ބްރިޖްމަތީގައި އުސޫލާ ހިލާފަށް ސައިކަލް ދުއްވާ ވީޑިއޯގެ ސްކްރީން ޝޮޓެއް
ހަބަރު
30 Aug 2026 | 20:18
ސިނަމާލެ ބްރިޖްމަތީގައި އަނެއްކާވެސް ބިރުވެރިކަން އުފެދޭގޮތަށް ސައިކަލް ދުއްވި މައްސަލައެއް

ސިނަމާލެ ބްރިޖްމަތީގައި އަނެއްކާވެސް އާންމުންގެ ހިތްތަކަށް ބިރުވެރިކަން އުފެދޭގޮތަށް ސައިކަލް ދުއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލްގައި އިންމީހާ ވަނީ އެއް އަތް ދޫކޮށްލައިގެން އަދި އެއް ފަރާތަށް ދެފައި ލައިގެން ސައިކަލް ދުއްވާފައެވެ. މަގުތަކުގައި އެގޮތަށް ސައިކަލް ދުއްވުމަކީ މަގުމަތީގައި އެއްގަމު އުޅަނދު ދުއްވުމާ މުޅިން ހިލާފް ކަމެކެވެ. ސަބަބަކީ މަގުމަތީގައި އުޅަނދު ދުއްވަން ވާނީ ކޮންމެ ފަދަ ވަގުތެއްގައިވެސް އެ އުޅަނދެއް ކޮންޓްރޯލް ކުރެވޭ ހާލަތުގައި އިނދެގެން ކަމަށްވާތީއެވެ.

މިކަމާ ބެހޭގޮތުން ފުލުހުން ބުނީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މިދިޔަ ޖުލައިމަހުވެސް ސިނަމާލެ ބްރިޖްގައި ސްޓަންޓް ޖައްސާ އުސޫލުން ސައިކަލް ދުއްވި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލާގައި ސައިކަލް ޓޯކޮށް އެ އުޅަނދު ދުއްވި މީހާ ވަނީ ޖޫރިމަނާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Aug 2026
ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށް، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު، އެ މުބާރާތުން ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.
31 Aug 2026
މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުން ބިނާވެފައި އޮތީ އެއް ކަހަލަ އުސޫލުތަކަކާއި އިޙުތިރާމުގެ މައްޗަށް ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން މިހާރު އިތުރަށް ފުޅާވެ، ރައްޔިތުންގެ މެދުގައި ވަރުގަދަ ގުޅުންތަކެއް ޤާއިމުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
31 Aug 2026
ފޭސް 2 ގައި، ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
31 Aug 2026
ފޯރިގަދަ މެޗުތަކަކަށްފަހު ފެނަކަ އަދި ޕޮލިސް މޮޅުވެއްޖެ
އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް 2026" ގެ ފަސްވަނަ އަދި ހަވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު ފެނަކަ އަދި ޕޮލިސް ޓީމުން ކާމިޔާބުކޮށްފިއެވެ.
31 Aug 2026
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް ހުޅުވާލައިފި،
އޭގެ ތެރޭގައި ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމު ހިމެނެ އެވެ. ދެން ހިމެނެނީ މެންބަރުންގެ މަޖލީހުގެ 18 މަގާމަކާއި އެ މަޖިލީހަށް އިންތިހާބުކުރާ ޒުވާން 7 މެންބަރުންގެ މަގާމާއި މަޖިލީހުގަައި އަންހެންނަށް ހާއްސަ ކުރެވޭ 10 މަގާމެވެ.
31 Aug 2026
ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ ދެނެގެންފި، ލައިސަންސް ހިފަހައްޓާ ޖޫރިމަނާ
ދުއްވި ފަރާތް ދެނެގަނެ، އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ވަނީ ޓޯވ ކޮށްފައި
31 Aug 2026
ބްރިޖުން ހިނގާފައި އެއާޕޯޓަށް، ފުލުހުން ނަސޭހަތް ދީފި
ފުލުހުން މިރޭ ބުނީ މިއަދު ހަވީރު 5:00 އެހައިކަންހާއިރު ސިނަމާލެ ބްރިޖް މަތިން އެއާޕޯޓާ ދިމާއަށް ހިނގާފައި ދިޔަ ދެ ބިދޭސީއަކަށް ފުލުހުން ވަނީ އެޓެންޑްވެފައި
30 Aug 2026
އިންޑިއާއިން ޖެވްލިން މިސައިލް ގަންނަނީ
ގޯރް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަތަކުގައި ބޭނުންކޮށްގެން އޭގެ ގާބިލުކަން ސާބިތުކޮށްދީފައިވާ މި މިސައިލް ސިސްޓަމް އިންޑިއާއިން ގަންނަން ނިންމުމަކީ ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