ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯ ނިއުރޯ އަދި ޔޫރޮލޮޖީގެ ޚިދުމަތް ފަށުން- ފޮޓޯ: ހެލްތް މިނިސްޓްރީ
ހަބަރު
29 Aug 2026 | 17:05
ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯ ނިއުރޯ އަދި ޔޫރޮލޮޖީގެ ޚިދުމަތް ފަށައިފި

ސިއްޙަތާއި އާޢިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯ ނިއުރޯ އަދި ޔޫރޮލޮޖީގެ ޚިދުމަތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

މި ތިން ޚިދުމަތް އިފުތިތާޙުކުރެއްވުމުގެ ތެރެއިން ވަޒީރު ވަނީ އެ ހޮސްޕިޓަލުގެ ނިއުރޯ ސައިންސް ޔުނިޓް ހުޅުވައިދެއްވައިފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ޤީލާ ވިދާޅުވީ މި ޚިދުމަތްތައް ބައެއް އަތޮޅު ހޮސްޕިޓަލްތަކުގައި މިހާރުވެސް ލިބެން ހުރި ނަމަވެސް ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތްތައް ޤާއިމުކުރެއްވީ އައިޖީއެމްއެޗަށް ކުރިމަތިވެފައިވާ ބާރުބޮޑުކަން ލުއިކުރެއްވުމުގެ ބޭނުމުގައި ކަމަށެވެ.

ވެއިޓްލިސްޓުގައި ގިނަ ޢަދަދެއްގެ ބަޔަކު މިވަގުތުވެސް ތިބިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ ލިސްޓު ކުޑަކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިއުން މަދުކުރެއްވުމަކީ އަމާޒެއް ކަމަށެވެ.

"މިހާރުވެސް ގިނަ އަދަދެއްގެ ބަޔަކު އަހަރެއްގެ މައްޗަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދަތުރުކުރޭ. އުންމީދުކުރަނީ އެކަން މިއަށް ވުރެ ފަސޭހަކަމާއެކު ރާއްޖޭގައި ތިބެގެން ފޯރުކޮށްދިނުން. ރައީސްގެ އަމާޒަކީ މިފަދަ ސްޕަޝަލިސްޓް ޚިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ޤާއިމްކޮށް ރައްޔިތުންނަށް ފަސޭހަތައް ފޯރުކޮށްދިނުން" 

ވަޒީރު ޤީލާ ވިދާޅުވިއެވެ.

މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި މީގެ ކުރިން މި ޚިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުން ދާން ޖެހެނީ އައިޖީއެމްއެޗް ނުވަތަ ދަރުމަވަންތައް ހޮސްޕިޓަލަށެވެ. ނިއުރޮލޮޖީ ޚިދުމަތުގެ ތެރެއިން ކޮންސަލްޓޭޝަނާއި އީއީޖީ ލިބޭނެ ކަމަށާއި ޔޫރޮލޮޖީގެ ކޮންސަލްޓޭޝަނާއި ޓެސްޓުތައް ހެދޭނެ ކަމަށާއި ގެސްޓްރޯއެންޓޮލޮޖީގެ ކޮންސަލްޓޭޝަން ފެށިފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ. ކައިރި މުސްތަޤުބަލެއްގައި ގެސްޓްރޯ ދާއިރާއިން އެންޑޮސްކޮޕީ އަދި ކޮލޮނޮސްކޮޕީގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަކީ ޕްލޭނެއް ކަމަށްވެސް އެ ބޭފުޅާ ވިދާޅުވިއެވެ.

ނިއުރޯ ސައިންސް ޔުނިޓުގެ އީއީޖީ ޚިދުމަތް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ލިބެން ހުންނައިރު މެންދުރު ދޭއް ޖެހުމާ ހަމައަށް ނަން ނޯޓުކުރެވޭނެއެވެ. އިމަޖެންސީ ޙާލަތްތަކުގައި ކޮންމެ ވަގުތެއްގައިވެސް އެ ޚިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ޒަމާނީ ހަތަރު އޮޕަރޭޓިން ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސްއެއް ޤާއިމުކޮށް 10 އެނދުގެ އައިސީޔޫއެއް ހުޅުވައި 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއާ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ވަނީ ތަރައްޤީކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.