އެޗްޑީސީ-
ހަބަރު
04 Sep 2026 | 15:51
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް, މަރާމާތުކުރަން އެހީތެރިކަން ފޯރުކޮށްދެނީ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެ އިމާރާތްތައް މަރާމާތުކުރުމަށް އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ، މި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެގޮތުން، އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ ރައްކާތެރިކަން ވަރުގަދަކުރުމުގެ ގޮތުން، އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ ފަދަ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، އެފަދަ ތަންތަން ގަވާއިދަށް ފެއްތުމަށާއި މަރާމާތުކުރުމަށް ބޭނުންވާ އެހީތެރިކަން އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރިސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީގެ އިއުލާނުގައި ބުނީ، އެފަދަ އިމާރާތްތަކުގައި ހިމެނޭ އެޕާޓްމަންޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންގ ފަދަ ތަންތަން މަރާމާތުކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ. މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު 30 ސެޕްޓެންބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އޮންނާނެއެވެ.

މި އެހީތެރިކަމަށް އެދި ހުށަހަޅަން ޖެހެނީ އެޗްޑީސީން އާންމުކޮށްފައިވާ ގޫގުލް ފޯމު (https://forms.gle/Jh8awBRUrEpF3EVs7) މެދުވެރިކޮށެވެ.

މަރާމާތުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތަކާ ގުޅިގެން، ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު، އެ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.

އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، އެޗްޑީސީން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Sep 2026
އެފްރިކާގެ އަސްލު ބޮޑުމިން ދައްކައިދޭ ގޮތަށް ދުނިޔޭގެ ޗާޓަށް ބަދަލުގެންނަނީ
މި ޤަރާރު އދ. އަށް ހުށަހެޅުމުގައި އިސްކޮށް އުޅޭ ޓޯގޯގެ ޚާރިޖީ ވަޒީރު ރޮބަރޓް ޑޫސީ ވިދާޅުވީ، ސައިންޓިފިކް ހެކިތައް ފެންނަން ހުރުމުން ޙަޤީޤަތް ބަލައިގަތުމަކީ ކޮންމެ ބައެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އދ. ގެ މިފަދަ ޤަރާރުތަކަކީ ޤާނޫނީ ގޮތުން ތަންފީޒުކުރުން ލާޒިމު އެއްޗަކަށް ނުވި ނަމަވެސް، މި ޤަރާރު ފާސްވެއްޖެނަމަ ދުނިޔޭގެ ސްކޫލް މަންހަޖުތަކަށާއި ޓެކްނޮލޮޖީގެ ދާއިރާގައި ޗާޓުތައް ބޭނުންކުރާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
04 Sep 2026
ނޭޕާލްގެ ރައްޔިތުންނަށް ދިވެހީންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ އެހީއެއް ދެނީ
އެ ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. ދިވެހީންގެ ފަރާތުން އެއް މިލިއަން ރުފިޔާ، އެހީގެ ގޮތުގަައި ދިނުމަށް ވަނީ ނިންމާފަ އެވެ.
04 Sep 2026
ފްރާންސްގެ މުސްލިމު ނޫން އަންހެނުން މުސްލިމުންގެ ހައްގުގައި ތެދުވެއްޖެ
ފްރާންސްގެ ކަނާތުފިޔައިގެ ހަރުކަށި ސިޔާސީ ލީޑަރު މެރިން ލޫ ޕެން، އާންމު ތަންތަނުގައި މުސްލިމް އަންހެނުން ހިޖާބު އެޅުން މަނާކުރުމަށް އަލުން ހުށަހެޅުމާ ގުޅިގެން، ފްރާންސްގެ ގިނަ އަދަދެއްގެ އަންހެނުން މުސްލިމް އަންހެނުންނަށް ތާއީދުކޮށް އަޑުއުފުލަން ފަށައިފިއެވެ.
04 Sep 2026
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީވަނީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، އެ އިމާރާތްތައް މަރާމާތުކުރުމަށް އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.
04 Sep 2026
އޮންލައިންކޮށް 20 މިލިއަން ކުދިންނަށް ޖިންސީ އަނިޔާ ކުރިމަތިވޭ
ދުނިޔޭގެ 21 ޤައުމެއްގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 20 މިލިއަން ކުޑަކުދިން އޮންލައިން މަންސަތަކުގައި ޖިންސީ އަނިޔާ ނުވަތަ ޖިންސީ އެކްސްޕްލޮއިޓޭޝަނާ ކުރިމަތިލާން ޖެހޭ ކަމަށް އެކުވެރި ދައުލަތްތަކުގެ ކުޑަކުދިންނާ ބެހޭ ޖަމިއްޔާ (ޔުނިސެފް) އިން ނެރުނު ދިރާސާއެއްގައި ހާމަކޮށްފިއެވެ.
04 Sep 2026
އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޚާއްސަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް ތައާރަފުކޮށްފި
މި ޕްލެޓްފޯމަކީ ރާއްޖޭގެ ގައުމީ މަންހަޖަށް އަމާޒުކޮށްގެން، ދަރިވަރުންނަށް ފަސޭހައިން ނޯޓްސް ކިޔުމާއި ،ސުވާލުތައް ފަރިތަކުރުމުގެ ފުރުސަތު ދިނުމުގެ އިތުރުން ޖަވާބުތަކުގެ ތަފްސީލީ ބަޔާންތައް ހިމަނައިގެން ދަރިވަރުންނަށް 'ގޭމިފައިޑް ލާރނިންގް' ގެ ތަޖުރިބާ ކުރެވޭނޭހެން އުނގެނުމަށް އެހީތެރިވެދޭ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތެކެވެ.
04 Sep 2026
ޑްރަގުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ނުވަމީހުން ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މާލޭގެ ގެސްޓުހައުސްއެއް ބަަލައިފާސްކޮށްފައި ކަމަށެވެ.
04 Sep 2026
ކުޑަކުދިންނަށް އަނިޔާވާ މީހުންގެ ތެރޭގައި މައިންބަފައިން ހިމެނޭ
"ކުޑަކުދީންގެ ޙައްޤުތައް" މި މައުޟޫޢަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުތުބާގައި ބަޔާންކުރައްވާފައިވަނީ، ކުޑަކުދީންނަކީ މާތް الله މައިންބަފައިންނާ ޙަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށާއި، ކޮންމެ ހާލަތެއްގައި ވެސް އެ އަމާނާތަށް ރައްކާތެރިވުން މައިންބަފައިންނާއި މުޖުތަމަޢުގެ މައްޗަށް ލާޒިމުވެގެންވާ ކަމަށެވެ.