އެކްސިޑެންޓް ވީޑިއޯ ސްކްރީންޝޮޓެއް..
ހަބަރު
02 Sep 2026 | 20:43
ހުޅުމާލެ ފޭސް ދޭއްގައި މިރޭވެސް އެކްސިޑެންޓެއް

ހުޅުމާލެ ފޭސް ދޭއް ނިރޮޅުމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ފޭސް ދޭއްގެ އެންމެ ކާރޫބާރު ބޮޑު އެއްމަގު ނިރޮޅުމަގުގައެވެ. އެކްސިޑެންޓްގައި ދެ ސައިކަލް ބިންމަތީ ވެއްޓިފައި އޮތްއިރު ކައިރީގައި އެމްބިއުލާންސެއްވެސް އޮތްކަމަށް ވީޑިއޯއިން ފެނެއެވެ. 

މި އެކްސިޑެންޓްގައި ސައިކަލްގައި ތިބި މީހުންނަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންވެސް އަދި ވަކި އެއްޗެކޭ ނުބުނެއެވެ.

ފޭސް ދޭއްގެ ނިރޮޅުމަގަކީ އާއްމުކޮށް އެކްސިޑެންޓްތައް ގިނަ މަގެކެވެ. އެކްސިޑެންޓްތައް ގިނަވެ، އެމަގުގެ އެކި ސަރަހައްދުގައި މީގެ ކުރިން ބަމްޕަރުތައް ހަރުކުރިނަމަވެސް ބައެއް މީހުން ޝަކުވާކުރުމާ ގުޅިގެން ފަހުން ވަނީ އެ ބަމްޕަރުތައް ނަގާފައެވެ.

ހުޅުމާލެ ފޭސް ދޭއްގައި މިރޭ އެކްސިޑެންޓެއް ހިނގިއިރު މިއަދު ހަވީރު ދަރުބާރުގެއާ ދިމާލު ބޭރު މަގުގައިވެސް ވަނީ އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Sep 2026
ވިސާނެތި ދިވެހިންނަށް ތައިލެންޑްގައި 30 ދުވަހު ތިބެވޭގޮތް ހަދައިފި
ތައިލެންޑު ސަރުކާރުން ގެނައި މި ބަދަލުތައް ހުސްވި އޮގަސްޓްމަހުގެ 31 ވަނަ ދުވަހު ރަސްމީކޮށް ގެޒެޓްކޮށްފައިވާ އިރު، ކުރިން ދިވެހިރާއްޖެ ހިމެނިފައި އޮތީ ވިސާ އާ ނުލައި 15 ދުވަހު ތިބެވޭ ޤައުމުތަކުގެ ލިސްޓުގައެވެ.
03 Sep 2026
ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގަނީ ގަވާއިދުތަކަށް ނުބަލައި ބާރަށް ދުއްވުމުން: ފުލުހުން
ހުޅުމާލޭގެ މަގުތަކުގައި ދުއްވާއިރު އަބަދުވެސް ރައްކާތެރިކަމަށް އިސްކަންދީ، އަނެކުންގެ ސަލާމަތަށް ވިސްނައިގެން ޒިންމާދާރުކަމާއެކު އުޅަނދު ދުއްވުމަށް ހަނީފް އިލްތިމާސްކުރައްވާފައި
02 Sep 2026
ފަހިދިރިއުޅުން ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެފްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ
މި މަސައްކަތުގައި އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ އަދި އިސްކަންދޭންޖެހޭ ޔުނިޓުތައް ފާހަގަކޮށް، އެ ތަންތަނަށް އިސްކަންދީގެން އެ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ހަމްދާން ވިދާޅުވިއެވެ
02 Sep 2026
މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން ދުވަސްވީ އަންހެނަކާއި ފިރިހެނަކަށް
ސައިކަލް ފަހަތުގައި 72 އަހަރުގެ ދިވެހި އަންހެނަކު އިން އިރު ދެމީހުނަށްވެސް އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ
02 Sep 2026
ހުޅުމާލެ ފޭސް ދޭއްގައި މިރޭވެސް އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި ސައިކަލްގައި ތިބި މީހުންނަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންވެސް އަދި ވަކި އެއްޗެކޭ ނުބުނެއެވެ.
02 Sep 2026
ސްޓެލްކޯ ކޭ-38 އަދި އެލްޖީއޭ އދ. އަތޮޅު ގޮފި މޮޅުވެއްޖެ
އދ. މަހިބަދޫގައި ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ 13 ވަނަ އަދި 14 ވަނަ މެޗުން ސްޓެލްކޯ ކޭ-38 އާއި އެލްޖީއޭ އދ. އަތޮޅު ގޮފި މޮޅުވެއްޖެއެވެ.
02 Sep 2026
"ޑްރޮޕް އޯފް" ޒޯން ބޭނުން ނުކޮށް، މަގުގައި ބާއްވައިގެން މުދާ ބޭލުން އާއްމުކަމަކަށް ވެފައި
ސާފުކޮށް ފެންނަން އޮންނަ ޑްރޮޕް އޯފް ޒޯންތައް ދޫކޮށްލުމަށްފަހު، ކަންފަސޭހަކޮށްލައި މަގުމައްޗަށް އުޅަނދުތައް ހުއްޓުމަކީ މަގުމަތީގެ ރައްކާތެރިކަމަށް އެޅިގެންދާ ވަރަށްބޮޑު ހުރަހެކެވެ.
02 Sep 2026
އިންޑޮނޭޝިއާގައި އެޅި ބްރިޖެއް ހުޅުވުމުގެ ރަސްމިޔާތު ނިމުނު ވަގުތު ވެއްޓިއްޖެ
އިންޑޮނޭޝިއާގައި އަލަށް އެޅި ސަސްޕެންޝަން ބްރިޖެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނު ވަގުތު މުޅި ބްރިޖު ކުއްލިއަކަށް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.