ރައީސް މުޢިއްޒު އާއި ޗައިނާ ސަފީރު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
30 Aug 2026 | 09:35
ސިނަމާލެ ބްރިޖަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން؛ އެއީ ދެ ޤައުމުގެ އިތުބާރާއި އެކުވެރިކަމުގެ ދެމިއޮންނާނެ ރަމްޒެއް: ޗައިނާ ސަފީރު

މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) އަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައިވާ އިތުބާރާއި އެކުވެރިކަމުގެ ތެރެއިން ހާސިލުކުރެވޭނެ ކަންކަމުގެ ދެމިއޮންނާނެ ރަމްޒެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބްރިޖަށް 8 އަހަރު ފުރުމާ ގުޅިގެން ރައީސް ޑރ މުހައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓް ރީޕޯސްޓް ކުރައްވައި ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، ސިނަމާލެ ބްރިޖަކީ ޗައިނާގެ "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު ފްލެގްޝިޕް މަޝްރޫޢެއް ކަމަށެވެ. އަދި މި ބްރިޖަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމާއި ތަރައްޤީއަށް ކުރާ އުންމީދުތަކުގެ ވަރުގަދަ ހެއްކެއްގެ ގޮތުގައި ސަފީރު ސިފަކުރެއްވިއެވެ.

ސަފީރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި ޗައިނާ އާއި ރާއްޖެއިން ވަނީ އެއް ޤައުމު އަނެއް ޤައުމަށް އިޙްތިރާމްކޮށް، ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް އެއްބާރުލުން ދީފައެވެ. އަދި މިއީ ޤައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ހަމަހަމަކަމާއި ދެފަރާތަށް ފައިދާވާނެ ގޮތަށް ގުޅުން ބަދަހިކުރުމުގެ ފުރިހަމަ ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ދެ ޤައުމުގެ އިސް ވެރިންގެ ޙިކުމަތްތެރި އިރުޝާދުގެ ދަށުން، ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ބަދަލުތަކާއެކު ވެސް ޗައިނާ-ރާއްޖޭގެ ގުޅުން ވަރުގަދަކަން ސާބިތުކޮށްދީ، ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

ބްރިޖަށް 8 އަހަރު ފުރުން ފާހަގަކުރައްވަމުން ސަފީރު އެދިވަޑައިގަތީ، މި ބްރިޖަކީ ހަމައެކަނި ރަށްތައް ގުޅުވައިދޭ ފާލަމަކަށް ނުވެ، ދެ ޤައުމުގެ ރައްޔިތުންގެ ހިތްތަކާއި، އައު ފުރުޞަތުތަކާއި، މުސްތަޤްބަލް ގުޅުވައިދޭ ވަސީލަތެއްގެ ގޮތުގައި އަބަދުވެސް ދެމިއޮތުމަށެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް މަސައްކަތް ކުރުމަށް ސަފީރު ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Aug 2026
އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވާން އެދިއްޖެ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން އަލުން ފޯމު ހުށަހެޅުމަށް (ރީ-ރަޖިސްޓަރީ ވުމަށް) އެ އެޖެންސީން ހުޅުވާލައިފިއެވެ.
30 Aug 2026
އެމްއޭސީއެލުން އެއާޕޯޓުގެ ފަންނީ ދާއިރާތައް ކުދިންނަށް ދައްކާލައިފި
އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލުން ހަތް ދާއިރާއެއްގެ ފަންނީ މަސައްކަތް ދައްކާލައި، އިންޖިނިއަރިންއަށް ކުދިންގެ ޝައުޤު އުފެއްދުމަށް މަސައްކަތްކޮށްފައިވެއެވެ.
30 Aug 2026
ސިނަމާލެ ބްރިޖަކީ ދެ ޤައުމުގެ އިތުބާރާއި އެކުވެރިކަމުގެ ދެމިއޮންނާނެ ރަމްޒެއް
މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) އަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައިވާ އިތުބާރާއި އެކުވެރިކަމުގެ ތެރެއިން ހާސިލުކުރެވޭނެ ކަންކަމުގެ ދެމިއޮންނާނެ ރަމްޒެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.
30 Aug 2026
ސިނަމާލެ ބްރިޖަށް 8 އަހަރު؛ މި ބްރިޖަކީ އިތުބާރާއި އުންމީދުތަކުގެ ރަމްޒެއް
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދާއިމީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ މެދުގައި އޮތް ބައިވެރިވުން އިތުރަށް ވަރުގަދަކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2026
ފުރަތަމަ ދެ މެޗުގައި ރޯޑްއެސްއެސްއޭ އާއި ސްޓެލްކޯ ކޭ-38އަށް މޮޅެއް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ސްޓެލްކޯ މަހިބަދޫ އިންޖީނުގޭގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް" ފޯރިއާއެކު ފަށައިފިއެވެ.
30 Aug 2026
ހުރިހާވެސް މައްސަލައަކީ މަގުމަތީގެ ޤަވާއިދުތަކަށް އިހުމާލު ވުމެވެ
މަގުތައް މަތީ ކިތަންމެ ވަރަކަށްވެސް ސްޕީޑް ބްރޭކަރު ހަރުކުރެވިދާނެއެވެ. އަދި ކެމެރާތަކާއި ފުލުހުންވެސް މަގުތަކަށް ނެރެވިދާނެއެވެ. އެކަމު ހަގީގީ މާނާގައި މަގުމަތީގެ އަމާންކަން ގާއިމްކުރުމުގެ ބާރު އޮތީ އަޅުގަނޑުމެންގެ އަމިއްލަ އަތްމަތީގައެވެ
29 Aug 2026
ކާރަކުން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުން: ދެ މީހަކަށް އަނިޔާ، ޑްރައިވަރު ހުރީ މަސްތުވެގެން
29 Aug 2026
މިރޭ ހިނގި އެކްސިޑެންޓް: އަނިޔާވީ ނުވަ އަހަރުގެ ކުއްޖަކަށް، ހާލު ސީރިއަސް
ހުޅުމާލެ ވިނަރެސް ޓަވަރުތައް ހުންނަ ސަރަހައްދުގައި މިރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ.