ލަފްޒެއް އިނގިރޭސި ލަފުޒުތަކާ ގުޅޭ ތަނުގައި ލިޔެ، އިހުގެ ބޯދާ އަދި ނާދިރު ދިވެހި ލަފުޒު ތައްވެސް ހިމަނައިގެންނެވެ. މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ.

" އަޅުގަނޑުގެ ގަސްދުކުރަނީ އިނގިރޭސި ދިވެހި ބަސްފޮތް އިންޓަރނެޓް މެދުވެރިކޮށް މީހުންނަށް ފެންނާނެ ގޮތް ހެދުން. ނަމަވެސް، ބަސް ދަސްކުރުމަށް އެންމެ މުހިއްމީ، ކަރުދާހުގައި ޗާޕުކޮށްފައި ހުންނަ ގަނޑު. ދެމެހެއްޓެވި އެއްޗެއްގެ ގޮތުގައި، ކުރިއަށް އޮތް ޖީލްތަކަށް ފޮތް އޮންނާނީ ޗާޕުކުރުމުން ކަމަށްވާތީ" ޑރ.ހަސަން ހަމީދު ވިދާޅުވިއެވެ.

ދިވެހި އިނގިރޭސި ބަސްފޮތް މިއަދު ރަސްމީކޮށް ތައާރަފްކޮށް ނެރެދެއްވީ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގެ އޮޑިޓޯރިއަމްގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމެވެ. މިފޮތް ނެރޭ ދުވަހު ވިއްކުމަށް ކަނޑައެޅި އަގަކީ 1،500 ރުފިޔާއެވެ. މި ފޮތުގައި 2.1 ކިލޯ ހުންނައިރު މިއީ ރާއްޖޭގައި މިހާތަނަށް ނެރުނު އެންމެ ބޮޑު ފޮތެވެ.

ކޮމެންޓް
Hassan
ތި ފޮތް ގަންނަން ލިބެނީ ކޮން ފިހާރަތަކަކުން؟
24 Aug 2026
ގުޅޭ ލިޔުންތައް
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
20 Sep 2026
ދަރިފުޅަށް އެހީވުމަށް ބެލެނިވެރިންނަށް ކުރެވޭނެ ކަންކަން
ދިވެހިރާއްޖޭގައި މިއަހަރުގެ އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު މިވަނީ ރަސްމީކޮށް ފެށިފައެވެ. މިއީ ހަމައެކަނި ދަރިވަރުންގެ އިމްތިހާނެއް ނޫނެވެ؛ މިއީ ބެލެނިވެރިންގެ ވެސް އިމްތިހާނެކެވެ. އިމްތިހާނުގެ މި ދުވަސްވަރަކީ ކިޔަވާ ކުދިންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިލާންޖެހޭ ދުވަސްވަރަކަށް ވާއިރު، މި ދަނޑިވަޅުގައި ބެލެނިވެރިންގެ ފަރާތުން ލިބޭ ލޯތްބާއި އެއްބާރުލުމަކީ ދަރިފުޅަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.
20 Sep 2026
"ވޯލްޑް ކްލީނަޕް ޑޭ 2026" ހަރަކާތުގެ ތެރެއިން 282 ކިލޯގެ ކުނި ނަގައިފި
"ސާފުމާދަމާއެއް" ގެ ނަމުގައި ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި ޒުވާނުންގެ ޖަމްޢިއްޔާތަކާއި ތިމާވެށީގެ ޖަމާޢަތްތަކުގެ އިތުރުން ޢާންމު ރައްޔިތުން ބައިވެރިވެފައިވެއެވެ. ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމުގެ އާދަ ފެތުރުމަކީ މި ހަރަކާތުގެ އެންމެ ބޮޑު އެއް ލަނޑުދަނޑިއެވެ.
20 Sep 2026
ގަމުގެ ރޭސިންގ މުބާރާތުގައި ސައިކަލެއް މޫދަށް ވެއްޓި ޒުވާނަކަށް ފަރުވާދެނީ
ލ. ގަމުގައި ބޭއްވި ރާސް ޗެމްޕިއަންޝިޕް ރޭސިންގ މުބާރާތުގައި ކޮންޓްރޯލުން ނެއްޓުނު ސައިކަލެއް މޫދަށް ވެއްޓި، ދުއްވަން އިން 20 އަހަރުގެ ޒުވާނާއަށް ގަމު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
20 Sep 2026
ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކުގެ ކުޑަކުދީންނަށް މި ޓެކްނޮލޮޖީގެ އަސާސީ ހުނަރުތައް ދަސްކޮށްދޭން ފަށައިފިއެވެ. ދިވެހިރާއްޖެއަށް ބަލާއިރު ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް ބޮޑެތި ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް ސާނަވީ މަރުހަލާގެ ކިޔެވުމުގެ ތެރެއަށް އޭއައި މާއްދާއެއް ރަސްމީކޮށް ހިމެނުމާ ހަމައަށް އަދި ވާޞިލެއް ނުވެވެއެވެ. މި ލިޔުމުގައި ބަލައިލާނީ ދުނިޔެ މިކަމުގައި ގޮސްފައިވާ ހިސާބާއި ރާއްޖެއިން މިހާތަނަށް އެޅި ފިޔަވަޅުތަކާއި ކުރިއަށް އޮތީ ކޮން ކަމެއްތޯއެވެ.