ވެނެޒުއެލާގެ ތެއޮނަގާ ކާރުހާނާއެއް.. ފޮޓޯ: ޓެލެގްރާފް
ދުނިޔެ
29 Aug 2026 | 15:07
ވެނެޒުއޭލާގެ 65 ބިލިއަން ފީފާ ތެލުގެ ކޮންޓްރޯލް އެމެރިކާއަށް ލިބޭ އެއްބަސްވުމެއް ހަދައިފި

ވެނެޒުއޭލާގެ ރަސްމީ ތެލުގެ ރިޒާވުން 65 ބިލިއަނަށް ވުރެ ގިނަ ފީފާގެ މެޖޯރިޓީ ކޮންޓްރޯލް އެމެރިކާއަށް ލިބޭ ގޮތަށް ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުމެއް ޤާއިމުކޮށްފައިވާކަން ޑޮނަލްޑް ޓްރަމްޕް އިޢުލާންކޮށްފިއެވެ.

ޓްރޫތް ސޯޝަލް މެދުވެރިކޮށް ޓްރަމްޕް ވިދާޅުވީ މި މުޢާމަލާތުގެ ސަބަބުން އެމެރިކާގެ ތެލުގެ ރިޒާވް ދެ ގުނައަށް ވުރެ އިތުރުވެ ރައްޔިތުންނަށް ތެލުގެ އަގު ބޮޑުތަނުން ހެޔޮވާނެ ކަމަށެވެ. މި އެއްބަސްވުމަކީ ދުނިޔޭގެ ތާރީޚުގައި ވެސް ކަނޑައެޅޭ އެންމެ ބޮޑު ތެލުގެ މުޢާމަލާތް ކަމަށް އޭނާ ސިފަކޮށްފައިވެއެވެ. ހަފުތާތަކެއް ވަންދެން ކުރެވުނު މަޝްވަރާތަކަށް ފަހު ޢިއުލާންކުރި މި އެއްބަސްވުމުގައި އެމެރިކާގެ ކުންފުނިތަކަށް ވެނެޒުއޭލާގެ ތެޔޮ ވަޅުތަކުން ދިގު މުއްދަތަކަށް ތެޔޮ ނެގުމުގެ ފުރުޞަތު ހިމެނެއެވެ.

"ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒްއާ ގުޅިގެން ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ސެކްރެޓަރީ އޮފް ވާރ ޕީޓް ހެގްސެތް، އަޅުގަނޑުގެ އިރުޝާދުގެ ދަށުން ކުރެއްވި މަސައްކަތުން އަމިއްލަ ވިޔަފާރިތަކާއެކު އޮތް ބައިވެރިވުމެއްގެ ތެރެއިން ވެނެޒުއޭލާގެ 65 ބިލިއަނަށްވުރެ ގިނަ ފީފާގެ ތެލުގެ ރިޒާވްގެ މެޖޯރިޓީ ކޮންޓްރޯލް އެމެރިކާއަށް ވަނީ ކަށަވަރުކޮށްދީފައި. މީގެ ސަބަބުން އެމެރިކާގެ ޓެކްސް ދައްކާ ރައްޔިތުންގެ އަތުން އެއްވެސް ޚަރަދެއް ނުދާނެ" ޓްރަމްޕް ލިޔެފައިވެއެވެ.

ވެނެޒުއޭލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ވެސް މި އެއްބަސްވުމަށް މަރުޙަބާ ކިޔާފައިވެއެވެ. މި މުޢާމަލާތުން ވެނެޒުއޭލާގެ ދައުލަތުގެ ޚަޒާނާއަށް 209 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވެއެވެ. ހަމައެއާ އެކު އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ބުނީ މި އެއްބަސްވުމުން ދެ ފަރާތަށް ވެސް ކާމިޔާބީ ލިބޭ ކަމަށާއި އެމެރިކާއަށް ދާއިމީ ގޮތެއްގައި އަގުހެޔޮކޮށް ތެޔޮ ލިބި ޕެޓްރޯލްގެ އަގު ދަށްކުރެވޭނެ ކަމަށެވެ. ވެނެޒުއޭލާއަށް ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރުގެ އަމިއްލަ އިންވެސްޓްމަންޓު ލިބި މަތީ އާމްދަނީ ލިބޭ އެތައް ހާސް ވަޒީފާއެއް އުފެދޭނެ ކަމަށް ވެސް ރޫބިއޯ ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގައި އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ވެނެޒުއޭލާގައި އިންވެސްޓްމަންޓް މަދުވުމާއި ނުރަނގަޅު ހިންގުމާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި މިހާރު ދުވާލަކު އުފެއްދެނީ 1.25 މިލިއަން ފީފާ ތެލެވެ. ނަމަވެސް ތެލުގެ ސިނާޢަތު ދައުލަތުގެ ބާރުގެ ދަށުގައި އޮންނަންވާނެ ކަމަށް ބުނާ ވެނެޒުއޭލާގެ ޤާނޫނީ އަދި ދުސްތޫރީ ގޮންޖެހުންތައް މި އެއްބަސްވުމަށް ކުރިމަތިވެދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެއްބަސްވުމުގައި ހިމެނޭ ވަކިވަކި ވަޅުތަކާއި ކުންފުނިތަކުގެ ތަފުސީލެއް ޓްރަމްޕް ހާމަކޮށްފައި ނުވާ އިރު ވެނެޒުއޭލާގެ އޮފިޝަލުން ތައްޔާރުވަމުން ދަނީ އަންނަ ހަފުތާގައި އެމެރިކާގެ ކުންފުނިތަކަށް ތެޔޮ ހޯދުމާއި އުފެއްދުމުގެ އައު ހުއްދަ ދޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Aug 2026
ކާރަކުން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުން: ދެ މީހަކަށް އަނިޔާ، ޑްރައިވަރު ހުރީ މަސްތުވެގެން
29 Aug 2026
މިރޭ ހިނގި އެކްސިޑެންޓް: އަނިޔާވީ ނުވަ އަހަރުގެ ކުއްޖަކަށް، ހާލު ސީރިއަސް
ހުޅުމާލެ ވިނަރެސް ޓަވަރުތައް ހުންނަ ސަރަހައްދުގައި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ.
29 Aug 2026
ވިނަރެސް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް
ކުއްޖާ ވެއްޓިފައި އޮތްއިރު އެ ކުއްޖާގެ ހަރަކާތެއް ނެތްކަމަށެވެ.
29 Aug 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް ވޮލީ މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ރަށަކުން ވާދަކުރެއެވެ. އެ ރަށްތަކަކީ މުރައިދޫގެ އިތުރުން ކެލާ، ހަނިމާދޫ، ވަށަފަރު، ފިނޭ، ފިއްލަދޫ، ދިއްދޫ، ކުޅުދުއްފުށި، ނޮޅިވަރަމް އަދި ބާރަށެވެ.
29 Aug 2026
ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސާ ފިލި މީހާގެ ވަނަވަރު އާންމުކޮށްފި
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތަށް ގދ. ފަރެސްމާތޮޑާ، ހަތި އުމުރުން 23 އަހަރުގެ ސާއީން އަބްދުލްގައްޔޫމް ހައްޔަރުކޮށްފައިވާ ކަމަށެވެ
29 Aug 2026
ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯ ނިއުރޯ އަދި ޔޫރޮލޮޖީގެ ޚިދުމަތް ފަށައިފި
އައިޖީއެމްއެޗަށް ކުރިމަތިވެފައިވާ ބާރުބޮޑުކަން ލުއިކުރުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލޮޖީގެ ޚިދުމަތް ވަޒީރު ޤީލާ މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.
29 Aug 2026
އަލްޙާފިޡު އަނަސް ބުން މުޢާޛަށް ހޫނު މަރުޙަބާއެއް
ދ. ކުޑަހުވަދޫގައި ހުރެގެން ކީރިތި ޤުރްއާން އެއްކޮށް ޙިފްޡުކޮށް ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފްޡު ކޮމެޓީއަށް ކިޔައިދީ އެއްވަނަ ދަރަޖައިގައި ފާސްވެ ސަނަދު ޙާޞިލުކުރި ފުރަތަމަ ދަރިވަރު އަލްޙާފިޡު އަނަސް ބުން މުޢާޛަށް އެ ރަށުގެ ރައްޔިތުން މިއަދު ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
29 Aug 2026
ވެނެޒުއޭލާގެ 65 ބިލިއަން ފީފާ ތެލުގެ ކޮންޓްރޯލް އެމެރިކާއަށް ލިބޭ އެއްބަސްވުމެއް
ދައުލަތުގެ ބާރުގެ ދަށުގައި އޮންނަންވާނެ ކަމަށް ބުނާ ވެނެޒުއޭލާގެ ޤާނޫނީ އަދި ދުސްތޫރީ ގޮންޖެހުންތައް މި އެއްބަސްވުމަށް ކުރިމަތިވެދާނެ ކަމަށް ވަނީ ބެލެވިފައެވެ