އެލްޖީއޭގެ ސީއީއޯ ނިމާލް- ފޮޓޯ/ އެލްޖީއޭ
ހަބަރު
02 Sep 2026 | 13:32
އެލްޖީއޭގެ ލިޔުމުން ހުއްދަ ނެތި ކައުންސިލްތަކަށް މުވައްޒަފުން ނެގުން މަނާކޮށްފި

ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތަކުން މުވައްޒަފުން ނެގުމުގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލިޔުމަކުން ހުއްދަ ހޯދުން ލާޒިމުކޮށް އެކަން ކައުންސިލްތަކަށް އަންގައިފިއެވެ.

މި ނިންމުން ކައުންސިލްތަކަށް އަންގާފައިވަނީ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ނިމާލު ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއަކުންނެވެ.

އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ނުވަތަ ކައުންސިލުގެ އަމިއްލަ އާމްދަނީން ޚަރަދުކޮށްގެން ނަމަވެސް ވަޒީފާއަށް މީހުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެންނެވެ.

މި އެންގުން ހަމައެކަނި ދާއިމީ މަގާމުތަކަކަށް ޚާއްޞައެއް ނޫނެވެ. ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކުގެ އިތުރުން ކޮންޓްރެކްޓް ވޭޖް ކޮންސަލްޓަންސީ އަދި އުޖޫރަ ދެވޭ އެހެނިހެން ކޮންމެ ބާވަތެއްގެ ވަޒީފާއަކަށް ވެސް މީހުން ނެގުމާއި އެކަމަށް އިއުލާންކުރުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އެ ސިޓީގައިވެއެވެ.

މި ފިޔަވަޅު ތަންފީޒުކުރަން ފަށާފައިވަނީ އިއްޔެއިން ފެށިގެންނެވެ. އެ ތާރީޚުން ފެށިގެން އެލްޖީއޭގެ ހުއްދައާ ނުލައި ކައުންސިލެއްގެ އެއްވެސް ވަޒީފާއަކަށް މީހަކު ނުގެނައުމަށް އެ ސިޓީގައި ވަނީ އަންގައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Sep 2026
"ކާށިދޫ ޔޫތް ޓްރޮފީ 2026" ވިމެންސް ހޭންޑްބޯލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކުޅުމަށްފަހު، ސެމީ ފައިނަލް މެޗުތައް ކުޅެ، އެއަށްފަހު ފައިނަލް މެޗު ކުޅޭ ގޮތަށެވެ. މުބާރާތް ފެށުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
02 Sep 2026
ދުއްވަމުންދިޔަ ސައިކަލުގެ ކުރިމައްޗަށް ކުޑަކުއްޖަކު
ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ކުރިމައްޗަށް ކުއްލިއަކަށް ކުޑަކުއްޖަކު އެރުމުން، އެ ކުއްޖާގެ ގައިގައި ނުޖެހި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވެއްޓިގެން އެކްސިޑެންޓެއް ހިނގައިފިއެވެ.
02 Sep 2026
އެލްޖީއޭގެ ލިޔުމުން ހުއްދަ ނެތި ކައުންސިލްތަކަށް މުވައްޒަފުން ނެގުން މަނާކޮށްފި
މި ނިންމުން ކައުންސިލްތަކާ ހިއްސާކޮށްފައިވަނީ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު މުޙައްމަދު ނިމާލު ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއަކުންނެވެ.
02 Sep 2026
އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް ބާއްވައިފި
ރާއްޖޭގެ ދެކުނުގެ އެކި ސަރަޙައްދުތަކުގައި ވަޒީފާ އަދާކުރާ އެސްޓީއޯ މުވައްޒަފުންނަށް ޚާއްޞަކޮށްގެން ބާއްވާ "ދެކުނު ފޯރި" މި އަހަރުވެސް އައްޑޫ ސިޓީ ހިތަދޫގައި ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސް ނިންމައިފިއެވެ.
02 Sep 2026
އިސްލާމީ އިޤްތިޞާދު ކުރިއެރުވުމަށް އައިސީސީޑީއާއެކު މަޝްވަރާ ކޮށްފި
އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ރައީސް މުޢިއްޒާ ބައްދަލުކުރައްވައި ޙަލާލް ފަތުރުވެރިކަމާއި އިސްލާމީ އިޤްތިޞާދު ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
02 Sep 2026
ޯއޮލިމްޕަސް ހެއްވާލަން ޑާކްރެއިން ތައްޔާރު؛ މަގޭ ބިޓްގެ ވެޑިން މިރޭ ޕްރިމިއާ ކުރަނީ
ޑާކްރެއިންގެ މާޒީން މިއީ މުނިފޫހިފިލުވާލާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަށް ވާނެ އެވެ
02 Sep 2026
އަހަރުގެ މިހާތަނަށް ދެވަނައަށް އެންމެ ގިނައިން ރިޕޯޓްކުރީ ޓްރެފިކް އެކްސިޑެންޓް
ދިވެހިރާއްޖޭގެ މަގުތަކަކީ އެންމެންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެފައިވާ ތަނަކަށް ވާންޖެހޭއިރު، މިއަދު މަގުމައްޗަށް ނުކުންނަ ކޮންމެ މީހެއްގެ ހިތުގައިވެސް އޮތީ ބިރުވެރިކަމެވެ. ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތަކާއި، ޓްރެފިކް ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުގެ ނަތީޖާއެއްގެ ގޮތުން މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މިވަނީ އިންތިހާއަށް އިތުރުވެފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި، ވައްކަމާއި މަސްތުވާތަކެތީގެ ނުރައްކަލާ އެއްވަރަށް މިއަދު ދިވެހި މުޖުތަމަޢަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަގުމަތީގެ އެކްސިޑެންޓްތަކެވެ.
02 Sep 2026
ބައިނަލްއަޤުވާމީ ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން މަތިވެއްޖެ
ޔެން އާއި ޔޫރޯ ހިމެނޭ ގޮތަށް ހަ ފައިސާގެ ބާވަތަކާ އަޅައި ބަލާ ޑޮލަރު އިންޑެކްސް 0.11 އިންސައްތަ އިތުރުވެ 99.79 ގައި ހުރީ ފައިތުވި ދެ ހަފްތާގައިވެސް ނުދާހާ މަތީގައެވެ. ޔޫރޯ 0.13 އިންސައްތަ ދަށަށް ގޮސް 1.1577 ޑޮލަރުގައި ހުރިއިރު ޑޮލަރުގެ އަގު މަތިވެފައިވަނީ ޓްރެޒަރީ ބޮންޑުގެ ފައިދާ ބޮޑުވެ ފެޑެރަލް ރިޒާވުން އިންޓަރެސްޓް ރޭޓު އުފުލާނެ ކަމަށް ލަފާކުރެވޭތީއެވެ.