ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަންގެ އިއްޔެ ކުޅުނު މެޗުގެ ތެރެއިން-
ކުޅިވަރު
02 Sep 2026 | 07:45
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ އަންހެން ޑިވިޝަން: ވޮރިއާޒް އާއި އެލީޓް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ

އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ ސްޓެލްކޯ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި މަހިބަދޫ ކައުންސިލްގެ ވޮރިއާޒް އަދި ހޮސްޕިޓަލްގެ އެލީޓް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ، މުބާރާތުގައި ރަނގަޅު ފެށުމެއް ދަމަހައްޓައިފިއެވެ.

މުބާރާތުގެ 11 ވަނަ މެޗުގައި ބައްދަލުކުރީ މަހިބަދޫ ކައުންސިލްގެ ވޮރިއާޒް އަދި ޓީމު ސްކާލެޓެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ވޮރިއާޒް އެވެ. މެޗުގެ ފުރަތަމަ ސެޓު 18-7 އިން ވޮރިއާޒް ގެންދިޔައިރު، ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 18-4 ގެ ބޮޑު ތަފާތަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވޮރިއާޒްގެ ޖާޒީ ނަންބަރު 9 ފާތިމަތު ޝާރަތެވެ. މުބާރާތުގައި ވޮރިއާޒް ކުޅުނު ފުރަތަމަ މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. 

މުބާރާތުގެ 12 ވަނަ މެޗުގައި ބައްދަލުކުރީ ޕޮލިސް ޓީމާއި ހޮސްޕިޓަލްގެ އެލީޓް އެވެ. މި މެޗުވެސް ސީދާ ދެ ސެޓުން ކާމިޔާބުކުރީ އެލީޓް ޓީމެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓު 18-5 އިން އަދި ދެވަނަ ސެޓު 18-8 އިން ގެންދިޔައީ އެލީޓުންނެވެ.

މި މެޗުގެ 'ވުމެން އޮފް ދަ މެޗު' އަކަށް ހޮވިފައިވަނީ އެލީޓް ޓީމުގެ ޖާޒީ ނަންބަރު 7 ހައްވާ ޝާމަތެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ޕޮލިސް ކުޅުނު ފުރަތަމަ މެޗުންވެސް އެ ޓީމު ބަލިވެފައިވާއިރު، އެލީޓް ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުވެސް ކާމިޔާބުކޮށްފައެވެ.

މަހިބަދޫ ސްޓެލްކޯ އިންޖީނުގެއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތަކީ މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ. ވޭތުވެދިޔަ ދެ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދަނީ ފިރިހެން އަދި އަންހެން ޑިވިޝަން ވެސް ހިމަނައިގެންނެވެ. އެގޮތުން މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމު މި މުބާރާތުގައި ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ.

މި މުބާރާތުގައި 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން ބައިވެރިވެއެވެ. މުޅި މުބާރާތުގައި ޖުމްލަ 42 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Sep 2026
އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކުރީ ޓްރެފިކް އެކްސިޑެންޓް
ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ވާންޖެހޭއިރު، މިއަދު މަގުމައްޗަށް ނުކުންނަ ކޮންމެ މީހެއްގެ ހިތުގައިވެސް އޮތީ ބިރުވެރިކަމެވެ. ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކާއި، ޓްރެފިކް ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ނަތީޖާއެއްގެ ގޮތުން މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ވައްކަމާއި މަސްތުވާތަކެތީގެ ނުރައްކަލާ އެއްވަރަށް މިއަދު ދިވެހި މުޖުތަމަޢަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަގުމަތީގެ އެކްސިޑެންޓްތަކެވެ.
02 Sep 2026
ބައިނަލްއަޤުވާމީ ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން މަތިވެއްޖެ
ޔެން އާއި ޔޫރޯ ހިމެނޭ ގޮތަށް ހަ ފައިސާގެ ބާވަތަކާ އަޅައި ބަލާ ޑޮލަރު އިންޑެކްސް 0.11 އިންސައްތަ އިތުރުވެ 99.79 ގައި ހުރީ ފައިތުވި ދެ ހަފްތާގައިވެސް ނުދާހާ މަތީގައެވެ. ޔޫރޯ 0.13 އިންސައްތަ ދަށަށް ގޮސް 1.1577 ޑޮލަރުގައި ހުރިއިރު ޑޮލަރުގެ އަގު މަތިވެފައިވަނީ ޓްރެޒަރީ ބޮންޑުގެ ފައިދާ ބޮޑުވެ ފެޑެރަލް ރިޒާވުން އިންޓަރެސްޓް ރޭޓު އުފުލާނެ ކަމަށް ލަފާކުރެވޭތީއެވެ.
02 Sep 2026
ޒީވާ ނިޔާވި އެކްސިޑެންޓް: ބެލެވެނީ ޒީވާގެ ގައިމައްޗަށް ކާރު އެރިކަމަށް
މި އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައެވެ. އެއީ މ. ލެމަންޓްރީ1، ޒީވާ ސިނާން އަހްމަދެވެ.
02 Sep 2026
ވޮރިއާޒް އާއި އެލީޓް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެއްޖެ
އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ ސްޓެލްކޯ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި މަހިބަދޫ ކައުންސިލްގެ ވޮރިއާޒް އަދި ހޮސްޕިޓަލްގެ އެލީޓް ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެ، މުބާރާތުގައި ރަނގަޅު ފެށުމެއް ދަމަހައްޓައިފިއެވެ.
02 Sep 2026
ޒީވާ ނިޔާވި އެކްސިޑެންޓް: މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރުގެ ލައިސަންސް ކުރީންވެސް އޮތީ ހިފަހައްޓާފައި
02 Sep 2026
އެކްސިޑެންޓްގައި ދެބަަފައިންނަށް އަނިޔާ، ސިކުނޑިއަށް ލޭ އެޅި ބަައްޕަ އައިސީޔޫގަައި
އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ގޮތުގައި، އޭނާގެ ސިކުނޑީގެ ކަނާތް ފަރާތަށް ލޭއެޅިފައިވުމާ ގުޅިގެން އޯގަސްޓް 31 ވަނަ ދުވަހު ވަނީ ބޮލުގެ އޮޕަރޭޝަނެއް ކޮށްފައި ކަމަަށް
01 Sep 2026
ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ހިންގާ މީހުންގެ މައުލޫމާތުދޭން އާންމުންގެ ކިބައިން އެދިއްޖެ
ފުލުހުން ބުނީ މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖު ކުރުމަށް އެދޭ ކަމަށެވެ
01 Sep 2026
ކައުންސިލްތަކުން ކުރާ ތަޖުރިބާ ދަތުރުތަކާ ގުޅިގެން އޮޑިޓަރުގެ އެންގުމެއް އެލްޖީއޭއަށް
އޮޑިޓަރު އެލްޖީއޭއަށް ދެއްވި ރައުޔުގައި ބުނެފައިވަނީ، ޓްރެއިނިންނާއި ތަޖުރިބާ އެންމެބޮޑަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމަށް އެސެސްމަންޓެއް ތައްޔާރުކޮށް އިދާރާތަކަށް ޓްރެއިނިންނާއި ތަޖުރިބާ ހޯދުމުގެ ދަތުރުތައް އެ އިދާރާ މެދުވެރިވެގެން ރަނގަޅު ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެދިފައެވެ.