-
ދީން
28 Aug 2026 | 13:25
”މައިންބަފައިންނަށް އިހްސާންތެރިވުމަކީ ޢުމުރުގައި ބަރަކާތް ލެއްވޭ ކަމެއް؛ އެއީ ސުވަރުގެއަށް ވަނުމުގެ ދޮރެއް“

މައިންބަފައިންނަށް އިޙުސާންތެރިވުމަކީ الله ސުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް ކުރައްވާފައިވާ ވަޞިއްޔަތެއް ކަމާއި އެއީ ޢުމުރުގައި ބަރަކާތް ލެއްވޭ ސުވަރުގެއަށް ވަނުމުގެ ދޮރެއް ކަމުގައި ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މިސްކިތުގެ ޙުރުމަތް ހިފެހެއްޓުމާއި ވިޔަފާރީގައި ތެދުވެރިވުމާއި ނިކަމެތިންނަށް އެހީތެރިވުން ފަދަ ކަންކަމަށް ބާރު އަޅައި މުޖުތަމަޢު އިޞްލާޙުކުރުމުގެ ޒިންމާ އަދާކުރުމުގެ މައްޗަށެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހީންނަކީ ޒަމާނުއްސުރެ މާތް الله ގެ ދީން ޤަބޫލުކޮށް އަމާންކަމާއި އަޚުވަންތަކަމުގައި ދިރިއުޅެމުން އައި ބައެއް ކަމަށާއި ނަމަވެސް ފަހުގެ ތާރީޚުގައި އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން ކަންބޮޑުވާ ފަދަ ބޮޑެތި ބަދަލުތައް ފެންނަމުންދާ ކަމަށެވެ.

އެ ގޮތުން މައިންބަފައިންނަށް ނުކިޔަމަންތެރިވެ މުސްކުޅިވާ ދުވަހު އެ މީހުން އެކަނިވެރި ޙާލުގައި ދޫކޮށްލުމަކީ ފެތުރެމުންދާ ނޭދެވޭ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ الله ސުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް ކުރައްވާފައިވާ ވަޞިއްޔަތެއް ކަމާއި އެއީ ޢުމުރުގައި ބަރަކާތް ލެއްވޭ ސުވަރުގެއަށް ވަނުމުގެ ދޮރެއް ކަމުގައި ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެކެވެ. މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވަތެވެ.

މިކަން މިހެން އޮތް ހިނދު، މިކަން ހަނދާންނައްތައިލައި، މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅައިނުލައި، ދޫކޮށްލާ މީހުުން އުޅޭކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ހޮސްޕިޓަލުތަކުގައްޔާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުސްކުޅި ބަލީގައި އެކަނިވެރި ޙާލުގައި، މަންމަ ނުވަތަ ބައްޕަ ދޫކޮށް، އުފަލުގައި އަނބިދަރީންނާއެކު އުޅެމުންދާ އިންސާނާއެވެ! މަރުގެ ސަކަރާތުގެ ތެރެއަށް ތިބާ ވެއްޓޭ ހިނދު، ތިބާއަށް ސަލާމަތްވެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ. ވިސްނުން ބަދަލުކުރާށެވެ! ތިބާ ކުޑަކުޑައިރު، ނިދިނަގައިލައި، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށް ޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވާށެވެ! މި އަދު އެ ދެ މީހުން އެ ވަނީ މުސްކުޅިވެ ގައި ބާރު ދެރަވެފައެވެ. ތިބާގެ އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައެވެ.

މިސްކިތުގެ ޙުރުމަތް ކެނޑެމުންދާ ކަމުގެ ކަންބޮޑުވުން ވެސް ޚުޠުބާގައި ފާޅުކޮށްފައިވެއެވެ. ނަމާދުކޮށް ނިމިގެން މިސްކިތް ދޮށުގައި ތިބެ ޣީބަ ބުނުމާއި ނެތިމޮށުމާއި ޒުވާބުކުރުމާއި ދޮގު ފެތުރުން ފަދަ ޢަމަލުތައް ކުރާ ބަޔަކު ތިބި ކަމަށާއި އެ ފަދަ މީހުން ނަމާދުން ލިބުނު ޘަވާބާއި ދަރުމަ އަމިއްލައަށް ނަގައިލާ ކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ ވިޔަފާރީގައި މަކަރާއި ޙީލަތް ހެދުމާއި ޒަކާތް ނުދައްކައި މުދާ ޚަޒާނާ ކުރުމާއި ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅުން ބިނާކުރާ ފަރާތްތައް މުޖުތަމަޢުގައި ތިބި ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުން ޙަރާމް އެއްޗެއް ކައިގެން ހެދިބޮޑުވާ ހަށިގަނޑަކީ ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެއް ކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކާ މެދު ޢަމަލު ބެހެއްޓުމާ ގުޅޭ ގޮތުން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅެއްގެ މާނަ ޚުޠުބާގައި ގެނެސްދީފައިވެއެވެ.

"ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ! އެކަކު އަނެކަކު ދެކެ ރުޅިނާންނާށެވެ! އެކަކު އަނެކަކަށް ފުރަގަސްނުދޭށެވެ! އލލހގެ އަޅުންގެ ގޮތުގައި އަޚުންތަކެއްކަމުގައި ތިޔަބައިމީހުން ވާށެވެ! އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ! ފަހެ އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ އޭނާގެ އަޚާއަށް ނަޞްރުވެރިވެ އަޅާނުލައި ދޫކޮށެއް ވެސް ނުލާނެއެވެ. އޭނާ އޭނާގެ އަޚާ ނިކަމެއްޗެއް ވެސް ނުކުރާނެއެވެ. އެއް މުސްލިމެއްގެ ލެއާއި (އެބަހީ: ފުރާނައާއި) މުދަލާއި އަބުރު އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވެއެވެ."

