ކުއްޖަކު ފޯނާ ކުޅެނީ-
ދުނިޔެ
04 Sep 2026 | 14:34
އަހަރަކު 20 މިލިއަން ކުޑަކުދިން އޮންލައިން މަންސަތަކުގައި ޖިންސީ އަނިޔާއާ ކުރިމަތިލާންޖެހޭ: ޔުނިސެފް

ދުނިޔޭގެ 21 ޤައުމެއްގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ކުޑަކުދިން އޮންލައިން މަންސަތަކުގައި ޖިންސީ އަނިޔާ ނުވަތަ ޖިންސީ އެކްސްޕްލޮއިޓޭޝަނާ ކުރިމަތިލާން ޖެހޭ ކަމަށް އެކުވެރި ދައުލަތްތަކުގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ (ޔުނިސެފް) އިން ނެރުނު ދިރާސާއެއްގައި ހާމަކޮށްފިއެވެ.

ޔުނިސެފްގެ މި ރިޕޯޓުގައިވާ ގޮތުން އެފްރިކާ، އޭޝިއާ، ލެޓިން އެމެރިކާ، ކެރީބިއަން އަދި އިރުމަތީ ޔޫރަޕުގެ ޤައުމުތަކުގައި ޢުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ޖިންސީ އަނިޔާ ކުރެވިފައިވެއެވެ.

މި ދިރާސާ ކުރެވުނު މުއްދަތުތަކުގައި 15 މިލިއަނަށް ވުރެ ގިނަ ކުދިންނަށް ޖިންސީ ކޮންޓެންޓް ފެނިފައިވާއިރު، ނުވަ މިލިއަން ކުދިންގެ ކިބައިން ޖިންސީ ވާހަކަ ދެއްކުމަށް ނުވަތަ ޖިންސީ ތަސްވީރު ހިއްސާކުރުމަށް އެދިފައިވެއެވެ. އަދި ހަތަރު މިލިއަން ކުދިންގެ ޖިންސީ ތަސްވީރުތައް އެ ކުދިންގެ ރުހުމާ ނުލައި ފަތުރާފައިވާ ކަމަށް ވެސް ރިޕޯޓުގައި އަންދާޒާ ކޮށްފައިވެއެވެ.

މި ދިރާސާ ބިނާކޮށްފައި ވަނީ 2020 އާއި 2025 އާ ދެމެދު އެތިއޯޕިއާ، ކެންޔާ، މޮޒެމްބީކް، ނެމީބިއާ، ޓެންޒޭނިއާ، ޔޫގެންޑާ، ކެމްބޯޑިއާ، އިންޑޮނީޝިއާ، މެލޭޝިއާ، ފިލިޕީންސް، ތައިލެންޑް، ވިއެޓްނާމް، ބްރެޒިލް، ކޮލަމްބިއާ، ޑޮމިނިކަން ރިޕަބްލިކް، މެކްސިކޯ، އާމީނިއާ، މޮންޓެނީގްރޯ، ނޯތް މެސެޑޯނިއާ، ސާބިއާ އަދި ޕާކިސްތާނުން ގާތްގަނޑަކަށް 21،000 ކުދިން ހިމަނައިގެން ނެގި ޤައުމީ ފެންވަރުގެ ސާވޭ ޑޭޓާއަށެވެ. މީގެ އިތުރުން މިފަދަ އަނިޔާތައް ތަޖުރިބާ ކޮށްފައިވާ 100 ޒުވާނެއްގެ އިންޓަވިއުތައް ވެސް މި ދިރާސާއަށް ނަގާފައިވެއެވެ.

ދިރާސާގެ ހޯދުންތަކުން ދައްކާ ގޮތުގައި މިފަދަ މައްސަލަތަކުގެ 60 އިންސައްތައަށް ވުރެ ގިނަ ހާދިސާ ހިނގާފައިވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.

މީގެ ތެރެއިން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޭސްބުކް (%50) އެވެ. ދެން ހިމެނެނީ ވަޓްސްއެޕް (%29)، އިންސްޓަގްރާމް (%24)، ސްނެޕްޗެޓް (%13) އަދި ޓިކްޓޮކް (%12) އެވެ. ނަމަވެސް، ޖުމުލަ އަނިޔާގެ ހާދިސާތަކުގެ އެއް އިންސައްތައަށް ވުރެ މަދުން ނޫނީ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައެއް ނުވެއެވެ. އަދި ކޮންމެ ދިހަ ހާދިސާއަކުން ހަތަރު ހާދިސާއަކީ އެއްވެސް ފަރާތަކާ ހިއްސާ ނުކޮށް ސިއްރު ކޮށްފައިވާ ކަންކަން ކަމަށް ރިޕޯޓުން ދައްކައެވެ. ކުދިން މި މައްސަލަތައް ރިޕޯޓް ނުކޮށް ހިމޭނުން ތިބެނީ ރިޕޯޓް ކުރާނެ ތަނެއް ނޭނގޭތީ އާއި ރިޕޯޓް ކުރުމުން ދިމާވެދާނެ ނަތީޖާއަކަށް ބިރު ގަންނާތީ ކަމަށް ޔުނިސެފުން ބުނެއެވެ.

