-
ހަބަރު
06 Sep 2026 | 11:21
އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ 164 ރަށެއްގައި ސައިޓް ވިޒިޓް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ދިވެހިރާއްޖޭގެ އިންޖީނިއަރުންގެ ދުވަހާ ގުޅިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ސައިޓް ވިޒިޓް ހަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

ފެނަކައިން މަޢުލޫމާތު ދިން ގޮތުގައި، އިއްޔެ ހެނދުނު 9:00 ގައި ފެށި މި ހަރަކާތްތައް ރާއްޖޭގެ ސިޓީތައް ހިމެނޭހެން ޖުމްލަ 164 ރަށެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ އިންޖީނުގެތަކަށާއި، އެމް.ޑަބްލިޔު.އެސް.ސީގެ ފެސިލިޓީތަކުގެ އިތުރުން އެމް.ޓީ.ސީ.ސީން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ސައިޓުތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ތަންތަނުގައި އިންޖިނިއަރިންގ މަސައްކަތްތައް ހިނގަމުންދާ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ކިޔައިދީފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

މީގެއިތުރުން، މި ދާއިރާއާއި މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމާއި ސުވާލުކުރުމުގެ ފުރުޞަތު ވެސް ވަނީ ދަރިވަރުންނަށް ފަހިކޮށްދީފައެވެ.

އަތޮޅުތަކުގެ އިތުރުން، މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ވަނީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ ސައިޓަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ދީފައެވެ. ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ވިޒިޓުގައި ސެންޓަރ ފޯ ހަޔަރ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަދި މާލެ ވޮކޭޝަނަލް ހައި ސްކޫލުގެ 45 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

ފެނަކައިން ފާހަގަކުރި ގޮތުގައި، މިފަދަ ސައިޓް ވިޒިޓްތަކެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުން އިންޖިނިއަރިންގ ދާއިރާއަށް އަހުލުވެރިކޮށް، އެ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ މަޢުލޫމާތާއި ހިތްވަރު ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ސްޓެލްކޯ-ކޭ38 އާއި ފުލުހުންނަށް ފަސޭހަ މޮޅެއް
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް 2024" ގައި ކުޅުނު މެޗުތަކުން ސްޓެލްކޯ-ކޭ38 އަދި ޕޮލިސް ޓީމު ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
06 Sep 2026
ވައިކިންގްސް އަދި ހޮސްޕިޓަލް ބްލޭޒް އިން މުހިންމު މޮޅުތަކެއް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅެވުނު ފޯރިގަދަ މެޗުތަކުން ވައިކިންގްސް އާއި ހޮސްޕިޓަލްގެ ބްލޭޒް މޮޅުވެއްޖެއެވެ.
06 Sep 2026
އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް 164 ރަށެއްގައި ސައިޓް ވިޒިޓް ހަރަކާތް
މި ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ އިންޖީނުގެތަކަށާއި، އެމް.ޑަބްލިޔު.އެސް.ސީގެ ފެސިލިޓީތަކުގެ އިތުރުން އެމް.ޓީ.ސީ.ސީން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ސައިޓުތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ތަންތަނުގައި އިންޖިނިއަރިންގ މަސައްކަތްތައް ހިނގަމުންދާ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ކިޔައިދީފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
06 Sep 2026
ހުޅުމާލޭގައި މިއަދުވެސް އެކްސިޑެންޓެއް؛ ދެމީހަކަށް ފަރުވާދެނީ
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Sep 2026
ދިއްދޫއިން ފަހަތުން އަރައި ބާރަށް ބަލިކޮށްފި
މި މުބާރާތުގައި މާދަމާ ބާރަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އަދި ދިއްދޫ ނިކުންނާނީ ކުޅުދުއްފުއްޓާ އެވެ.
06 Sep 2026
ފާއިތުވި ހަފުތާގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް
ފާއިތުވި ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
06 Sep 2026
ކުޅުދުއްފުށިން ނޮޅިވަރަމް ބަލިކޮށް ކުރިއަށް
މުބާރާތުގައި ދެން ކުޅުދުއްފުށި ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އަދި ނޮޅިވަރަމް ނިކުންނާނީ ދިއްދޫ އާ ދެކޮޅަށެވެ
06 Sep 2026
ފަނޑިޔާރު މާހިރު ރިޓަޔަރ ކުރައްވައިފި
ހައިކޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގައި ފަނޑިޔާރު އިބްރާހީމް މާހިރު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.