ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތުގެ ފެނަކަ އާއި މަހިބަދޫ ކައުންސިލް ބައްދަލުކުރި މެޗުގެ ތެރެއިން-
ކުޅިވަރު
31 Aug 2026 | 08:18
ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް: ފޯރިގަދަ މެޗުތަކަކަށްފަހު ފެނަކަ އަދި ޕޮލިސް މޮޅުވެއްޖެ

އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް 2026" ގެ ފަސްވަނަ އަދި ހަވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު ފެނަކަ އަދި ޕޮލިސް ޓީމުން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފަސްވަނަ މެޗުގައި ބައްދަލުކުރީ މަހިބަދޫ ކައުންސިލްގެ ޓީމާއި ފެނަކަ ޓީމެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ފެނަކަ ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 20-25 އިން ފެނަކަ ގެންދިޔައިރު، ދެވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު އެ ޓީމުން ކާމިޔާބުކުރީ 22-25 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފެނަކަ ޓީމުގެ ޖާޒީ ނަންބަރު 14، އާދަމް ނައުފަލްއެވެ.

މުބާރާތުގެ ހަވަނަ މެޗުގައި ވާދަކުރީ ޕޮލިސް ޓީމާއި ސްޓެލްކޯ ޑީ-16 ގެ ޓީމެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ޕޮލިސް ޓީމެވެ. މެޗުގެ ފުރަތަމަ ސެޓު 22-25 އިން ޕޮލިސް ޓީމު ކާމިޔާބުކުރިއިރު، ދެވަނަ ސެޓު އެ ޓީމުން ގެންދިޔައީ ފަސޭހަކަމާއެކު 15-25 އިންނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ މޮޅު ކުޅުމެއް ދެއްކި ޕޮލިސް ޓީމުގެ ޖާޒީ ނަންބަރު 19، މަހުދީ މުޙައްމަދެވެ.

މަހިބަދޫ ސްޓެލްކޯ އިންޖީނުގެއިން އިސްނަގައިގެން މި މުބާރާތް ބާއްވާ މިއީ ތިންވަނަ އަހަރެވެ. މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަގްސަދުގައި ބާއްވާ މި މުބާރާތް، ވޭތުވެދިޔަ އަހަރުތަކާ ޚިލާފަށް މި އަހަރު ކުރިއަށް ގެންދަނީ ފިރިހެން އަދި އަންހެން ޑިވިޝަން ވެސް ހިމަނައިގެންނެވެ.

މި ފަހަރުގެ މުބާރާތުގައި މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ. މީގެއިތުރުން، 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން މި މުބާރާތުގައި ހަރަކާތްތެރިވާއިރު، މުޅި މުބާރާތުގައި ޖުމްލަ 42 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Aug 2026
ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށް، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު، އެ މުބާރާތުން ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.
31 Aug 2026
މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުން ބިނާވެފައި އޮތީ އެއް ކަހަލަ އުސޫލުތަކަކާއި އިޙުތިރާމުގެ މައްޗަށް ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން މިހާރު އިތުރަށް ފުޅާވެ، ރައްޔިތުންގެ މެދުގައި ވަރުގަދަ ގުޅުންތަކެއް ޤާއިމުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
31 Aug 2026
ފޭސް 2 ގައި، ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
31 Aug 2026
ފޯރިގަދަ މެޗުތަކަކަށްފަހު ފެނަކަ އަދި ޕޮލިސް މޮޅުވެއްޖެ
އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް 2026" ގެ ފަސްވަނަ އަދި ހަވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު ފެނަކަ އަދި ޕޮލިސް ޓީމުން ކާމިޔާބުކޮށްފިއެވެ.
31 Aug 2026
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް ހުޅުވާލައިފި،
އޭގެ ތެރޭގައި ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމު ހިމެނެ އެވެ. ދެން ހިމެނެނީ މެންބަރުންގެ މަޖލީހުގެ 18 މަގާމަކާއި އެ މަޖިލީހަށް އިންތިހާބުކުރާ ޒުވާން 7 މެންބަރުންގެ މަގާމާއި މަޖިލީހުގަައި އަންހެންނަށް ހާއްސަ ކުރެވޭ 10 މަގާމެވެ.
31 Aug 2026
ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ ދެނެގެންފި، ލައިސަންސް ހިފަހައްޓާ ޖޫރިމަނާ
ދުއްވި ފަރާތް ދެނެގަނެ، އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ވަނީ ޓޯވ ކޮށްފައި
31 Aug 2026
ބްރިޖުން ހިނގާފައި އެއާޕޯޓަށް، ފުލުހުން ނަސޭހަތް ދީފި
ފުލުހުން މިރޭ ބުނީ މިއަދު ހަވީރު 5:00 އެހައިކަންހާއިރު ސިނަމާލެ ބްރިޖް މަތިން އެއާޕޯޓާ ދިމާއަށް ހިނގާފައި ދިޔަ ދެ ބިދޭސީއަކަށް ފުލުހުން ވަނީ އެޓެންޑްވެފައި
30 Aug 2026
އިންޑިއާއިން ޖެވްލިން މިސައިލް ގަންނަނީ
ގޯރް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަތަކުގައި ބޭނުންކޮށްގެން އޭގެ ގާބިލުކަން ސާބިތުކޮށްދީފައިވާ މި މިސައިލް ސިސްޓަމް އިންޑިއާއިން ގަންނަން ނިންމުމަކީ ދެ ގައުމުގެ ދިފާއީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