ޔުނިސެފުގެ އެގްޒެކެޓިވް ޑައިރެކްޓަރު ކެތެރީން ރަސެލް ވިދާޅުވީ، ދިރާސާއިން ފެންނަނީ ވަރަށް ހިތްދަތި ޙަޤީޤަތެއް ކަމަށާއި ކުދިން ކިޔަވައި، ކުޅެ އަދި ރައްޓެހިންނާ ގުޅޭ ޑިޖިޓަލް ވެށީގައި އެތައް މިލިއަން ކުދިންނެއް ޖިންސީ އަނިޔާއަށް ހުށަހެޅެމުންދާ ކަމަށެވެ. އަދި މި ތަޖުރިބާތަކުގެ ސަބަބުން ކުދިންނަށް ނަފްސާނީ ބޮޑެތި ކެކުޅުންތައް ކުރިމަތިވާ ކަމަށާއި ގިނަ ކުދިން ހިމޭނުން ތިބެނީ އެހީ ހޯދާނެ ދިމާލެއް ނޭނގޭތީ ކަމަށް ވިދާޅުވެ، މި މައްސަލައަށް ލޯ މަރާލައިގެން ތިބެވެން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުގެ ޑިޖިޓަލް ރައިޓްސް ފައުންޑޭޝަންގެ އެގްޒެކެޓިވް ޑައިރެކްޓަރު ނިޣާތް ޑެޑް އަލް ޖަޒީރާއަށް މަޢުލޫމާތު ދެމުން ބުނީ، ކުދިން ރިޕޯޓް ނުކުރަނީ އެ ކުދިންގެ މައްސަލައަކުން ނޫން ކަމަށާއި، ރިޕޯޓް ކުރާނެ އިތުބާރު ހުރި ނިޒާމެއް ނެތްކަން އެ ކުދިންނަށް އެނގޭތީ ކަމަށެވެ. އަދި މިއީ ޕްލެޓްފޯމްތަކުގެ ޑިޒައިންގައި ހުރި މައްސަލައެއް ކަމަށް ވެސް އޭނާ ބުންޏެވެ. ޕާކިސްތާނު ފަދަ ޤައުމުތަކުގައި ޢާއިލީ ހުރަސްތަކުގެ ސަބަބުން މިފަދަ ކަންކަން ހާމަކުރުމަށް ބިރުގަންނަކަން ފާހަގަކުރަމުން ނިޣާތް ބުނީ، އަންހެން ކުއްޖަކު މިފަދަ ވާހަކައެއް ދައްކައިފިނަމަ ފޯނާއި، ތަޢުލީމާއި އަދި ސަލާމަތަށް ވެސް ނުރައްކާވާ ކަމަށާއި، ފިރިހެން ކުދިންގެ ފަރާތުން ބޭނުންވަނީ އެކަންކަމަށް ކެތްކޮށްގެން ހިމޭނުން ތިބުމަށް ކަމަށެވެ.

މި މައްސަލައިގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ނިމުނު ހަފުތާގައި އެމެރިކާގެ މެޓާ ކުންފުނިން ކުޑަކުދިންނަށް ނުރައްކާ ކުރި ކަމަށް ބުނެ ހުށަހެޅި ބޮޑު ފެޑެރަލް ދައުވާއެއް ވަނީ 18 ބިލިއަން ޑޮލަރުގެ ސެޓްލްމެންޓަކުން ނިންމާލާފައެވެ. މި ރިޕޯޓާ ގުޅިގެން މެޓާގެ ތަރުޖަމާނަކު އަލް ޖަޒީރާއަށް ބުނީ، މި ދިރާސާގައި ބޭނުންކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ކުރީގެ ޑޭޓާ ކަމަށާއި، ޔުނިސެފުން ލަފާދީފައިވާ ފަދަ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް މިހާރު އެ ކުންފުނީގެ ޕްލެޓްފޯމްތަކުގައި އަޅާފައިވާ ކަމަށެވެ. ވަޓްސްއެޕުން ބުނެފައިވަނީ އެއީ ސޯޝަލް މީޑިއާއެއް ނޫން ކަމަށާއި މެސެޖިން ޚިދުމަތެއް ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ސްނެޕްޗެޓާއި ޓިކްޓޮކުން އަލް ޖަޒީރާއަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.