ހއ މުރައިދޫގައި މިހާރު ކުރިއަށްދާ "މަންތާ އެއާ މުރައިދޫ ވެޓަރަންސް އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތް 2026 ގެ ފުރަތަމަ މެޗްގައި ހަނިމާދޫ އާއި ކެލާ ބައްދަލުކުރިމެޗް ހަނިމާދޫ ކާމިޔާބުކޮށްފިއެވެ.
ކެލާގެ މައްޗަށް ހަނިމާދޫ މިމެޗް ގެންގޮސްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ ކެލާޓީމެވެ. އެއީ 21-25 ގެ ނަތީޖާއިންނެވެ. މެޗްގެ ފުރަތަމަ ސެޓް ކެލާއިން ގެންގޮސްފައިވަނިކޮށް ހަނިމާދޫއިން ވަނީ ދެވަނަ ސެޓް 17-25 ހުން ގެންގޮސްފައެވެ. އަދި މެޗްގެ އެންމެ ފަހު ދެ ސެޓް ހަނިމާދޫއިން ގެންގޮސްފައިވަނީ، 21-25 ހުގެ ނަތީޖާއިންނެވެ.
ކެލާ އަދި ހަނިމާދޫ ބައްދަލުކުރިމެޗްގެ ތެރެއިން..
މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ހަނިމާދޫ ޓީމްގެ ޖާޒީ ނަމްބަރު 2 ޝުއައިބް އަބްދުލް ލަތީފެވެ. މިމެޗުން ހަނިމާދޫ މޮޅުވިއިރު މިދިޔަ އަހަރުގެ މުބާރާތުގައި ހަނިމާދޫ ކަޓުވާލި ޓީމަކީ ކެލައެވެ.
ކެލާ އަދި ހަނިމާދޫ ބައްދަލުކުރިމެޗްގެ ތެރެއިން..
މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ރަށަކުން ވާދަކުރެއެވެ. އެ ރަށްތަކަކީ މުރައިދޫގެ އިތުރުން ކެލާ، ހަނިމާދޫ، ވަށަފަރު، ފިނޭ، ފިއްލަދޫ، ދިއްދޫ، ކުޅުދުއްފުށި، ނޮޅިވަރަމް އަދި ބާރަށެވެ.
މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ގްރޫޕް ސްޓޭޖުގައި ރައުންޑް އުސޫލުން ކުޅުމަށްފަހު، އެންމެ މޮޅު 8 ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists