ގަސްތައް ހަދިޔާކުރުމުގެ ތެރެއިން..
ހަބަރު
03 Sep 2026 | 14:50
5 މިލިއަން ގަސް ޕްރޮގްރާމަށް ކެރެލާއިން ހާހަކަށްވުރެ ގިނަ ގަސް ހަދިޔާކޮށްފި

ސަރުކާރުގެ ފަސް މިލިއަން ގަސް ޕްރޮގްރާމަށް އެހީތެރިކަން ދިނުމުގެ ގޮތުން އިންޑިއާގެ ކެރެލާ ސްޓޭޓުން ރާއްޖެއަށް ހާހަކަށްވުރެ ގިނަ ގަސް ހަދިޔާކުރުމަށް ނިންމައިފިއެވެ.

މި ގަސްތައް ތައްޔާރުކޮށްފައި ވަނީ ކެރެލާގެ ފޮރެސްޓް ޑިޕާޓްމަންޓުން އިންޑިއާގެ ޚާރިޖީ ވުޒާރާގެ އެދުމުގެ މަތީންނެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ޒިޔާރަތަށްފަހު އިންޑިއާ ސަރުކާރުން ދިނުމަށް ނިންމި އެހީއެކެވެ. މި އެހީގެ ދަށުން ހަދިޔާކުރުމަށް ނިންމާފައިވާ ގަސްތަކުގެ ތެރޭގައި 500 އަނބު ގަހާއި 500 ޓީކް ގަސް ހިމެނެއެވެ.

ކެރެލާގެ ފޮރެސްޓް މިނިސްޓަރު ޝިބޫ ބޭބީ ޖޯންވަނީ މިއަދު ތިރުވަނަންތަޕޫރަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ އޮފިޝަލުން ވަނީ ރަމްޒީގޮތެއްގައި ގަސްތަކާ ހަވާލުވެފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ރަށްތަކުގައި ފެހިކަން އިތުރުކޮށް މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ފަށާފައިވާ ބޮޑު މަޝްރޫޢެކެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގޮނޑުދޮށް ގިރުން ފަދަ ތިމާވެށީގެ ގޮންޖެހުންތަކާ ކުރިމަތިލާ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ގަސް އިންދުމުގެ މިފަދަ މަޝްރޫޢުތަކަކީ ރާއްޖެއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށް ތިމާވެށީގެ މާހިރުން ފާހަގަކުރައްވައެވެ.

ކެރެލާ ސްޓޭޓުން ފޯރުކޮށްދޭ މި ގަސްތަކަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ފިޔަވަޅެއް ކަމަށް ކެރެލާ ސްޓޭޓުގެ ކަމާ ބެހޭ އިދާރާއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Sep 2026
ޑްރަގް ނެޓްވޯކެއްގެ އިސް ދެ މީހަކު 17.7 ކިލޯގެ ޑްރަގާއެކު ހައްޔަރުކޮށްފި
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ.
04 Sep 2026
ތޭރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލައެއް
03 Sep 2026
ސްރީލަންކާ ބަލިކޮށް ރާއްޖޭގެ ޒުވާން ޓީމް، އޭޝިއަންކަޕް ކޮލިފައިން ފޭސްގެ ޖާގައެއް ހޯދައިފި
މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، އެއްވެސް މެޗެއްގައި ރާއްޖޭގެ ބައިކޮޅަށް ލަނޑެއް ވަދެފައި ނުވާކަން ފާހަގަކޮށްލެވެއެވެ
03 Sep 2026
މަސްތުވާތަކެއްޗާއި އެކު މާލެއިން ތިން ޒުވާނަކު ހައްޔަރުކޮށްފި
03 Sep 2026
އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް ފައިސާ ދައްކަން ކޯޓުގެ ހުކުމެއް
ސިވިލްކޯޓުގެ ހުކުމްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން 7 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ހަލާސްކުރަންޖެހޭ ކަމަށެވެ. މި ދައުވާގައި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދަން ދައުވާކުރި 42،000 ރުފިޔާ ނަގައިދިނުމަށް އެދިފައެއް ނުވެއެވެ
03 Sep 2026
ސިނަމާލެ ބްރިޖް ހައިވޭ އެންމެ ބާރުބޮޑު ގަޑީގައި އެކްސިޑެންޓެއް
ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލެއް އެކްސިޑެންޓްވެފައިވާއިރު، މަގުގައި އިށި އިނދެލައިގެން އަންހެނަކު ބޮލުގައި ހިފަހައްޓާލައިގެން އިނެވެ
03 Sep 2026
5 މިލިއަން ގަސް ޕްރޮގްރާމަށް ކެރެލާއިން ހާހަކަށްވުރެ ގިނަ ގަސް ހަދިޔާކޮށްފި
މި އެހީގެ ދަށުން ހަދިޔާކުރުމަށް ނިންމާފައިވާ ގަސްތަކުގެ ތެރޭގައި 500 އަނބު ގަހާއި 500 ޓީކް ގަސް ހިމެނެއެވެ.
03 Sep 2026
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވަން ފުލުހުންގެ ހަރަކާތްތަކެއް
މިއަދު ވަނީ ސްކޫލްތައް ކައިރީގައި މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.