ރާއްޖެއާ ލަންކާ އާ ކުޅުނު މެޗްގެ ތެރެއިން.. ފޮޓޯ: އޭއެފްސީ
ކުޅިވަރު
03 Sep 2026 | 20:50
ސްރީލަންކާ ބަލިކޮށް ރާއްޖޭގެ ޒުވާން ޓީމް، އޭޝިއަންކަޕް ކޮލިފައިން ފޭސްގެ ޖާގައެއް ހޯދައިފި

އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ސްރީލަންކާ އާ ދެކޮޅަށް ކުޅުނުމެޗް ތަފާތުބޮޑު ނަތީޖާއަކުން ރާއްޖެ ކާމިޔާބުކޮށްފިއެވެ.

މިމެޗް ރާއްޖޭގެ ޒުވާންޓީމް ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މި މޮޅާއެކު، އަންނަ އޭއެފްސީ 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަން ބުރުން ރާއްޖެއަށް ވަނީ ފުރުސަތު ކަށަވަރުވެފައެވެ. ރާއްޖޭގެ ޒުވާން ޓީމުން މި މުބާރާތުގައި ދަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، އެއްވެސް މެޗެއްގައި ރާއްޖޭގެ ބައިކޮޅަށް ލަނޑެއް ވަދެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބުރުނާއީއާ ބައްދަލުކޮށް ރާއްޖެ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިއަދު ސްރީލަންކާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށް، ހަތަރު ލަނޑުގެ ބޮޑު މޮޅެއް ހޯދާފައެވެ. މެޗްގައި ރާއްޖެއަށް ލަނޑުތައް ޖަހައިދިނީ އިލާން އިމްރާން، މުހައްމަދު ޝަމްހާން، އަދި ނައްސާހްއެވެ. މެޗްގައި ނައްސާހް ވަނީ ދެ ލަނޑު ޖަހާފައެވެ.

ކޮލިފައިންގައި ރާއްޖެއަށް ދެން އޮތީ މިޔަންމާއާ ދެކޮޅަށް ކުޅޭ މެޗެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Sep 2026
ޑްރަގް ނެޓްވޯކެއްގެ އިސް ދެ މީހަކު 17.7 ކިލޯގެ ޑްރަގާއެކު ހައްޔަރުކޮށްފި
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) އެވެ.
04 Sep 2026
ތޭރަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލައެއް
03 Sep 2026
ސްރީލަންކާ ބަލިކޮށް ރާއްޖޭގެ ޒުވާން ޓީމް، އޭޝިއަންކަޕް ކޮލިފައިން ފޭސްގެ ޖާގައެއް ހޯދައިފި
މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، އެއްވެސް މެޗެއްގައި ރާއްޖޭގެ ބައިކޮޅަށް ލަނޑެއް ވަދެފައި ނުވާކަން ފާހަގަކޮށްލެވެއެވެ
03 Sep 2026
މަސްތުވާތަކެއްޗާއި އެކު މާލެއިން ތިން ޒުވާނަކު ހައްޔަރުކޮށްފި
03 Sep 2026
އަސްކޮއި ގްރޫޕުން ލަނޑުދިން ބަޔަކަށް ފައިސާ ދައްކަން ކޯޓުގެ ހުކުމެއް
ސިވިލްކޯޓުގެ ހުކުމްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން 7 ދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ހަލާސްކުރަންޖެހޭ ކަމަށެވެ. މި ދައުވާގައި ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދަން ދައުވާކުރި 42،000 ރުފިޔާ ނަގައިދިނުމަށް އެދިފައެއް ނުވެއެވެ
03 Sep 2026
ސިނަމާލެ ބްރިޖް ހައިވޭ އެންމެ ބާރުބޮޑު ގަޑީގައި އެކްސިޑެންޓެއް
ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލެއް އެކްސިޑެންޓްވެފައިވާއިރު، މަގުގައި އިށި އިނދެލައިގެން އަންހެނަކު ބޮލުގައި ހިފަހައްޓާލައިގެން އިނެވެ
03 Sep 2026
5 މިލިއަން ގަސް ޕްރޮގްރާމަށް ކެރެލާއިން ހާހަކަށްވުރެ ގިނަ ގަސް ހަދިޔާކޮށްފި
މި އެހީގެ ދަށުން ހަދިޔާކުރުމަށް ނިންމާފައިވާ ގަސްތަކުގެ ތެރޭގައި 500 އަނބު ގަހާއި 500 ޓީކް ގަސް ހިމެނެއެވެ.
03 Sep 2026
މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުވަން ފުލުހުންގެ ހަރަކާތްތަކެއް
މިއަދު ވަނީ ސްކޫލްތައް ކައިރީގައި މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.