ޚުޠުބާގައި ވަނީ ކުޑަކުދީންގެ ހިޔާތަކުގައި ތިބި ޔަތީމު ކުދީންނާއި ބެލެނިވެރީންގެ އެހީތެރިކަން ނުލިބޭ ކުދީންނާއި ލޭ އަޅާ ކުދީން ފަދަ ނިކަމެތި ހާލުގައި ތިބި ފަރާތްތަކަށް އޯގާތެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ގޮވައިލައިފައެވެ. ދެ އަހަރުން ދަށުގެ ތުއްތު ކުދީން ވެސް އެ މަރުކަޒުތަކުގައި ތިބި ކަން ފާހަގަކޮށް އެ ކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނުމަކީ ވަރަށް މަތިވެރި ޘަވާބާއި ދަރުމަ ހުރި ޢަމަލެއް ކަމަށް ބުނެފައިވެއެވެ.

މާތް الله ނުރުއްސަވާ ކަންކަން ގިނަވެ ފާޙިޝް ޢަމަލުތައް ޢާންމުވެއްޖެ ނަމަ މުޖުތަމަޢު ފަސާދަވެ ފަނާވެ ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ޚުޠުބާގައި ދީފައިވެއެވެ. އެ ހުރިހާ ކަމެއް ޙައްލުކުރެވޭނީ ކޮންމެ ފަރުދެއް ވެސް އަމިއްލަ ޢަމަލުތައް ސީދާކޮށް މުޅި މުޖުތަމަޢު ރައްކާތެރިކުރުމުގެ ވާޖިބު އަދާކޮށްގެން ކަމަށް ޚުޠުބާގައި ބާރު އަޅައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Aug 2026
އެމްޑަބްލިޔުއެސްސީގެ އައު އޮޑިޓޯރިއަމް ހުޅުވައިފި؛ އެމްޑީގެ ޝުކުރު މުވައްޒަފުންނަށް
އެމްޑަބްލިޔުއެސްސީން ބުނީ، މި އައު އޮޑިޓޯރިއަމަކީ އެއްފަހަރާ 425 މީހުންނަށް އިށީނދެވޭނެ ޖާގައިގެ ތަނެއް ކަމަށެވެ. އަދި މިތަނުގައި ޚާއްޞަ ބޯޑްރޫމަކާއި، ކޭޓަރިންގ ފެސިލިޓީސްގެ އިތުރުން އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމުކޮށްފައިވާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
28 Aug 2026
މައިންބަފައިންނަށް އިހްސާންތެރިވުމަކީ ޢުމުރުގައި ބަރަކާތް ލެއްވޭ ކަމެއް
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މިސްކިތުގެ ޙުރުމަތް ހިފެހެއްޓުމާއި ވިޔަފާރީގައި ތެދުވެރިވުމާއި ނިކަމެތިންނަށް އެހީތެރިވުން ފަދަ ކަންކަމަށް ބާރު އަޅައި މުޖުތަމަޢު އިޞްލާޙުކުރުމުގެ ޒިންމާ އަދާކުރުމުގެ މައްޗަށެވެ.
28 Aug 2026
”ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް“
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން އިސްލާހު ކުރި ނަމަވެސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
28 Aug 2026
ފަލަސްޠީނުގެ ޙައްޤުތައް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމަށް ރާއްޖެއިން ގޮވާލައިފި
އިސްތިއުމާރީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރައްވައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުން ފަލަސްޠީނުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
28 Aug 2026
ސެޕްޓެމްބަރު މަހުގައި މުޅިރާއްޖޭގެ ހޫނުމިން އާއްމުކޮށް ހުންނަ ވަރަށްވުރެ މަތި ވާނެ
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ހޫނުމިންވެސް އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.
28 Aug 2026
ފުރާވަރުގެ ކުދިންނަށް ފޭސްބުކާއި އިންސްޓަގްރާމްގައި ގިނަ ލިމިޓްތަކެއް
މި އައު ޚިދުމަތްތަކުގެ ތެރެއިން ގިނަ ކަންކަން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޑިފޯލްޓްކޮށް ނުވަތަ އިޚްތިޔާރީ ފީޗާއެއްގެ ގޮތުގައި ފުރާވަރު ކުދިންނަށް ލިބެން ފަށާނެއެވެ. އެހެންނަމަވެސް، ޕްލެޓްފޯމް ބޭނުންކުރަނީ ކުޑަކުދިންތޯ ދެނެގަތުމަށް މެޓާއިން އަޅާ އައު ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.
27 Aug 2026
ގޭސް ލީކުވެ މީހަކު ނިޔާވި ހާދިސާ: ހާލު ދެރަވި ޒުވާނާ އަންނަނީ ރަނގަޅުވަމުން
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
27 Aug 2026
ޕާސްޕޯޓް ބުކްލެޓް ލިބުން ދަތިވުމުން އާ ޕާސްޕޯޓް ދޫކުރުމުގެ އުސޫލަށް ބަދަލެއް
ފުރަތަމަ ބަދަލަކީ ރާއްޖޭގައި ތިބެގެން މުއްދަތު ހަމަވެފައިވާ ޕާސްޕޯޓު އައުކުރަން ހުށަހަޅާ ފަރާތްތަކަށް އައު ޕާސްޕޯޓެއް ހެދުމުގެ ބަދަލުގައި ކުރީގެ ޕާސްޕޯޓުގެ މުއްދަތު 2027 ޖޫން 30 ގެ ނިޔަލަށް އިތުރުކޮށްދިނުމެވެ