އޮޑިޓަރ ޖެނެރަލް އޮފީހުގެ ވެރިން މިދިޔަ އަހަރު ބޭއްވި މަޖިލީހުގެ ކޮމިޓީއެއްގައި... ފޮޓޯ: މަޖިލިސް
ހަބަރު
01 Sep 2026 | 22:18
ކައުންސިލްތަކުން ކުރާ ތަޖުރިބާ ދަތުރުތަކާ ގުޅިގެން އޮޑިޓަރުގެ އެންގުމެއް އެލްޖީއޭއަށް

ކައުންސިލްތަކުން ތަޖުރިބާ ހޯދުމުގެ ނަމުގައި ކުރާ ދަތުރުތަކުގެ މަގްސަދު ހާސިލްނުވާ މައްސަލާގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކައުންސިލްތަކުގެ ބަލަދުވެރި ފަރާތް ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސަމާލުކަމަށް އެކަން ގެނެސްފިއެވެ.

ބައެއް ކައުންސިލްތަކުން ވަނީ މިދިޔަ އަހަރުތަކުގައި ތަޖުރިބާ ހޯދުމާއި އިންވެސްޓްމަންޓްތައް ހޯދުމުގެ ނަމުގައި ރާއްޖެއާއި ރާއްޖެއިން ބޭރަށް ދަތުރުތަކެއް ކޮށްފައެވެ. ކައުންސިލްތަކުން މިހާތަނަށް ކުރި އެއްވެސް ދަތުރެއްގެ މަގްސަދު ހާސިލްވެފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލް މިހާތަނަށް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގައި ވަނީ ފާހަގަކޮށްފައެވެ. 

އެންމެފަހުން ށ އަތޮޅު ކައުންސިލުން ހައްދުންމައްޗަށް ތަޖުރިބާ ހޯދުމުގެ ނަމުގައި ކުރި ދަތުރާ ގުޅިގެންވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވަނީ އެ ދަތުރުން ކައުންސިލަށް މަންފާކުރަނިވި ބޭނުމެއް ހާސިލްވެފައި ނުވާކަމަށެވެ. ށ އަތޮޅު ކައުްނސިލުން ވަނީ ހައްދުންމައްޗަށް ކުރި ދަތުރަށް ޖުމްލަ 269,992 ރުފިޔާ ހޭދަކޮށްފައެވެ. މި ހަރަދަކީ ދައުލަތުގެ ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމާއި ގުޅޭގޮތުން ފިނޭންސުން  ނެރެފައިވާ ސަެކިއުލާއިން އަންގާފައިވާ އެންގުމާއި އެއްގޮތަށް ކޮށްފައިވާ ހަރަދެއްކަމުގައި ބެލެވެން ނެތްކަމަށް އޮޑިޓަރުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އޮޑިޓަރު އެލްޖީއޭއަށް ދެއްވި ރައުޔުގައި ބުނެފައިވަނީ، ޓްރެއިނިންނާއި ތަޖުރިބާ އެންމެބޮޑަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމަށް އެސެސްމަންޓެއް ތައްޔާރުކޮށް އިދާރާތަކަށް ޓްރެއިނިންނާއި ތަޖުރިބާ ހޯދުމުގެ ދަތުރުތައް އެ އިދާރާ މެދުވެރިވެގެން ރަނގަޅު ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

ބައެއް ރަށްރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން މިދިޔަ އަހަރުތަކުގެ ތެރޭގައި ތަޖުރިބާ ހޯދުމަށް މެލޭޝިއާ، ތައިލެންޑް އަދި ސްރީލަންކާ ފަދަ ޤައުމުތަކަށް ވަނީ ޒިޔާރަތްކޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Sep 2026
ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ހިންގާ މީހުންގެ މައުލޫމާތުދޭން އާންމުންގެ ކިބައިން އެދިއްޖެ
ފުލުހުން ބުނީ މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖު ކުރުމަށް އެދޭ ކަމަށެވެ
01 Sep 2026
ކައުންސިލްތަކުން ކުރާ ތަޖުރިބާ ދަތުރުތަކާ ގުޅިގެން އޮޑިޓަރުގެ އެންގުމެއް އެލްޖީއޭއަށް
އޮޑިޓަރު އެލްޖީއޭއަށް ދެއްވި ރައުޔުގައި ބުނެފައިވަނީ، ޓްރެއިނިންނާއި ތަޖުރިބާ އެންމެބޮޑަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމަށް އެސެސްމަންޓެއް ތައްޔާރުކޮށް އިދާރާތަކަށް ޓްރެއިނިންނާއި ތަޖުރިބާ ހޯދުމުގެ ދަތުރުތައް އެ އިދާރާ މެދުވެރިވެގެން ރަނގަޅު ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެދިފައެވެ.
01 Sep 2026
ދޮންފަނުގެ މަލަމަތި ރީތިކޮށްލީ ޗާލު މޮނިއުމަންޓަކުން
ދޮންފަނުގެ މޮނިއުމަންޓްގައި ހިމަނާފައިވަނީ ފަންތަކެކެވެ. އަދި މޮނިއުމަންޓް ތިރީގައި މަޑިތަކެކެވެ. ދިވެހިންނާއި އިނގިރޭސިން “ދޮންފަން” މިހެން ލިޔެފައިވެ އެވެ
01 Sep 2026
ހަތަރު ރަށެއްގެ ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
މި އެއްބަސްވުންތަކުގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދު ކަމަށެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސައުދީއެވެ.
01 Sep 2026
މިފްކޯގެ ޗެއާމަނަކަށް ފާއިޒް އައްޔަނުކޮށްފި
ފާއިޒަކީ މީގެ ކުރިން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
01 Sep 2026
އެމްއެންޔޫގެ 53 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 53 ވަނަ އަހަރީ ދުވަސް، އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތަކާއި ހަރަކާތްތަކާ އެކު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
01 Sep 2026
އެމްއެންޔޫ އާއި ސިނެކް ކެމްޕަހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ސްރީލަންކާގެ ސިނެކް ކެމްޕަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު މެރިޓައިމް ދާއިރާއިން ތަޢުލީމާއި ތަމްރީނު އަދި ދިރާސާތައް ކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
01 Sep 2026
ބުޅާތަކަށް ޚާއްޞަ ރަށެއް ތަރައްޤީކުރަނީ
ބުޅާ ގެންގުޅުމަށް ވަކި ރަށެއް ތަރައްޤީކުރުމުގެ މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކޮށް ބައިނަލްއަޤުވާމީ ފަރާތެއް ހިމެނޭ ގޮތަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.