-
ކުޅިވަރު
06 Sep 2026 | 12:46
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ސްޓެލްކޯ-ކޭ38 އާއި ފުލުހުންނަށް ފަސޭހަ މޮޅެއް

އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް 2024" ގައި ކުޅުނު މެޗުތަކުން ސްޓެލްކޯ-ކޭ38 އަދި ޕޮލިސް ޓީމު ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

މި މުބާރާތުގެ 25 ވަނަ މެޗުގައި ބައްދަލުކުރީ ޕޮލިސް ޓީމާއި އެލްޖީއޭ އަތޮޅު ކައުންސިލް ގޮފީގެ ޓީމެވެ.

މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ޕޮލިސް ޓީމެވެ. މެޗުގެ ފުރަތަމަ ސެޓު 25-07 އިން ޕޮލިސް ޓީމު ގެންދިޔައިރު، ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-08 ގެ ބޮޑު ތަފާތަކުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ޕޮލިސް ޓީމުގެ ޖާޒީ ނަންބަރު 19، މަހުދީ މުހައްމަދެވެ.

މުބާރާތުގެ 26 ވަނަ މެޗުގައި ސްޓެލްކޯ (ކޭ-38) ޓީމު ނުކުތީ ކޮމްބައިން 1 އާ ދެކޮޅަށެވެ. މި މެޗުވެސް ސީދާ ދެ ސެޓުން ކާމިޔާބުކުރީ ވާދަވެރި މޮޅު ކުޅުމެއް ދެއްކި ސްޓެލްކޯ-ކޭ38 ޓީމެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-18 އިން ސްޓެލްކޯ ގެންދިޔައިރު، ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-08 ގެ ނަތީޖާއަކުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސްޓެލްކޯ (ކޭ-38) ޓީމުގެ ޖާޒީ ނަންބަރު 10، އަބްދުލް ބާސިތެވެ.

މި ނަތީޖާތަކާއެކު މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ ފޯރި މިހާރު ވަނީ ވަރަށް ގަދަވެފައެވެ. އެގޮތުން ފިރިހެން ޑިވިޝަނުގެ ގްރޫޕް 'އޭ' ގެ އެއްވަނައިގައި އެންމެ ގިނަ ޕޮއިންޓާއެކު އޮތީ ހޮސްޕިޓަލް އޭ ޓީމެވެ. މި ގްރޫޕުގެ ދެވަނައިގައި އޮތީ ރޯޑް އެސްއެސްއޭ އެވެ.

މީގެއިތުރުން، ގްރޫޕް 'ބީ' ގެ އެއްވަނައިގައި ސްޓެލްކޯ-ކޭ38 އޮތްއިރު، މި ގްރޫޕުގެ ދެވަނައިގައި އޮތީ ފެނަކަ ޓީމެވެ.

މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ މި މުބާރާތަކީ އެ ރަށުގެ އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި މިސްރުގެ ޕްރެޒެންޓަރެއް މަރަން ހުކުމްކޮށްފި
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑު މައްސަލައެއް ސާބިތުވެ، މިސްރުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު ސާރާ ޚަލީފާ އާއި އިތުރު 11 މީހަކު ދަންޖައްސައި މެރުމަށް މިސްރުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
06 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ސްޓެލްކޯ-ކޭ38 އާއި ފުލުހުންނަށް ފަސޭހަ މޮޅެއް
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް 2024" ގައި ކުޅުނު މެޗުތަކުން ސްޓެލްކޯ-ކޭ38 އަދި ޕޮލިސް ޓީމު ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
06 Sep 2026
ވައިކިންގްސް އަދި ހޮސްޕިޓަލް ބްލޭޒް އިން މުހިންމު މޮޅުތަކެއް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅެވުނު ފޯރިގަދަ މެޗުތަކުން ވައިކިންގްސް އާއި ހޮސްޕިޓަލްގެ ބްލޭޒް މޮޅުވެއްޖެއެވެ.
06 Sep 2026
އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް 164 ރަށެއްގައި ސައިޓް ވިޒިޓް ހަރަކާތް
މި ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ އިންޖީނުގެތަކަށާއި، އެމް.ޑަބްލިޔު.އެސް.ސީގެ ފެސިލިޓީތަކުގެ އިތުރުން އެމް.ޓީ.ސީ.ސީން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ސައިޓުތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ތަންތަނުގައި އިންޖިނިއަރިންގ މަސައްކަތްތައް ހިނގަމުންދާ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ކިޔައިދީފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
06 Sep 2026
ހުޅުމާލޭގައި މިއަދުވެސް އެކްސިޑެންޓެއް؛ ދެމީހަކަށް ފަރުވާދެނީ
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Sep 2026
ދިއްދޫއިން ފަހަތުން އަރައި ބާރަށް ބަލިކޮށްފި
މި މުބާރާތުގައި މާދަމާ ބާރަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އަދި ދިއްދޫ ނިކުންނާނީ ކުޅުދުއްފުއްޓާ އެވެ.
06 Sep 2026
ފާއިތުވި ހަފުތާގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް
ފާއިތުވި ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
06 Sep 2026
ކުޅުދުއްފުށިން ނޮޅިވަރަމް ބަލިކޮށް ކުރިއަށް
މުބާރާތުގައި ދެން ކުޅުދުއްފުށި ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އަދި ނޮޅިވަރަމް ނިކުންނާނީ ދިއްދޫ އާ ދެކޮޅަށެވެ