ފުލުހުންގެ ލޯންޗެއް އޮޕަރޭޝަނެއްގައި ރަށަކަށް ދަނީ.. ފޮޓޯ: ވޮއިސް
ހަބަރު
05 Sep 2026 | 11:53
ރަށެއްގަައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

ސައުތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ސެޕްޓެމްބަރު 4 ވަނަ ދުވަހު އުމުރުން 42 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާތަކާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެކެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Sep 2026
އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ސެޕްޓެމްބަރު 4 ވަނަ ދުވަހު އުމުރުން 42 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދެއްވައެވެ
05 Sep 2026
އަންދާޒާކުރި އަދަދަށްވުރެ ގިނައިން ޖޫރިމަނާގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މި ކުއާޓަރުގައި ކުރިން އަންދާޒާ ކޮށްފައިވަނީ ޖޫރިމަނާގެ ގޮތުގައި 20.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ
05 Sep 2026
މުރައިދޫ އާއި ފިނޭ ބައްދަލުކުރިމެޗް ފިނޭއަށް
މުބާރާތުގެ މެޗްތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. ހަވީރު 16:15 ގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި ނޮޅިވަރަމެވެ. ދެވަނަ މެޗްގައި 20:30 ގައި ކުޅޭ މެޗްގައި ބައްދަލުކުރާނީ ބާރަށާއި ދިއްދޫއެވެ
05 Sep 2026
ހަނިމާދޫއިން ފަސޭހަކަމާއެކު ކެލާ ބަލިކޮށްފި
މިމެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ހަނިމާދޫ ޓީމްގެ ޖާޒީ ނަމްބަރު 2 ޝުއައިބް އަބްދުލް ލަތީފެވެ. މިމެޗުން ހަނިމާދޫ މޮޅުވިއިރު މިދިޔަ އަހަރުގެ މުބާރާތުގައި ހަނިމާދޫ ކަޓުވާލި ޓީމަކީ ކެލައެވެ
05 Sep 2026
ފޭސް ދޭއްގެ އެންމެގިނަ އެކްސިޑެންޓްތައް ހިނގަމުން އަންނަ މަގުގައި ފުލުހުންގެ ޓީމެއް
ހީވާ ގޮތުން އެ މަގު އެނަލިސިސްގެ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާއިރު، އެ މަސައްކަތް ކުރިއަށްދަނީ މަގުގެ އެންމެގިނައިން އެކްސިޑެންޓްތައް ހިނގަމުން އަންނަ ފަޅި ބަންދުކޮށްގެންނެވެ
04 Sep 2026
އެފްރިކާގެ އަސްލު ބޮޑުމިން ދައްކައިދޭ ގޮތަށް ދުނިޔޭގެ ޗާޓަށް ބަދަލުގެންނަނީ
މި ޤަރާރު އދ. އަށް ހުށަހެޅުމުގައި އިސްކޮށް އުޅޭ ޓޯގޯގެ ޚާރިޖީ ވަޒީރު ރޮބަރޓް ޑޫސީ ވިދާޅުވީ، ސައިންޓިފިކް ހެކިތައް ފެންނަން ހުރުމުން ޙަޤީޤަތް ބަލައިގަތުމަކީ ކޮންމެ ބައެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އދ. ގެ މިފަދަ ޤަރާރުތަކަކީ ޤާނޫނީ ގޮތުން ތަންފީޒުކުރުން ލާޒިމު އެއްޗަކަށް ނުވި ނަމަވެސް، މި ޤަރާރު ފާސްވެއްޖެނަމަ ދުނިޔޭގެ ސްކޫލް މަންހަޖުތަކަށާއި ޓެކްނޮލޮޖީގެ ދާއިރާގައި ޗާޓުތައް ބޭނުންކުރާ ގޮތަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
04 Sep 2026
ނޭޕާލްގެ ރައްޔިތުންނަށް ދިވެހީންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ އެހީއެއް ދެނީ
އެ ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވާފަ އެވެ. ދިވެހީންގެ ފަރާތުން އެއް މިލިއަން ރުފިޔާ، އެހީގެ ގޮތުގަައި ދިނުމަށް ވަނީ ނިންމާފަ އެވެ.
04 Sep 2026
ފްރާންސްގެ މުސްލިމު ނޫން އަންހެނުން މުސްލިމުންގެ ހައްގުގައި ތެދުވެއްޖެ
ފްރާންސްގެ ކަނާތުފިޔައިގެ ހަރުކަށި ސިޔާސީ ލީޑަރު މެރިން ލޫ ޕެން، އާންމު ތަންތަނުގައި މުސްލިމް އަންހެނުން ހިޖާބު އެޅުން މަނާކުރުމަށް އަލުން ހުށަހެޅުމާ ގުޅިގެން، ފްރާންސްގެ ގިނަ އަދަދެއްގެ އަންހެނުން މުސްލިމް އަންހެނުންނަށް ތާއީދުކޮށް އަޑުއުފުލަން ފަށައިފިއެވެ.