-
ކުޅިވަރު
06 Sep 2026 | 12:21
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ވައިކިންގްސް އަދި ހޮސްޕިޓަލް ބްލޭޒް އިން މުހިންމު މޮޅުތަކެއް ހޯދައިފި

ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅެވުނު ފޯރިގަދަ މެޗުތަކުން ވައިކިންގްސް އާއި ހޮސްޕިޓަލްގެ ބްލޭޒް މޮޅުވެއްޖެއެވެ.

މުބާރާތުގެ 23 ވަނަ މެޗުގައި ބައްދަލުކުރީ ވައިކިންގްސް އަދި ޕޮލިސް ޓީމެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ވައިކިންގްސް އެވެ.

މެޗުގެ ފުރަތަމަ ސެޓު 18-12 އިން ވައިކިންގްސް ގެންދިޔައިރު، ދެވަނަ ސެޓުގައި ޕޮލިސް ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ވާދަކޮށްފައެވެ. ނަމަވެސް، ވައިކިންގްސް އިން ވަނީ 18-15 އިން މި ސެޓު ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާ ގެ މަގާމު ހޯދީ ވައިކިންގްސް ޓީމުގެ ޖާޒީ ނަންބަރު 17، ސުރުފާ ޙުސައިން އެވެ.

މުބާރާތުގެ 24 ވަނަ މެޗުގައި ހޮސްޕިޓަލް (ބްލޭޒް) ނުކުތީ މަހިބަދޫ ކައުންސިލް (ބްލިސް) އާ ދެކޮޅަށެވެ. މި މެޗު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ހޮސްޕިޓަލް (ބްލޭޒް) އެވެ.

އެ ޓީމުން މެޗުގެ ސެޓުތައް ގެންދިޔައީ 18-9 އަދި 18-3 ގެ ބޮޑު ތަފާތަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޮސްޕިޓަލް (ބްލޭޒް) ޓީމަށް މޮޅު ކުޅުމެއް ދެއްކި ޖާޒީ ނަންބަރު 15، ފާޠިމަތު މުފީދާ އެވެ.

މި މެޗުތަކަށްފަހު އަންހެން ޑިވިޝަނުގެ ތާވަލަށް ބަލައިލާއިރު، ގްރޫޕް 'އޭ' ގެ އެންމެ ގިނަ ޕޮއިންޓާއެކު އެއްވަނައިގައި އޮތީ މަހިބަދޫ ކައުންސިލްގެ ވޮރިއާޒް ޓީމެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ އޭޑީއެޗް އޭއީސީ އެވެ. އަދި ގްރޫޕް 'ބީ' ގެ އެއްވަނައިގައި ހޮސްޕިޓަލް އެލީޓް ޓީމު އޮތްއިރު، ދެވަނައިގައި އޮތީ ވައިކިންގްސް އެވެ.

މި މުބާރާތަކީ މަހިބަދޫގެ އޮފީސްތަކުގެ މެދުގައި އެކުވެރިކަން ބަދަހިކުރުމަށާއި، ކުޅިވަރުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ސްޓެލްކޯއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފޯރިގަދަ މުބާރާތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ސްޓެލްކޯ-ކޭ38 އާއި ފުލުހުންނަށް ފަސޭހަ މޮޅެއް
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް 2024" ގައި ކުޅުނު މެޗުތަކުން ސްޓެލްކޯ-ކޭ38 އަދި ޕޮލިސް ޓީމު ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
06 Sep 2026
ވައިކިންގްސް އަދި ހޮސްޕިޓަލް ބްލޭޒް އިން މުހިންމު މޮޅުތަކެއް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅެވުނު ފޯރިގަދަ މެޗުތަކުން ވައިކިންގްސް އާއި ހޮސްޕިޓަލްގެ ބްލޭޒް މޮޅުވެއްޖެއެވެ.
06 Sep 2026
އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް 164 ރަށެއްގައި ސައިޓް ވިޒިޓް ހަރަކާތް
މި ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ އިންޖީނުގެތަކަށާއި، އެމް.ޑަބްލިޔު.އެސް.ސީގެ ފެސިލިޓީތަކުގެ އިތުރުން އެމް.ޓީ.ސީ.ސީން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ސައިޓުތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ތަންތަނުގައި އިންޖިނިއަރިންގ މަސައްކަތްތައް ހިނގަމުންދާ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ކިޔައިދީފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
06 Sep 2026
ހުޅުމާލޭގައި މިއަދުވެސް އެކްސިޑެންޓެއް؛ ދެމީހަކަށް ފަރުވާދެނީ
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Sep 2026
ދިއްދޫއިން ފަހަތުން އަރައި ބާރަށް ބަލިކޮށްފި
މި މުބާރާތުގައި މާދަމާ ބާރަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އަދި ދިއްދޫ ނިކުންނާނީ ކުޅުދުއްފުއްޓާ އެވެ.
06 Sep 2026
ފާއިތުވި ހަފުތާގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް
ފާއިތުވި ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
06 Sep 2026
ކުޅުދުއްފުށިން ނޮޅިވަރަމް ބަލިކޮށް ކުރިއަށް
މުބާރާތުގައި ދެން ކުޅުދުއްފުށި ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އަދި ނޮޅިވަރަމް ނިކުންނާނީ ދިއްދޫ އާ ދެކޮޅަށެވެ
06 Sep 2026
ފަނޑިޔާރު މާހިރު ރިޓަޔަރ ކުރައްވައިފި
ހައިކޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގައި ފަނޑިޔާރު އިބްރާހީމް މާހިރު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.