ބީއެމްއެލްގެ ސީއީއޯ ޝަރީފް އަދި ދާހިލީ ވަޒީރު އިހްސާން
ހަބަރު
31 Aug 2026 | 23:21
ޒާތީ މައުލޫމާތުތަކެއް ފޮނުވަން ބެންކަށް އެނގި ކަމަށް ބުނެ އިހްސާންގެ ނަމުގައި ފަތުރަނީ ފޭކު ސިޓީއެއް

ރައްޔިތުންތަކެއްގެ ޒާތީ މައުލޫމާތުތަކެއް ފޮނުވަން އަންގާ ހޯމް މިނިސްޓަރު އަލީ އިހްސާން، ގައުމީ ބެންކު، ބެންކު އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފަށް ފޮނުވި ކަމަށް ބުނެ ދައުރުކުރަމުންދަނީ ފޭކު ސިޓީއެއް ކަމަަށް މިނިސްޓަރު އިހްސާން ވިދާޅުވެއްޖެ އެވެ.

ފޭކު އެ ސިޓީ ހިމަނާ މިނިސްޓަރު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ. ވިދާޅުވީ ‏މިނިސްޓްރީގެ ރަސްމީ ސިޓީއެއްކަމަށް ދެއްކުމަށް ހަދާފައިވާ މި ފޭކް ސިޓީ މީސްމީޑިއާގައި ދަނީ ދައުރު ކުރަމުން ކަމަށެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ ހޯމް މިނިސްޓްރީ އަކީ ތަހުގީގު ހިންގާ އިދާރާއެއްކަމަށް ނުވާތީ މިފަދަ އެއްވެސް ލިޔެކިއުމެއް ބޭންކަށްވެސް އަދި އެފަދަ އެހެން އިދާރާއަކަށްވެސް ފޮނުވާފައި ނުވާނެ ކަމަށެވެ. ދައުލަތުގެ އިދާރާތަކުގެ ނަމުގައި މިފަދަ ކަންކަން ނުހިންގުމަށް އެއްމެހާ ފަރާތްތަކަށް މިނިސްޓަރު އިހްސާން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

ދައުރުވާ ސިޓީގައި ވަނީ ބައެއް މަސައްކަތްތެރީން ރަސްމީ އަގަށް ވުރެ ބޮޑުކޮށް ޑޮލަރު މާރުކޮށް ކަޅު ބާޒާރުގައި ވިއްކާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އެކައުންޓަށް 500 ޑޮލަރަށް ވުރެ އިތުރަށް ފައިސާ ފޮނުވާފައިވާ ފަރާތްތަކުގެ އެކައުންޓްތަކުގެ ފާއިތުވެދިޔަ ހަ މަސް ދުވަހުގެ ސްޓޭޓްމަންޓްތައް ހިއްސާކޮށް ދިނުމަށް ވަނީ އެދިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Sep 2026
ގދ. ތިނަދޫ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 4:11 އެހައިކަންހާއިރުއެވެ.
01 Sep 2026
ވިލާ ކޮލެޖު ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
01 Sep 2026
އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި އަށް ކުޑަކުދިން މަރުވެއްޖެ
އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި އަށް ކުޑަކުދިންނާއި ތިން ބޮޑު މީހަކާ އެކު 11 މީހަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.
01 Sep 2026
މައްކާ ދިފާޢީ އެއްބަސްވުމުގެ ސެކްރެޓޭރިއެޓް ސަޢޫދީގައި
ސަޢޫދީ، ތުރުކީ އަދި ޕާކިސްތާނުން މައްކާ ދިފާޢީ އެއްބަސްވުމުގެ ދާއިމީ ސެކްރެޓޭރިއެޓެއް ސަޢޫދީގައި ޤާއިމުކުރަން ނިންމައި، ފެށޭ ދައުރުގައި ޕާކިސްތާނުގެ ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރާނެ ކަމަށް އިޢުލާނުކޮށްފިއެވެ.
01 Sep 2026
އެކްސިޑެންޓްގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 9 އަހަރުގެ އަންހެން ކުއްޖާ ނިޔާވެއްޖެއެވެ.
31 Aug 2026
ޒާތީ މައުލޫމާތުތަކެއް ފޮނުވަން ބެންކަށް އެނގި ކަމަށް ބުނެ އިހްސާންގެ ނަމުގައި ފަތުރަނީ ފޭކު ސިޓީއެއް
31 Aug 2026
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމަށް ޝިއްޕެ އައްޔަނުކުރަން ގައުމީ މަޖިލީހުން ރުހުން ދީފި
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމު ހުސްވީ ކުރީން އެ މަގާމުގައި ހުރި އަހުމަދު އަބްދުﷲ (ތަކަންދޫ އަހްމަދު) މަގާމުން އިސްތިއުފާ ދިނުމުންނެވެ.
31 Aug 2026
މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކޮށްފި
މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރަމުން ބުނެފައިވަނީ، މިއީ އޭނާގެ ހިތަށް ވަރަށް ބޮޑު އަސަރެއްކުރި ނިންމުމެއް ނަމަވެސް، ޤައުމީ ޓީމާ ވަކިވާން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ޤަބޫލުކުރާ ކަމަށެވެ