ވަޒީރުންގެ މަޖިލިސް.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
31 Aug 2026 | 18:05
ރާއްޖޭގެ ކަނޑުން ތެލާއި ގޭހާއި މަޢުދަން ހޯދައި ނެގުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ ތެލާއި، ގޭހާއި، މަޢުދަނުގެ އިތުރުން ދިރުންނެތް ކަނޑުގެ އެހެނިހެން ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާ ގުޅޭ ޚާއްޞަ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.

ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެންނެވެ.

މިގޮތުން، ރާއްޖޭގެ ސަރަޙައްދުން ދިރުންނެތް ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމާއި އެކަމާ ގުޅޭ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. އަދި ދިރުންނެތް ކަނޑުގެ ޤުދުރަތީ ވަސީލަތްތައް ހޯދައި ނެގުމަށް ހުއްދަ ދިނުމާއި، ނަގާ ވަސީލަތްތަކުގެ މިލްކުވެރިކަން ކަނޑައެޅުމުގެ އިތުރުން، މި ސިނާޢަތް ހަރުދަނާކޮށް ރާވައި ހިންގުމާ ގުޅޭ ޚާއްޞަ ބިލެއް ފަރުމާކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މި ޖަލްސާގައި ވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައިވާ އިޤްތިޞާދީ މުއްސަނދިކަން ދެނެގަތުމަށާއި، އެ ވަސީލަތްތަކުގެ ފައިދާ ޤައުމަށް ހޯދައިދިނުމަށްޓަކައި ކުރަންޖެހޭ ޤާނޫނީ އަދި އިދާރީ އަމަލީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފަށްޓަވާފައި ކަމަށަ ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެލާއި ގޭސް ހޯދުމަށް މީގެ ކުރީން ވެސް ސާވޭތަކެއް ހަދާފައިވެ އެވެ. ރައީސް ޔާމީންގެ ސަރުކާރުގައި އެކަމަށް ވަރަށް އިސްކަން ދީގެން މަސައްކަތްތަކެއް ކުރެވުނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Aug 2026
މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކޮށްފި
މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރަމުން ބުނެފައިވަނީ، މިއީ އޭނާގެ ހިތަށް ވަރަށް ބޮޑު އަސަރެއްކުރި ނިންމުމެއް ނަމަވެސް، ޤައުމީ ޓީމާ ވަކިވާން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ޤަބޫލުކުރާ ކަމަށެވެ
31 Aug 2026
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ ނެޓްވޯކެއް؛ 54 މިލިއަން ރުފިޔާއާ އެއް މިލިއަން ޑޮލަރު އެކައުންޓަށް
މި ނެޓްވޯކް އަތުލައިގަތީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
31 Aug 2026
ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީ މުބާރާތް: ޑީވާސް އަދި އޭއީސީ މޮޅުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅުނު ފޯރިގަދަ މެޗުތަކުން ހޮސްޕިޓަލް ޑީވާސް އަދި އދ.އަތޮޅު ތަޢުލީމީ މަރުކަޒު (އޭއީސީ)ގެ ޓީމު ކާމިޔާބު ކޮށްފިއެވެ.
31 Aug 2026
އޭޝިއަން ކަޕް ކޮލިފައިންގައި ބުރޫނާއީ އަތުން ރާއްޖޭގެ ޒުވާން ޓީމަށް މޮޅެއް
ކޮލިފައިންގައި ރާއްޖެ ދެން އެންމެ އަވަހަށް ނިކުންނަން ޖެހޭނީ އަވަށްޓެހި ސްރީލަންކާއާ ދެކޮޅަށެވެ
31 Aug 2026
ހުރާގެ ގެސްޓްބީޗް ސަރަހައްދު ތަރައްޤީކުރަން އަލުން ހުޅުވާލައިފި
މި މަޝްރޫޢުގެ ދަށުން ބީޗް ސަރަހައްދުގައި ޚާއްޞަ ހަޓެއްގެ އިތުރުން، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަވާނޭހެން 4 ފާޚާނާއާއި، ފެންވަރާނެ އިންތިޒާމުތައް ވެސް ޤާއިމުކުރަން ޖެހެއެވެ.
31 Aug 2026
ރާއްޖޭގެ ކަނޑުން ތެލާއި ގޭހާއި މަޢުދަން ހޯދައި ނެގުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
ވަޒީރުންގެ މަޖިލީހުން މިފަދައިން ނިންމެވީ އާދީއްތަ ދުވަހު ކުރިއަށްގެންދެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެންނެވެ
31 Aug 2026
މުއާމަލާތްތައް ރުފިޔާއަށް ބަދަލުކޮށް ނިންމަން 10 ވަރަކަށް އަހަރު ހޭދަވާނެކަމަށް ބެލެވޭ
ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދިވެހި ރުފިޔާއިން ހުރިހާ މުއާމަލާތެއް ކުރެވޭ ދިމާލަށް ދިޔުމަކީ ސަރުކާރުގެ ވިސްނުމުގައި އަބަދުވެސް އޮތް ކަމެއް ކަމަށާއި، ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން އެ އަމާޒަށް ވާސިލުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
31 Aug 2026
ބޭރުފައިސާއާ ބެހޭ ހަރުދަނާ އުސޫލުތަކެއް ހެދުން މުހިންމު ވަނީ ކީއްވެ؟
ބޭރުފައިސާގެ އުސޫލުތައް ހަރުދަނާކުރުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުންނާއި އެހެނިހެން ދާއިރާތަކުން ރާއްޖެއަށް ވަންނަންޖެހޭ ބޭރުފައިސާ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވައްދައި، އިޤްތިޞާދުގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކުރުމެވެ