އިނގިރޭސި ސަފީރުކަމަށް ޖަމީލާ އައްޔަނު ކުރުން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
31 Aug 2026 | 11:25
އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އައްޔަނުކޮށްފި

އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް ހ.ވައިޓްޑައިމަންޑް ޖަމީލާ ޢަލީ ޚާލިދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.

ޖަމީލާ އައްޔަނުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިދިޔަ އެޕްރީލް މަހު އެ މަޤާމުގައި ހުންނެވި އިރުތިޝާމް އާދަމް ފޮރިން މިނިސްޓަރުކަމަށް ބަދަލުކުރެއްވުމާ ގުޅިގެން ސަފީރުގެ މަޤާމު އޮތީ ހުސްވެފައެވެ.

ޖަމީލާ ޢަލީ ޚާލިދަކީ ދައުލަތުގެ ތަފާތު މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން 2017 ވަނަ އަހަރުން 2019 ވަނަ އަހަރަށް ޖަރުމަނުވިލާތުގައި ހުންނެވި ފުރަތަމަ ދިވެހި ސަފީރުގެ ޒިންމާ އުފުއްލަވައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކުރެއްވުމަށް މަސައްކަތްކުރެއްވިއެވެ. ހަމައެހެންމެ ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސްކަމާއި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. ތަޢުލީމީ ދާއިރާއާއި މީޑިއާގެ ދާއިރާގައިވެސް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވެއެވެ.

އިނގިރޭސިވިލާތަކީ ގިނަ ޢަދަދެއްގެ ދިވެހި ދަރިވަރުން މަތީ ތަޢުލީމު ޙާޞިލުކުރަމުން އަންނަ ޤައުމެއް ކަމަށް ވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށްވެސް މުހިންމު މާކެޓެއް ކަމުން އެ ޤައުމުގައި ހުންނަވާ ސަފީރުގެ ދައުރު ވަރަށް ބޮޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Aug 2026
އަމާން އުދަރެސް ތިންވަނަ ފަންގިލާއިން ކުއްޖަކު ވެއްޓިއްޖެ
ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށާ، އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށް ފުލުހުން ބުމްޏެވެ.
31 Aug 2026
ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 17.37 މިލިއަން ރުފިޔާ ލިބިއްޖެ
ޒަކާތު ހައުސްއިން ނެރުނު ތަފާސް ހިސާބުން ދައްކާ ގޮތުން 2025 ވަނަ އަހަރުގެ ޖުލައި މަހު ޒަކާތު ފަންޑަށް ޖަމާވީ 12,040,524.09 ރުފިޔާ ކަމަށް ވީ ނަމަވެސް 2026 ވަނަ އަހަރުގެ ޖުލައި މަހު އެ ޢަދަދު ވަނީ 17,366,787.29 ރުފިޔާއަށް މައްޗަށް ޖެހިފައެވެ.
31 Aug 2026
އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އައްޔަނުކޮށްފި
ޖަރުމަނުވިލާތުގެ ފުރަތަމަ ދިވެހި ސަފީރުކަންވެސް ކުރެއްވި ޖަމީލާ ޢަލީ ޚާލިދު އިނގިރޭސިވިލާތުގެ ސަފީރުކަމަށް ރައީސް މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
31 Aug 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަޑުއްވަރީ ހަތް ގެއެއް ބަލައިފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށާ، އޭގެ ތެރެއިން ދެ މީހުން ފިޔަވައި ދެންތިބި މީހުންވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
31 Aug 2026
ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށް، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު، އެ މުބާރާތުން ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.
31 Aug 2026
މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުން ބިނާވެފައި އޮތީ އެއް ކަހަލަ އުސޫލުތަކަކާއި އިޙުތިރާމުގެ މައްޗަށް ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން މިހާރު އިތުރަށް ފުޅާވެ، ރައްޔިތުންގެ މެދުގައި ވަރުގަދަ ގުޅުންތަކެއް ޤާއިމުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
31 Aug 2026
ފޭސް 2 ގައި، ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
31 Aug 2026
ފޯރިގަދަ މެޗުތަކަކަށްފަހު ފެނަކަ އަދި ޕޮލިސް މޮޅުވެއްޖެ
އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް 2026" ގެ ފަސްވަނަ އަދި ހަވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު ފެނަކަ އަދި ޕޮލިސް ޓީމުން ކާމިޔާބުކޮށްފިއެވެ.