ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ތެރެއިން-
ކުޅިވަރު
05 Sep 2026 | 18:01
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ރޯޑު އެސްއެސްއޭ އާއި ކައުންސިލް ޓީމަށް ފަސޭހަ މޮޅެއް

އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ރޯޑު އެސްއެސްއޭ އަދި މަހިބަދޫ ކައުންސިލް ޓީމުން ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގެ 21 ވަނަ މެޗުގައި މަހިބަދޫ ކައުންސިލްގެ ޓީމު ނުކުތީ ހޮސްޕިޓަލް ބީ ޓީމާ ދެކޮޅަށެވެ.

މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ މަހިބަދޫ ކައުންސިލް ޓީމެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު މަހިބަދޫ ކައުންސިލުން ގެންދިޔައީ 25-14 އިންނެވެ. އަދި ދެވަނަ ސެޓު 25-19 އިން ކާމިޔާބުކޮށް މެޗު ކަށަވަރުކުރިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މަހިބަދޫ ކައުންސިލް ޓީމުގެ ޖާޒީ ނަންބަރު 9، އިބްރާހީމް ރީހާން އެވެ.

މުބާރާތުގެ 22 ވަނަ މެޗުގައި ރޯޑު އެސްއެސްއޭ އާއި ސްޓެލްކޯ (ޑީ-16) ބައްދަލުކުރި މެޗު ވެސް ނިމުނީ ސީދާ ދެ ސެޓުން ރޯޑު އެސްއެސްއޭ ކުރިހޯދައިގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 25-14 އިން ރޯޑު އެސްއެސްއޭ ކާމިޔާބުކުރިއިރު، ދެވަނަ ސެޓު އެ ޓީމުން ގެންދިޔައީ 25-12 ގެ ބޮޑު ތަފާތަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މޮޅު ކުޅުމެއް ދެއްކި ރޯޑު އެސްއެސްއޭ ޓީމުގެ ޖާޒީ ނަންބަރު 14، އިސްމާއީލް އަފްޝަން އެވެ.

މަހިބަދޫ ސްޓެލްކޯ އިންޖީނުގެއިން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ މި ސިލްސިލާގެ ތިންވަނަ މުބާރާތެވެ. ވޭތުވެދިޔަ ދެ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތް ފިރިހެން އަދި އަންހެން ޑިވިޝަން ހިމަނައިގެން ފޯރިއާއެކު ކުރިއަށްގެންދާއިރު، މަހިބަދޫގެ 14 މުއައްސަސާއަކުން ޖުމްލަ 19 ޓީމަކުން ވަނީ ވާދަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 10 ޓީމާއި އަންހެން 9 ޓީމެވެ.

މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މުބާރާތުގައި 222 ކުޅުންތެރިންނާއި 86 އޮފިޝަލުންނާއެކު ޖުމްލަ 308 ފަރާތަކުން ބައިވެރިވެއެވެ. މި މުބާރާތުގައި ޖުމްލަ 42 މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Sep 2026
ބޯ ތަލަކޮށް ހުރި މީހަކު ފިހާރައަކުން ތެޔޮފުޅިތަކެއް ވަގަށް ނެގި މައްސަލައެއް
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ނަގާފައިވަނީ، ނަވަރަތުނާ ކިޔާ ބްރޭންޑެއްގެ ތެއޮ ފުޅި ތަކެކެވެ. އެބާވަތުގެ ތެލަކީ ބޯ މަސާޖުކުރުމަށް ބޭނުންކުރާ ޒާތުގެ ތެލެކެވެ.
05 Sep 2026
ޗައިނާއާއެކު އޮންނަ ވިޔަފާރީގެ ހުރަސްތައް އިތުރުކުރުމަށް ޖީ20 ގެ ގައުމުތަކަށް އެމެރިކާއިން ބާރުއަޅަނީ
އެމެރިކާއިން މިހާރުވެސް ވަނީ ޗައިނާގެ ގިނަ މުދާތަކަކުން ބޮޑެތި ޓެރިފްތަކެއް ނަގައި، ކާރު ފަދަ އުފެއްދުންތައް އެތެރެކުރުން މަނާކޮށް އެ ގައުމުގެ އިގްތިސާދު ރައްކާތެރިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ
05 Sep 2026
މާލެއިން ގެއްލުނު އަންހެން މީހާ 3 ދުވަހަށްފަހު ފެނިއްޖެ
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
05 Sep 2026
އެޗްޑީސީގެ ޗެއާމަންކަމުން ޝަހީރު ވަކިކޮށްފި
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީގެ ޗެއާމަންކަމުގެ މަގާމުން ޝަހީރު ވަކިކުރެއްވީ އެމްޓީޑީސީ ޗެއާމަނަކަށް ހަމަޖެއްސުމަށެވެ
05 Sep 2026
ފޯކައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއް އަނދައި ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިއްޖެ
މިހާދިސާގައި އެ ގޭގެ އިތުރުން ހިފާގެންގުޅޭ އެންމެހާ ތަކެތި އެއްކޮށްވަނީ އަނދައިގެންގޮސްފައިވާކަމަށް ކައުންސިލުން ބުންޏެވެ.
05 Sep 2026
ޗައިނާގެ އެންމެ ބޮޑު ތިން އެއާލައިނަށް މިއަހަރުގެ ފުރަތަމަ ހަ މަހު ބޮޑު މާލީ ގެއްލުމެއް
މިއީ މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، އެއާލައިންތަކުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ދިމާވި މާލީ ގޮންޖެހުމެކެވެ
05 Sep 2026
ރޯޑު އެސްއެސްއޭ އާއި ކައުންސިލް ޓީމަށް ފަސޭހަ މޮޅެއް
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ރޯޑު އެސްއެސްއޭ އަދި މަހިބަދޫ ކައުންސިލް ޓީމުން ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
05 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ސްކާލެޓް އަދި ވޮރިއާސް މޮޅުވެއްޖެ
ސްޓެލްކޯ މަހިބަދޫ އިންޖީނުގެއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި ކުޅުނު ފޯރިގަދަ މެޗުތަކުން ޓީމު ސްކާލެޓް އަދި މަހިބަދޫ ކައުންސިލްގެ ވޮރިއާސް މޮޅުވެއްޖެއެވެ.