ޑޮލަރު
ހަބަރު
28 Aug 2026 | 12:53
”ބޭރު ފައިސާގެ ޤާނޫނު އިސްލާހުކުރި ނަމަވެސް ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް“

ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން  އިސްލާހު ކުރި ނަމަވެސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.

ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ބޭންކުތަކަށް މާރުކުރަން ލާޒިމުކުރާ ގޮތަށް މިދިޔަ ބުދަ ދުވަހު މަޖިލީހުން ފާސްކުރި އެ އިސްލާހަށް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާނެއެވެ. ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭ ގޮތަށް ބޭރު ފައިސާއިން އާމްދަނީ ހޯދާ ހުރިހާ ފަރާތަކަށް މި އިސްލާހު ހިނގާނެއެވެ.

އެ ބަދަލާއެކު ރިސޯޓު މުވައްޒަފުންގެ މުސާރަވެސް ޑޮލަރުގެ ބަދަލުގައި ދިވެހި ރުފިޔާއިން ދޭން ރިސޯޓުތަކުން ނިންމައިފާނެ ކަމުގެ އަޑުތައް އަންނަނީ ފެތުރެމުންނެވެ. 

އެ ކަންބޮޑުވުންތަކާ ގުޅިގެން އެމްއެމްއޭގެ އޮފިޝަލަކު ވަނީ ގާނޫނަށް ބަދަލު ގެނައި ނަމަވެސް ޑޮލަރުން މުސާރަދޭން ހުރަހެއް ނެތް ކަމަށެވެ.

 "ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނުގައި އޭރުވެސް އަދި މިހާރު ވެސް ޑޮލަރުން މުސާރަ ދިނުމަށް އެއްވެސް ހުރަހެއް ނެތް. ޒަމާނުއްސުރެ އުފެދިފައިވާ ބޮޑު ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުން ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ ޑޮލަރު ލިބުން ދަތިވުމާ ގުޅިގެން މަރުކަޒީ ބޭންކުން ވަނީ އެކަން ހައްލުކުރުމަށްޓަކައި ތަންފީޒީ ފިޔަވަޅުތަކެއް ފޮރެކްސް ގާނޫނުގެ ދަށުން އަޅާފަ" ކަމަށެވެ.

އެމްއެމްއޭގެ އޮފިޝަލް ހާމަކުރެއްވި ގޮތުގައި އެތެރޭގެ މުޢާމަލާތްތައް ރުފިޔާއަށް ބަދަލުކުރާނީ ބޭނުންވާ މެކްރޯ އިސްލާހުތައް ތަންފީޒުކޮށް އިޤުތިޞާދަށް އަންނަ ބަދަލުތައް ފުރިހަމައަށް ދިރާސާކުރުމަށް ފަހުއެވެ.

ގަވަރުނަރު އަހުމަދު މުނައްވަރު މިމަހުގެ 24 ވަނަ ދުވަހު ހާމަކުރެއްވި ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމާއި އިޤުތިޞާދުގައި ޑޮލަރު ބޭނުންކުރާ މިންވަރު މަދުކުރުމުގެ ދުރުރާސްތާ ތަސައްވުރެއް އެކުލަވައިލާފައި އޮތެވެ.

އެގޮތުން ވިދާޅުވީ ރާއްޖޭގައި ވިއްކާ ހުރިހާ މުދަލަކާއި ޚިދުމަތެއްގެ އަގު ރުފިޔާއިން ކަނޑައެޅުމަކީ މަރުކަޒީ ބޭންކުގެ އަމާޒެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަގުތައް އެއްކޮށް ރުފިޔާއަށް ބަދަލުކުރުމުގެ ކުރިން ސިޔާސަތުތަކާއި ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭކަމަށް ވިދާޅުވިއެވެ. އެގޮތުން ދައުލަތަށް ޑޮލަރުން ދައްކާ ޓެކްސްތަކާއި ފީތައް މުރާޖަޢާކޮށް ރުފިޔާއިން ބަލައިގަންނަ ގޮތް ހެދުމާއި ބޭރު ފައިސާއިން މުސާރަ ދެވޭ ގޮތަށް އޮތް އުސޫލުތައް ވެސް މުރާޖަޢާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Aug 2026
އެމްޑަބްލިޔުއެސްސީގެ އައު އޮޑިޓޯރިއަމް ހުޅުވައިފި؛ އެމްޑީގެ ޝުކުރު މުވައްޒަފުންނަށް
އެމްޑަބްލިޔުއެސްސީން ބުނީ، މި އައު އޮޑިޓޯރިއަމަކީ އެއްފަހަރާ 425 މީހުންނަށް އިށީނދެވޭނެ ޖާގައިގެ ތަނެއް ކަމަށެވެ. އަދި މިތަނުގައި ޚާއްޞަ ބޯޑްރޫމަކާއި، ކޭޓަރިންގ ފެސިލިޓީސްގެ އިތުރުން އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމުކޮށްފައިވާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
28 Aug 2026
މައިންބަފައިންނަށް އިހްސާންތެރިވުމަކީ ޢުމުރުގައި ބަރަކާތް ލެއްވޭ ކަމެއް
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މިސްކިތުގެ ޙުރުމަތް ހިފެހެއްޓުމާއި ވިޔަފާރީގައި ތެދުވެރިވުމާއި ނިކަމެތިންނަށް އެހީތެރިވުން ފަދަ ކަންކަމަށް ބާރު އަޅައި މުޖުތަމަޢު އިޞްލާޙުކުރުމުގެ ޒިންމާ އަދާކުރުމުގެ މައްޗަށެވެ.
28 Aug 2026
”ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް“
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން އިސްލާހު ކުރި ނަމަވެސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
28 Aug 2026
ފަލަސްޠީނުގެ ޙައްޤުތައް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމަށް ރާއްޖެއިން ގޮވާލައިފި
އިސްތިއުމާރީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރައްވައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުން ފަލަސްޠީނުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
28 Aug 2026
ސެޕްޓެމްބަރު މަހުގައި މުޅިރާއްޖޭގެ ހޫނުމިން އާއްމުކޮށް ހުންނަ ވަރަށްވުރެ މަތި ވާނެ
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ހޫނުމިންވެސް އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.
28 Aug 2026
ފުރާވަރުގެ ކުދިންނަށް ފޭސްބުކާއި އިންސްޓަގްރާމްގައި ގިނަ ލިމިޓްތަކެއް
މި އައު ޚިދުމަތްތަކުގެ ތެރެއިން ގިނަ ކަންކަން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޑިފޯލްޓްކޮށް ނުވަތަ އިޚްތިޔާރީ ފީޗާއެއްގެ ގޮތުގައި ފުރާވަރު ކުދިންނަށް ލިބެން ފަށާނެއެވެ. އެހެންނަމަވެސް، ޕްލެޓްފޯމް ބޭނުންކުރަނީ ކުޑަކުދިންތޯ ދެނެގަތުމަށް މެޓާއިން އަޅާ އައު ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.
27 Aug 2026
ގޭސް ލީކުވެ މީހަކު ނިޔާވި ހާދިސާ: ހާލު ދެރަވި ޒުވާނާ އަންނަނީ ރަނގަޅުވަމުން
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
27 Aug 2026
ޕާސްޕޯޓް ބުކްލެޓް ލިބުން ދަތިވުމުން އާ ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް ބަދަލެއް
ފުރަތަމަ ބަދަލަކީ ރާއްޖޭގައި ތިބެގެން މުއްދަތު ހަމަވެފައިވާ ޕާސްޕޯޓު އައުކުރަން ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ހެދުމުގެ ބަދަލުގައި ކުރީގެ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމެވެ