ބަޑިބޭސް-
ދުނިޔެ
01 Sep 2026 | 09:03
އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި އަށް ކުޑަކުދިން މަރުވެއްޖެ

އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރް ޕްރަދޭޝް ސްޓޭޓުގެ ބަޑިބޭސް އުފައްދާ ކާރުޚާނާއެއް ގޮވައި ތިން ބޮޑު މީހަކާއި އަށް ކުޑަކުދިންނާ އެކު ޖުމްލަ 11 މީހަކު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވި ކުދިންގެ ތެރޭގައި އެންމެ ހަތަރު އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށް އެ ސަރަހައްދުގެ ފުލުހުން ބުނެފައިވެއެވެ. ގޮވުމުގެ ސަބަބުން ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާ ލިބި ޒަޚަމްވި ފަރާތްތައް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި ގޮވި ހިސާބުގެ ކައިރީގައި ހުރި ގެތައް ވަނީ ބިމާ ހަމަވެފައެވެ. ބައެއް ވީޑިއޯތަކުން ސަލާމަތްވި މީހުންގެ ގައިގައި ކުނިބުނީގެ އަސަރު ފެނެއެވެ. ސަލާމަތީ ޓީމުތަކުން ތާށިވެފައި ތިބި މީހުން ހޯދުމަށް އެކްސްކެވޭޓަރު ފަދަ ވެހިކަލްތައް ބޭނުންކޮށްފައިވާއިރު ޢާންމު ރައްޔިތުން ވެސް ހިލައާއި އެ ނޫން ވެސް ތަކެތި ބޭނުންކޮށްގެން ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވެފައިވެއެވެ.

ގޮވުން ހިނގަން މެދުވެރިވި ސީދާ ސަބަބު އަދި ހޯދިފައެއް ނުވެއެވެ. އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އާދީއްތިޔާނާތު ސޯޝަލް މީޑިއާގައި ބުނީ ޒަޚަމްވި ފަރާތްތަކަށް އެކަށީގެންވާ ފަރުވާ ކަށަވަރުކުރުމަށާއި އަސަރު ފޯރި ޢާއިލާތަކަށް ވެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމާބެހޭ ފަރާތްތައް ހާދިސާ ހިނގި ތަނަށް ފޮނުވާފައިވާ ކަމަށެވެ. 

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ (އައިއެލްއޯ) ބުނާ ގޮތުން އިންޑިއާގެ ބަޑިބޭސް ސިނާޢަތުގައި އެތައް ލައްކަ ބަޔަކު ވަޒީފާ އަދާކުރެއެވެ. މި ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ވެސް އިންޑިއާ ބޮޑު ދައުރެއް އަދާކުރާ އިރު ގިނަ ކާރުޚާނާތައް ހިންގަނީ ގެދޮރުގެ ތެރޭގައި ރައްކާތެރިކަމުގެ މިންގަނޑުތައް ދަށް ހާލަތެއްގައެވެ. އެފަދަ ތަންތާގައި ކުޑަކުދިން ލައްވައި މަސައްކަތް ކުރުވާ ކަމަށް ވެސް އައިއެލްއޯއިން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.